ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މިސަރުކާރުން މަޖިލީހަށް ސިފައިން ނުވައްދާނެކަން ޔަގީން: ނަޝީދު

ރައްޔިތުންގެ މަޖިލީހުގެ ރައީސް ރައީސް މުހައްމަދު ނަޝީދު
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރުން މަޖިލީހަށް ސިފައިން ނުވައްދާނެކަން ޔަގީންވާކަމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ތިންވަނަ ދައުރުގެ ޖަލްސާތައް ފެށިގެން މިހާތަނަށް ދެޖަލްސާއެއް ބާއްވާފައިވާއިރު، މިއަދުގެ ޖަލްސާއަކީ ރައީސް ނަޝީދު، މިދައުރުގައި ބައިވެރިވެވަޑައިގެންނެވި ފުރަތަމަ ޖަލްސާއެވެ. މީގެ ކުރިން އެމަނިކުފާނު ހުންނެވީ، ނުރަސްމީ ދަތުރުފުޅެއްގައި އިނގެރޭސިވިލާތަށް ވަޑައިގެން، އެނބުރި ރާއްޖެ އައުމަށްފަހު ކަރަންޓީނުގައެވެ.

ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ނެންގެވި ކުއްލި މައްސަލައަކަށް އިޝާރާތްކުރައްވައި، ނަޝީދު ވިދާޅުވީ މިހާރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުވެސް އަދި ޑިފެންސް މިނިސްޓަރ މާރިޔާ މުހައްމަދު ދީދީވެސް މަޖިލީހަށް ސިފައިން ނުވައްދާނެކަމުގެ ޔަގީންކަން އެބައޮތްކަމަށެވެ.

މެމްބަރު ޝިޔާމް ނެންގެވި ކުއްލި މައްސަލާގައި ފާހަގަކުރައްވާފައިވަނީ މިހާރު މަޖިލީހުގެ ޖަލްސާތައް ކުރިއަށް ގެންދިޔުމުގެ އެއްވެސް ބޭނުމެއް ނެތްކަމަށެވެ. މަޖިލީހުންް އަންނަނީ ޑިމޮކްރަސީގައި ފަހަތަށް ފިޔަވަޅު އަޅަމުން ކަމަށާއި، މިވެރިކަން އޮތްހާ ދުވަހަކު މަޖިލީސް ބަހައްޓަންވީ ތަޅުލާފައި ކަމަށެވެ.

ޝިޔާމްގެ ކުއްލި މައްސަލައަށް އިޝާރާތްކުރައްވައި ރައީސް ނަޝީދު ވިދާޅުވީ، މަޖިލީހަށް ސިފައިންނާއި ފުލުހުން ވަދެ ބަންދުކުރަން އުޅެފިނަމަ އެމަނިކުފާނުވެސް އެންމެ ފަހު މީހާއަށް ދަންދެން ދިފާއުގައި ހުންނަވާނެކަމަށެވެ.

މިތަނަށް މިސަރުކާރުގައި ސިފައިން ވައްދާނެކަމަކަށް އަޅުގަނޑު ގަބޫލެއްނުކުރަން

ގާނޫނު އަސާސީގައި ބުނާގޮތުން، އަހަރަކު ތިން ދައުރު އޮންނަންޖެހޭ ކަމަށާއި، އަދި ހަފްތާއަކު ތިން ދުވަހު މަޖިލީހުގެ ޖަލްސާތައް އޮންނަންޖެހޭކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 100%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: