ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހަފްތާއަކު ތިން ދުވަހު މޯލްޑިވިއަން އިން ޑާކާއަށް ދަތުރު ކުރަނީ

ފޮޓޯ:މޯލްޑިވިއަން
ޝެއާރކޮށްލާ ކަހަލަދޯ؟

މޯލްޑިވިއަނުން ބަންގްލަދޭޝްގެ ޑާކާއަށް ކުރާ ދަތުރުތައް އިތުރުކޮށްފިއެވެ.

މޯލްޑިވިއަން އިން މިއަދު ކުރި ޓުވީޓެއްގައި ވިދާޅުވެފައި ވަނީ، ކޮންމެ ހަފްތާއަކު ޑާކާ އަށް ރާއްޖެއިން ސީދާ ދަތުރެއް ކުރުމަށް ހަމަޖެހިފައިވާ ކަމަށާއި، މި ދަތުރުތައް ކުރުމަށް ހަމަޖެހިފައި ވަނީ ކޮންމެ އަދީއްތަ، އަންގާރަ އަދި ހުކުރު ދުވަހެއްގައި ކަމަށެވެ. މިއީ މި މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ގެނެވިފައިވާ ބަދަލެއް ކަމަށް މޯލްޑިވިއަން އިން ވަނީ ހާމަކޮށްފައެވެ.

ކޯވިޑް19 އަށްފަހު މޯލްޑިވިއަންގެ ބައިނަލްއަޤްވާމީ ދަތުރުތައް ހުއްޓާލާފައި އޮތުމަށްފަހު އެ ކުންފުނިން ދަތުރުތައް ފުރަތަމަ ފަށާފައިވަނީ ޑާކާއަށެވެ. ޑާކާ ދަތުރުތައް މޯލްޑިވިއަނުން ފެށީ އޮގަސްޓް 4 ވަނަ ދުވަހުއެވެ.

ޑާކާއަށް ދިއުމަށް ހަފްތާއަކު ތިން ފްލައިޓު ބާއްވަމުން އަންނަ އިރު، ޑާކާ އަށް ދާ ފްލައިޓުތަކުގެ އަގު ފެށެނީ 433 ޑޮލަރުންނެވެ. ފުރުމުގެ ކުރިން ހަދާފައިވާ ކޮވިޑް-19 އަށް ނައްސި ނަތީޖާއެއް އޮންނަން ޖެހެއެވެ.

ވަރަށް ގަދަ
50%ވަރަށް ގަދަ 50%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: