ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިންޑިއާ ސިފައިންގެ އަދަދު ހާމަކުރުމަކީ ގައުމީ ސަލާމަތަށް އޮތް ނުރައްކަލެއް: ޑިފެންސް މިނިސްޓްރީ

ސިފައިންގެ އެންމެ މަތި ވެރިޔާ ރައީސް ޞާލިހުއާއި ޑިފެންސް މިނިސްޓަރ މާރިޔާ އަދި ބައެއް ސިފައިންގެ އޮފިސަރުން --- ފޮޓޯ: މީސްމީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭއާއި އިންޑިއާ ދެމެދުވެފައިވާ އެއްބަސްވުމުގެ ދަށުން ރާއްޖޭގައި ޤާއިމްވެ ތިބި އިންޑިއާ ސިފައިންގެ އަދަދު ހާމަކުރުމަކީ ގައުމީ ސަލާމަތަށް އޮތް ނުރައްކަލެއް ކަމަށް ޑިފެންސް މިނިސްޓްރީން ބުނެފިއެވެ.

މައުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނުގެ ދަށުން ހުށަހަޅި މައްސަލައެއްގައި، އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން ބޭއްވި އަޑު އެހުމުގައި ޑިފެންސް މިނިސްޓްރީގެ އިންފޮމޭޝަން އޮފިސަރު މުހައްމަދު ޝިމާހު ވިދާޅުވީ އިންޑިއާ ސިފައިންގެ އަދަދު ހާމަކޮށްފިނަމަ ދިވެހިރާއްޖެއާއި އިންޑިއާ އާއި ދެމެދު އޮތް ގުޅުމަށް ބުރޫ އަރާފާނެ ކަމަށެވެ.

ސިމާހު ވިދާޅުވީ އިންޑިއާ ސިފައިން ތިބި އަދަދާއި އެމީހުންނަށް ދިވެހިރާއްޖޭގެ ދައުލަތުން ކުރާ ހަރަދު ހާމަނުކުރީ އެއީ ގައުމީ ސަލާމަތަށް އޮތް ނުރައްކަލެއް ކަމަށް ގަބޫލު ކުރެވޭތީ ކަމަށެވެ.

އިންޑިއާގެ ސިފައިންނާއި ގުޅޭ އެ މައުލޫމާތު ހޯދަން އެދުމާއި އެކު އެ މިނިސްޓްރީން އެ މައުލޫމާތު ހާމަކުރެވެން އޮތްތޯ ބެލުމަށް ސިފައިންގެ ލަފާދޭ މަޖިލީހަށް ހުށަހަޅި ކަމަށް ސިމާހު ވިދާޅުވިއެވެ.

ސިމާހު ވިދާޅުވި ގޮތުގައި އެމައުލޫމާތު ހާމަކުރެވިދާނެތޯ ބެލުމަށް ލަފާދޭ މަޖިލީހަށް ހުށަހެޅުން އެމަޖިލީހުން ނިންމީ އެއީ އާންމުކުރެވެން ނެތް މައުލޫމާތެއް ކަމަށެވެ. އަދި ސިފައިންގެ އާންމު މަޖިލީހަކީ ސިފައިންގެ އެންމެ އިސް ފަރާތްތައް ހިމެނޭ ސިޔާސީ ފަރާތެއް ނެތް މަޖިލީހެއް ކަމަށް ސިމާހު ވިދާޅުވިއެވެ.

ސިފައިންގެ ޤާނޫނުގެ 24 ވަނަ މާއްދާގައި ވާގޮތުން ދިވެހި ރާއްޖޭގެ އަމަން އަމާންކަމަށާއި، ސަލާމަތަށް އެއްވެސް ގެއްލުމެއް ލިބިދާނެ މައުލޫމާތެއް ނަމަ އެ މައުލޫމާތެއް އާންމު ނުކުރެވޭނެ ކަމަށް ސިމާހު ވިދާޅުވިއެވެ.

”ސިފައިންގެ އާންމު މަޖިލީހުގައި މި ތިއްބަވަނީ ސިފައިންގެ ތެރޭގައި ހިމެނޭ ހަމަ އެންމެ އިސް ރޭންކުގެ އޮފިސަރުން، އެ މަޖިލީހުގައި ސިޔާސީ އެއްވެސް ބޭފުޅެއް ހިމެނިވަޑައެއް ނުގަންނަވާނެ، އެބޭފުޅުން މައުލޫމާތު އާންމު ނުކުރެވޭނެއޭ ބުނީމަ ދެން އެކަމަކާ އިތުރަކަށް އަޅުގަނޑުމެން ސުވާލެއް ނުކުރަން، ސިފައިންގެ ޤާނޫނުގެ 24 ވަނަ މާއްދާގައި ވާގޮތުން ދިވެހި ރާއްޖޭގެ އަމަން އަމާންކަމަށާއި، ސަލާމަތަށް އެއްވެސް ގެއްލުމެއް ލިބިދާނެ މައުލޫމާތެއް ކަމާއި ގުޅުން ނެތް ބަޔަކާއި ހިއްސާއެއް ނުކުރެވޭނެ“ ސިމާހު

ސިމާހުގެ ވާހަކަތަކާއި ގުޅިގެން އިންފޮމޭޝަން ކޮމިޝަނަރ ހުސެން ފިޔާޒް މޫސާ ވިދާޅުވީ ސިފައިންގެ ގާނޫނުގެ ދަށުންވެސް އެފަދަ މައުލޫމާތެއް ހާމަ ނުކުރެވެންވީ ސަބަބު އެނގުމަކީ މުހިންމު ކަމެއް ކަމަށެވެ.

ފިޔާޒް ވިދާޅުވީ ބޭރުގެ ގައުމުތަކުގައި ކަންކަން ހާމަނުކޮށް ހިފެހެއްޓުމަށް ވެސް ގައުމީ ސަލާމަތަށް ނުރައްކާވާ ކަމަށް ބުނެފައި އެބައޮތް ކަމަށާއި ސިފައިންނާއި ގުޅުންހުރި ހުރިހާ މައުލޫމާތަކީ ގައުމީ ސަލާމަތަށް ނުރައްކާވާނެ މައުލޫމާތުކަން ގަބޫލުކުރަން ދަތި ކަމަށެވެ.

މީގެ އިތުރުން އިންޑިއާ ސިފައިންގެ މައުލޫމާތު ހާމަކޮށްފި ނަމަ އިންޑިއާ ސިފައިންނަށް އޮތީ ކޮން ގެއްލުމެއްތޯ ފިޔާޒް ސުވާލު އުފެއްދެވިއެވެ.

 ”ދުނިޔޭގެ ގައުމުތަކުގައި ގައުމީ ސަލާމަތް ގާނޫނުތަކުން މާބޮޑަށް ޑިފައިން ކޮށްފައެއް ނޯވޭ. ރާއްޖޭގެ އެކި ގާނޫނުތަކުގައި އެކި ގޮތަށް އެބަހުރި ގައުމީ ސަލާމަތް މާނަކޮށްފައި. އަޅުގަނޑަށްވެސް އެނގޭ މިއީ ރާއްޖޭގައި ފުރަތަމަ ފަހަރަށް ގައުމީ ސަލާމަތަށް ނުރައްކާވާ ކަމަށް ބެލެވޭ މައުލޫމާތު ހާމަކުރުމަށް ހުށަހެޅި ފަހަރުކަން“ އިންފޮމޭޝަން ކޮމިޝަނަރ

މީގެ އިތުރުން ސިމާހް ވިދާޅުވީ އާންމުންނާއި ސިފައިންގެ މީހުންނާ ބޮޑު ތަފާތެއް އޮންނާނެ ކަމަށެވެ. އަދި ސިފައިންގެ މައުލޫމާތު ހާމަކުރުމުގައި އެތައް މަގަކުން ވިސްނަން ޖެހޭ ކަމަށާއި އިންޑިއާ ސިފައިންނާއި ގުޅޭ މައުލޫމާތު ހާމަކޮށްފައި ނުވަނީ ސިފައިންގެ ތެރޭގައި ހެދިފައި ހުރި އިންޓާނަލް ގަވައިދުތަކަށް ބިނާކޮށް ކަމަށްވާއިރު އެ ގަވައިދަކީ އާންމު ކުރެވޭނެ ގަވައިދެއް ނޫން ކަމަށް ސިމާހު ވިދާޅުވިއެވެ.

ވަރަށް ގަދަ
29%ވަރަށް ގަދަ 10%ވަރަށް ގަޔާވޭ 5%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 5%ވަރަށް ދެރަ 52%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: