އިހަވަންދިއްޕޮޅު ތަރައްގީ ކުރުމަށް އިންވެސްޓަރުން ހޯދަން އިސްތިހާރު ކުރަން ފަށައިފި އެވެ.
ޓޫރިޒަމް މިނިސްޓްރީން ބުނީ ޒަމާންތަކެއް ވަންދެން އިންތިޒާރުކުރި އަދި އުއްމީދުން ފުރިގެންވާ އައު އިންވެސްޓްމަންޓް ފުރުސަތުތަކެއް އިހަވަންދިއްޕޮޅަށް އިޢުލާންކުރަން ހަމަޖެހިފައިވާކަމަށެވެ.
މި އިންވެސްޓްމަންޓް ފުރުސަތު އިޢުލާންކުރުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ ހަތަރު ވަނަ ދުވަހުކަމަށް ވެސް ޓުއަރިޒަމް މިނިސްޓްރީން ބުނެއެވެ.
It’s happening! An investment opportunity in Maldives!#Tourism #Maldives #Investment #InvestMaldives pic.twitter.com/ykviKOimPM
— Ministry of Tourism (@MoTmv) September 29, 2020
މި އިސްތިހާރުގައި އިހަވަންދިއްޕޮޅުގެ ދަތުރުފަތުރު ކުރުމުގެ ފަސޭހަކަން ފާހަގަކޮށްފައިވެއެވެ. އެގޮތުން އެއާޕޯޓްތައް ހުރި ތަންތަނާއި ދަތުރު ކުރުމަށް ނަގާ ވަގުތުތައް ފާހަގަކޮށްފައިވެ އެވެ.

