ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

18000 ބިދޭސީން އަނބުރާ ޤައުމަށް ފޮނުވާލައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންގެ ތެރެއިން އަނބުރާ ޤައުމަށް ދާން ބޭނުންވާ މީހުންގެ ތެރެއިން އަށާރަހާހަށްވުރެ ގިނަ މީހުން މިހާތަނަށް ސަރުކާރުންވަނީ ފޮނުވާލާފައިވާއިރު، މިއަދުވެސް ވަނީ ބަންގްލަދޭޝަށް ނިސްބަތްވާ 200 މީހުން އަނބުރާ ފޮނުވާލާފައެވެ.

މޯލްޑިވްސް އިމިގްރޭޝަނުގެ ތަފާސްހިސަބުތައް ދައްކާގޮތުން މިހާތަނަށް އެކި ޤައުމުތަކަށް ނިސްބަތްވާ މީހުން ފޮނުވާލުމަށް އެޤައުމުތަކުގެ ސަރުކާރުތަކާ ގުޅިގެން ހިންގި އޮޕަރޭޝަންތަކުގައި އަށާރަހާސް ނަވާރަ ބިދޭސީއަކުވަނީ ޤައުމަށް ފޮނުވާލާފައެވެ.

މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓާއި މޯލްޑިވްސް އިމިގްރޭޝަނާއި ޤައުމީ އެއަރލައިން މޯލްޑިވިއަން ގުޅިގެން ކުރިއަށް ގެންދާ މިއޮޕަރޭޝަންގައި މީގެ ކުރިންވަނީ އެކު ޤައުމުތަކަށް ނިސްބަތްވާ މީހުން ފޮނުވާލާފައެވެ. އެގޮތުން ރާއްޖޭގައި މަސައްކަތްކުރަމުންގެންދިޔަ ނޭޕާލް ސްރީލަންކާ އަދި ފިލިޕިންސް ތައިލެންޑް އިންޑޮނޭޝިއާ އިންޑިއާއަށް ނިސްބަތްވާ މީހުން މީގެ ތެރޭގައި ހިމެނެއެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: