ލޯކަލް ޓުއަރިޒްމް ތަރައްގީކުރުމަށް ހިތްހަމަޖެހޭ ވަރާ ގާތަށްވެސް މަސައްކަތްނުކުރެވޭކަމަށް މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރ ތޮއްޔިބް މުހައްމަދު ވިދާޚުވެއްޖެއެވެ.
ދުނިޔޭގެ ފަތުރުވެރިަމުގެ ދުވަސް ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ތޮއްޔިބް ވިދާޅުވީ ލޯކަލް ޓުއަރިޒްމް ނުވަތަ ގެސްޓްހައުސް ވިޔަފާރި ތަރައްގީކޮށް ނަފާ ހޯދުމަށް ގިނަ މަސައްކަތްތަކެއް ކުރަންޖެހޭ ކަމަށެވެ. މިއީ ރާއްޖެ ފަދަ ކުދި ގައުމުތަކަށް ފަތުރުވެރިކަން އުޖާލާކުރެވެން އޮތް ގޮތްކަމަށް ތޮއްޔިބް ވިދާޅުވިއެވެ.
ފަތުރުވެރިކަމުގެ ދާއިރާގައި ހުރި ޕްރޮޑަކްޓްތައް ޕްރޮމޯޓްކުރުމަށް މަސައްކަތް ކުރާ ފަދައިން، ގެސްޓްހައުސް ވިޔަފާރި ޕްރޮމޯޓްކުރުމަށް އިތުރަށް މަސައްކަތްކުރަންޖެހޭ ކަމަށް ތޮއްޔިބް ވިދާޅުވިއެވެ.
ކޮވިޑް-19ގެ ހާލަތުގައި އަލުން ބޯޑަރު ހުޅުވާލުމަކީ ވަރަށް ”ބޯލްޑް މޫވް“އެއް. މިކަމުގެ ތެރޭގައި އާ ގޮންޖެހުންތަކާއި ކުރިމަތިލާންޖެހޭ. ވާދަވެރި ގައުމުތަކުން ރާއްޖޭގައި މިހާލަތު ވަރަށް ގާތުން އަންނަނީ ބަލަމުން. އަދި ރާއްޖެއިން ކުރަމުންދަނީ ކޮން ކަންތައްތަކެއްތޯ ބަލަމުން އަންނަކަން ފާހަގަކުރެވޭ
މިރަސްމިއްޔާތުގައި ފަތުރުވެރިކަމުގެ ދާއިރާއަށް ޚާއްސަ ”ބޯޑަަރ މައިލްސް ޕްރޮގްރާމް“ ވަނީ އިފްތިތާހުކޮށްފައެވެ. މިޕްރޮގްރާމަކީ ރާއްޖޭގެ ފަތުރުވެރިކަން ޕްރޮމޯޓްކޮށް، ދެވަނަ ފަހަރަށް ރާއްޖެ އަންނަ ފަތުރުވެރިން އިތުރު ކުރުމަށް ކުރަމުންދާ މަސައްކަތަށް ބޮޑިކުރިއެރުމެއް ގެނުވާނެކަމެއް ގޮތިގައި ތޮއްޔިބް ވަނީ ސިފަ ކުރައްވާފައެވެ.
މިޕްރޮގްރާމަކީ އިމިގްރޭޝަން ކޮންޓްރޯލަރ މުހައްމަދު އަހުމަދުގެ އިސްނެންގެވުމުގެ މަތިން ފެށުނު ޕްރޮގްރާމެއްކަމަށް ތޮއްޔިބް ވިދާޅުވިއެވެ. ބޯޑަރު ހުޅުވާލުމާއެކު ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރައްވާ ބޭފުޅުންނާއި ފަތުރުވެރިކަމާއި ގުޅުންހުރި ދާއިރާތަކުގައި މަސައްކަތްކުރައްވާ ބޭފުޅުންގެ ވަރަށް ބޮޑު އެއްބާރުލުމެއް ލިބެމުންދާކަން އޭނާ ފާހަގަ ކުރެއްވިއެވެ. އަދި މިފެށުނު ޕްރޮގްރާމްގެ ފޮނި ނަތީޖާ ވަރަށް އަވަހަށް ފެންނާނެކަމަށް ތޮއްޔިބް ވިދާޅުވިއެވެ.

