ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެންމެ ފަހުން ބޮޑުފިނޮޅު މައްސަލައިގެ އަޑުއެހުމެއް ބާއްވަން ތާވަލްކޮށްފި

ބޮޑު ފިނޮޅުގައި ހިނގި ހަމަނުޖެހުން ހުއްޓުވަން ފުލުހުން އެރަށް އަރާ
ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންގެ މަޖިލީހުގެ މިލަންދޫ ދާއިރާގެ މެމްބަރު އަލީ ރިޒާގެ ރިޒް ކުންފުނިން ބޮޑުފިނޮޅުގައި މަސައްކަތް ކުރުވި 179 ބިދޭސީންނަށް މުސާރަ ނުދިން މައްސަލާގައި ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހެޅި މައްސަލައިގެ އަޑު އެހުމެއް ބާއްވަން ދެ މަސް ފަހުން ތާވަލުކޮށްފި އެވެ.

ރިސޯޓެއްގެ ގޮތުގައި ތަރައްގީކުރާ ބ. ބޮޑުފިނޮޅުގައި މަސައްކަތްކުރާ ބިދޭސީންނަށް އެއްފަހަރާ މުސާރަ ދިނުމަށާއި އެ މީހުންނަށް ލިބުނު ގެއްލުމުގެ ބަދަލު ނަގައިދިނުމުގެ އިތުރުން، ގައުމަށް ދާން ބޭނުންވާ މީހުން ފޮނުވުމުގެ އިންތިޒާމުތައް ހަމަޖެއްސުމުގެ އަމުރެއް ރިޒް ކުންފުނީގެ މައްޗަށް ނެރެދިނުމަށް އެދި ވަޒީފާއާ ބެހޭ ޓްރައިބިއުނަލަށް ހުށަހެޅި މައްސަލަ ބަލައިގެންފައިވަނީ އޮގަސްޓު މަހުގެ ތެރޭގައެވެ.

އެ ބިދޭސީންނަށް ގާނޫނީ އެހީތެރިކަން ފޯރުކޮށްދޭ ޕަބްލިކް އިންޓަރެސްޓް ލޯ ސެންޓަރު (ޕީއައިއެލްސީ) އެ މައްސަލަ ހުށަހެޅީ ޖުލައިމަހުގެ 15 ގައި ނަމަވެސް އެ މައްސަލަ ބަލައިގެންފައިވަނީ ވެސް އޭގެ އެއްމަސް ފަހުންނެވެ.

ޓްރައިބިއުނަލަށް ހުށަހެޅި މައްސަލައިގައި ޕީއައިއެލްސީން އެދިފައިވަނީ މަސައްކަތްތެރިންނަށް ނުދީ ހުރި މުސާރަ، އެކީ އެއްފަހަރާ ދިނުމުގެ އަމުރެއް ނެރެދިނުމަށެވެ. އަދި މުސާރަ ނުދީ ގިނަ އެތައް ދުވަހެއްވެފައިވުމާއި ގުޅިގެން މަސައްކަތްތެރިންނަށް ލިބިފައިވާ ގެއްލުމުގެ ބަދަލު ނަގައިދިނުމަށްވެސް އެދިފައިވެއެވެ.

ބޮޑު ފިނޮޅުގައި މަސައްކަތްކުރި ބިދޭސީންގެ މައްސަލަ ޓްރައިބިއުނަލްގައި އޮތް އިރު މީގެ ކުރިން އެ މީހުންނަށް މުސާރަ ދިނުމަށް ލޭބާ ރިލޭޝަންސް އޮތޯރިޓީ (އެލްއާރުއޭ) އިންވެސް ވަނީ އަންގައިފައެވެ.

މީގެ އިތުރުން ޕީއައިއެލްސީން ހުށަހެޅި މައްސަލައިގައި ބޮޑުފިނޮޅުގައިރިޒް ކުންފުނިން މަސައްކަތް ކުރުވި ބިދޭސީންނަށް ވަކި ގޮތެއް ހަމަޖެހެންދެން ކެއުމާއި ބޯހިޔާވަހިކަމާއި ބޭސްފަރުވާގެ އިންތިޒާމް މިލަންދޫ ދާއިރާގެ މެންބަރު އަލީ ރިޒާގެ ރިޒް ކުންފުނިން ހަވާލުވާންޖެހޭ ކަމަށް ކަނޑައަޅައިދިނުމަށްވެސް އެދިފައިވެއެވެ.

ބ. ތުޅާދުއާ އެއްފަޅެއްގައި އޮންނަ ބޮޑުފިނޮޅުގައި ރިސޯޓެއް ހެދުމުގެ މަސައްކަތުގައި އުޅޭ ބިދޭސީންގެ މައްސަލަ ހޫނުވެގެންދިޔައީ މުސާރައާއި އެހެނިހެން ކަންކަން ހަމަޖެހިފައިނެތުމުން ފެށި ހަޅުތާލެއްގެއް ތެރެއިންނެވެ.

އެންމެފަހުން މައްސަލަ ހޫނު އެރަށުގައި މަސައްކަތްކުރަން ތިބި ބިދޭސީންވަނީ 13 ދިވެއްސަކު ރަހީނުކޮށް އެރަށުގެ އެކިތަންތަނަށް ބޮޑެތި ގެއްލުންތަކެއްދީފައެވެ. އަދި އެރަށުގައި ހިނގަމުންދިޔަ ހަމަ ނުޖެހުންތައް ހުއްޓުވަން ދިޔަ ފުލުހުންނާއި ދިމާލަށް އޮށްގަލާއި ދަގަނޑު އުކައި ހަމަލާ ދީފައިވާ ކަމަށް ފުލުހުން ބުނެފައިވެ އެވެ.

އެ ހަމަ ނުޖެހުންތަކާއި ގުޅިގެން 19 ބިދޭސީއަކު ހައްޔަރުކޮށްފައިވެއެވެ. މަނުޖެހުން ހިންގި ބިދޭސީން ވަނީ ރަށުގެ ބައެއް އިމާރާތްތަކާއި ވެހިކަލްތަކަށް ވެސް ބޮޑެތި ގެއްލުންތަކެއް ދީފައެވެ.

ބޮޑު ފިނޮޅުގައި މަސައްކަތްކުރި ބިދޭސީންނާއި މެދު އަމަލުކުރި ގޮތުން ރިޒް ކުންފުނީގެ މައްޗަށް އިންސާނީ ވަގުފާރީގެ ތުހުމަތު ކޮށްފައިވެއެވެ. ފުލުހުން ބުނެފައިވަނީ މީހުން ޓްރެފިކް ކުރުމަށް މަގުފަހިވާ ގޮތަށް އަމަލުކޮށް އެ ކުންފުނިން ދައުލަތަށް ދައްކަންޖެހޭ ފީ އާއި ފައިސާ ނުދައްކާ މަސައްކަތްތެރިންގެ ހައްގުތައް ނިގުޅައިގެންފައިވާ ކަމަށް ރިޒް ކުންފުންޏަށް ތުހުމަތުކުރެވޭ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: