ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހައިކޯޓުގެ ހުކުމަށް ޖެންޑާ އިން މަރުހަބާ ކިޔައިފި

ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން: ޖެންޑާރ މިނިސްޓަރު އައިޝަތު މުހައްމަދު ދީދީ
ޝެއާރކޮށްލާ ކަހަލަދޯ؟

ޖިންސީ އަނިޔާތަކަށް އައިޖީއެމްއެޗުގައި ފަރުވާ ހޯދަމުން ދަނިކޮށް ނިޔާވި، ގދ. ތިނަދޫ ތޭންކު، ޒިޔާދާ ނައީމްގެ މަރުގެ މައްސަލާގައި އޭނާގެ ފިރިމީހާ އިބްރާހީމް ޝާހު ތިން އަހަރަށް ޖަލަށްލާން ހައިކޯޓުން މިއަދު ކުރި ހުކުމަށް ޖެންޑާ މިނިސްޓްރީން މަރުހަބާ ކިޔައިފިއެވެ.

މި ކަމާއި ގުޅިގެން އެ މިނިސްޓްރީ އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އަނބިމީހާ ރޭޕް ކުރުމުގެ ކުށުގައި އަދަބު ދެވުމަކީ ދިވެހިރާއްޖޭގެ ޖިނާޢީ އަދުލުގެ ނިޒާމަށް ލިބިގެންދިޔަ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށާއި، އަދި މިއީ އަންހެނުންގެ ޙައްޤުތައް ރައްކާތެރިކުރުމަށް އެޅިގެންދިޔަ ނުހަނު މުހިއްމު ފިޔަވަޅެއްކަމަށެވެ.

ޖެންޑާ މިނިސްޓްރީން ވަނީ ޕްރޮސިކިއުޓަރ ޖެނެރަލް ޝަމީމް އާއި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ މުވައްޒަފުން، އަންހެނުންގެ ޙައްޤުތައް ރައްކާތެރިކޮށް، ޙިމާޔަތްކޮށް ދެމެހެއްޓުމަށްޓަކައި ކުރާ މަސައްކަތްތައް ބަލައިގަންނަ ކަން ފާހަގަކުރައްވާފައެވެ.

މިއަދު ޝާހުގެ ތިން އަހަރު ދުވަހަށް ޖަލަށް ލުމަށް ހައިކޯޓުން ހުކުމްކޮށްފައި ވަނީ، ޝާހުގެ މައްޗަށް ކުށް ސާބިތުނުވި މައްސަލަތައް ދައުލަތުން އިސްތިއުނާފް ކުރުމުން މިއަދު ހައި ކޯޓުގައި ބޭއްވި ޝަރީއަތުގައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

One Response

  1. މީހަކަށް އަދަބެއް ލިބިއްޖެއްޔާ އުފާ ފާޅު ކުރާބަޔެއް މިނޫނީ ނުދެކެން ބަލަ އޭނާ އަންބިމީހާ ނެތީމަ ވެސް ކުޑަ އަދަބެއް ލިބުނީ !

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: