ކުރީގެ ނައިބު ރައީސް އަހުމަދު އަދީބަށް ދުވަހަކުވެސް މާފެއް ނުކުރެވޭނެ ކަމަށް ކުރީގެ އޮޑިޓަރ ޖެނެރަލް ނިޔާޒު އިބްރާހިމް ވިދާޅުވެއްޖެއެވެ.
ހިޔާނާތުގެ މައްސަލައިގައި ދައުލަތުން އޭނައާ ދެކޮޅަށް ކުރި ހަތް ދައުވާއަށް އަދީބު މިއަދު ވަނީ ކްރިމިނަލް ކޯޓުގައި އިއުތިރާފުވެފައެވެ. އަދި އަދީބު ވަނީ ކުރެވުނު ކުށަށް ތައުބާވެ ރައްޔިތުންގެ ކިބައިން މާފަށް ވެސް އެދިފައެވެ.
ކޯޓުގައި މިއަދު ވާހަކަދައްކަވަމުން އަދީބު ވިދާޅުވީ އެމްއެމްޕީއާރްސީގެ ހިޔާނާތުގައި ކަންކަން ހިނގާފައިވާ ގޮތް ކިޔައިދިނުމަކީ ގައުމީ ވާޖިބެއްގެ ގޮތުގައި ދެކޭ ކަމަށާއި ދައުލަތަށް މިކަމުގައި އެއްބާރުލުން ދެމުން އަންނަނީ ވެސް އެ ސަބަބާއި ހުރެ ކަމަށެވެ.
މިކަމާ ގުޅިގެން ނިޔާޒު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެމްއެމްޕީއާރުސީގެ ހިޔާނާތާ ގުޅިގެން އޭނާ އާއި އޭނާގެ އާއިލާ އަށް ބޮޑެތި ފިއްތުންތައް ކުރިމަތިކުރުވި ކަމަށާއި އެ ކަޅު ހަނދާންތައް އަދިވެސް ވަރަށް ތާޒާކޮށް އޭނާގެ ސިކުނޑީގައި އެބަހުރި ކަމަށެވެ.
”އަހަރެންނަށް އެނގޭ މައާފު ކުރުމަކީ ރީތި ސިފައެއްކަން. އެކަމަކު އަހަންނަކަށް ހީއެއް ނުވޭ ދުވަހަކުވެސް އަހަންނަށް އަދީބާއި، އޭނާގެ ވެރިންނާއި އޭނާގެ ބައިވެރިންނަށް މައާފު ކުރެވިދާނެހެން.“ ނިޔާޒު ވިދާޅުވިއެވެ.
I suffered a lot and my family suffered a lot. Those dark memories are still fresh in my mind. I know forgiveness is a noble thing to do. But I am not sure if I can ever forgive him, his master and associates.https://t.co/1WjWcHul1G
— Niyaz Ibrahim (@niyaz_ibrahim) September 30, 2020
އެމްއެމްޕީއާރުސީގެ ޚިޔާނާތް ފަޅާއަރުވާލި އޮޑިޓް ރިޕޯޓެއް ނެރުމާ އެކު ޤާނޫނަށް ގެނައި އިސްލާހަކުން ނިޔާޒް ވަނީ މަގާމުން ވަކިކޮށްފައެވެ. އެންމެފަހުން އޭނާ ވަނީ ރާއްޖެ ދޫކޮށް އާއިލާއާއެކު ލަންކާއަށް ވަޑައިގެންފައެވެ.


One Response
ހަމަތިޔަގޮތަށް ނިޔާޒު އިބްރާހީމުގެ އަނިވެރި ކަމުގައި އޮޑިޓް އޮފީހުގެ ވެރިޔަކަށް ނިޔާޒު ހުރިއިޔު 19މުވައްޒަފަކު މަގާމުން ވަރަށް އަނިޔާވެރިކޮށް އެތައް ހަޑިހުތުރު އެއްޗިއްސެއް ގޮވާ މަގާމުން ވަކިކުރި އިޔު އެމީހުންގެ ހިތުގައި އެއްވެސް ހަސަދަ އެއްނެތް