ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މީޑިއާތަކުގެ ސުލޫކީ މިންގަނޑުތައް ދެމެހެއްޓުމަށް ބްރޯޑްކޮމްގެ ގިނަ ހަރަކާތްތަކެއް!

ބްރޯޑްކާސްޓިން ކޮމިޝަންގެ ރައީސް މަރިޔަމް ވަހީދާ ކޮމިޝަނުން ބޭއްވި ވާކްޝޮޕްއެއްގެ ތެރެއިން/ ފޮޓޯ: ބްރޯޑްކޮމް
ޝެއާރކޮށްލާ ކަހަލަދޯ؟

ބްރޯޑްކާސްޓަރުން ނުވަތަ ރީ ބްރޯޑްކާސްޓަރުންނަށް ލައިސެންސްއަށް އެދުމުގެ ފުރުސަތު ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) އިން ހުޅުވާލައިފިއެވެ.

ބްރޯޑްކާސްޓިން ކޮމިޝަނުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޮމިޝަންގެ ރައީސް މަރިޔަމް ވަހީދާ ވިދާޅުވީ މިއީ ފަސް އަހަރުގެ މުއްދަތަކަށް ދޫކުރާ ލައިސެންސްއެއް ކަމަށެވެ. އަދި ލައިސެންސްއަށް އެދި ހުށަހެޅުމުގެ ފުރުސަތާއި އެކު، ފޯމުތައް ސޯޝަލް މީޑިއާ ސައިޓުތައް އަދި ކޮމިޝަނުން ލިބެން ހުންނާނެކަމަށް މަރީ ވިދާޅުވިއެވެ.

މަރީ ވަނީ ބްރޯޑްކާސްޓިން ދުވަހުގެ ތަހުނިޔާ މީޑިއާގެ ބޭފުޅުންނަށް އަރިކޮށްފައެވެ. ކޮމިޝަންގެ ފަރާތުން ކުރަމުންދާ މަސައްކަތްތަކުގެ ބައެއް ތަފްސީލުތައް ނޫސްވެރިންނާއި ހިއްސާކުރައްވާ މަރީ ވިދާޅުވީ ދާއިރާއަށް ތަރައްގީއާއި ކުރިއެރުން އަންނާނީ ބްރޯޑްކާސްޓަރުންގެ ހިޔާލާއި، ލަފާތަކާއި އެކު މަސައްކަތް ކުރުން ކަމަށެވެ. އަދި އެފަރާތްތަކުގެ ބައިވެރިވުމާއި އެކު ތަރައްގީގެ މަރުހަލާތައް ކުރިޔަށް ގެންދިއުން މުހިންމުކަމަށް މަރީ ވިދާޅުވިއެވެ.

ކޮމިޝަނަށް އާ މެމްބަރުންތައް އައްޔަން ކުރެވި މަސައްކަތްތައް ފެށުމާއި އެކު މީޑިއާތަކާއި އެކީ ބައްދަލުވުންތައް ބޭއްވިކަން މަރީ ފާހަގަކުރެއްވިއެވެ. ބްރޯޑްކާސްޓްތަކާއި އެކީ ބޭއްވި ބައްދަލުވުމުގައި އެ މީޑިއާތަކަށް ދިމާވާ ދަތިތަކާއި، މި ދާއިރާގެ ކުރިމަގާއި ގުޅޭގޮތުން މަޝްވަރާ ކުރެއްވިކަމަށް މަރީ ވިދާޅުވިއެވެ. މިއީ ހަމައެކަނި ނަމެއްގައި ކުރިޔަށް ގެންދިޔަ ބައްދަލުވުންތަކެއް ނޫން ކަމަށާއި، ލިބުނު ހިޔާލުތަކާއި ކަންބޮޑުވުންތަކަށް ލިޔެކިއުންތަކެއް ތައްޔާރު ކުރެވުނުކަމަށް އޭނާ ވިދާޅުވިއެވެ. އަދި ކޮމިޝަނުން ލިބެން ހުރި ވަސީލަތްތައް ބޭނުންކޮށް އެ މައްސަލަތަކަށް ހައްލު ގެނައުމަށް މަސައްކަތް ކުރަމުންދާކަމަށް ވިދާޅުވިއެވެ.

މީގެ އިތުރުން މި ބައްދަލުވުމުގައި މަރީ ވިދަޅުވީ ރައްޖޭގެ މީޑިއާތަކަކީ އުސޫލުތައް ދަމަހައްޓާ، އިސްލާމްދީނުގެ އަސްލުތަކާއި އެއްގޮތަށް މަސައްކަތް ކުރާ ބްރޯޑްކާސްޓަރުންގެ ގޮތުގައި ހެދުމަށް އިސްލާމިކް ޔުނިވާސިޓީއާއި އެކު މެމޮރަމްޑަމް އޮފް އަންޑަސްޓޭންޑިންއެއްގައި ސޮއިކޮށްފައިވާ ކަމަށެވެ. މި ސެމިނާގައި މަސައްކަތްކޮށްފައިވާނީ ސުލޫކީ މިންގަނޑުތައް ދެމެހެއްޓުމަށް މީޑިއާތަކާއި އެކު ކުރެވިދާނެ މަސައްކަތްތަކަށް ކަމަށާއި، މީޑިއާތަކުގެ ޕްރޮފެޝަނަލް ބޭފުޅުންނަށް މައުލޫމާތުތައް ފޯރުކޮށްދީ އިސްލާމްދީނުގެ ހަމަތައް ދެމެހެއްޓުމާއި ގުޅޭގޮތުން ވާހަކަ ދައްކާފައިވާނެ ކަމަށް މަރީ ވިދާޅުވިއެވެ.

ރާއްޖޭގެ މީޑިއާތަކަށް ރީސާޗްތައް ހެދުމާއި ބެހޭގޮތުން މައުލޫމާތުތައް ފޯރުކޮށްދިނުމަށް ވެސް މަސައްކަތް ކުރަމުންދާ ކަމަށް މަރީ ވަނީ ވިދާޅުވެފައެވެ.

ކޮމިޝަނުން ތައާރަފްކުރި ކޮމިއުނިޓީ ބްރޯޑްކާސްޓިންއަށް އަލިއަޅުއްވާލައްވާ ވާހަކަ ދައްކަވަމުން މަރީ ވިދާޅުވީ ކޮވިޑުގެ ދުވަސްވަރުގެ ތެރޭގައި އެކި ބޭފުޅުންގެ މަސައްކަތްތައް ވަރަށް ބޮޑަށް ފާހަގަ ކުރެވުނު ކަމަށެވެ. އެގޮތުން ދުވާފަރުގައި ޕައިލެޓް ޕްރޮޖެކްޓު ހިންގުނުއިރު ކުރިޔަށް އޮތް ތަނުގައި ވެސް އިތުރު ޕްރޮގްރާމްތައް ހިންގަމުންދާނެ ކަމަށް މަރީ ވިދާޅުވިއެވެ.

ދިވެހި ރާއްޖޭގެ ބްރޯޑްކާސްޓިން ދާއިރާ ފުޅާކޮށް، އެހެން ހަރުފަތަކަށް ގެންދިއުމަށް ގިނަ މަސައްކަތްތަކެއް ކުރަންޖެހޭކަން ފާހަގަކޮށް މަރީ ވިދާޅުވީ، މާލީ އެހީތަކާއި އަދި ދާއިރާގެ ޕްރޮފެޝަނަލިޒަމް ދެމެހެއްޓުމަށް މަސައްކަތް ކުރާ ކަމަށެވެ. އަދި ބައިނަލްއަގްވާމީ ފެންވަރުގެ ތަމްރީނުތަކުގެ މުހިންމުކަމަށް ވެސް މަރީ ވާހަކަ ދެއްކެވިއެވެ.

މަރީ ވަނީ ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކުގެ އަގުވަޒަން ކުރުން މިހިންމުކަމަށް ވިދާޅުވެފައެވެ. ހާއްސަކޮށް ދާއިރާއަށް އަހަރުތަކެއް ވަންދެން މަސައްކަތްކުރައްވާފައިވާ ބޭފުޅުނާއި، ދާއިރާއަށް ހާއްސަކޮށް އެވޯޑެއް ތައާރަފްކުރުމަށް މަސައްކަތް ކުރާ ކަމަށް މަރީ ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: