ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޓްރީޓޮޕް ހޮސްޕިޓަލުން ޕީސީއާރު ޓެސްޓުކުރުމުގެ އަގުހެޔޮކޮށްފި

ޝެއާރކޮށްލާ ކަހަލަދޯ؟

ޓްރީ ޓޮޕް ހޮސްޕިޓަލުން ޕީސީއާރު ޓެސްޓުކުރުމުގެ އަގުހެޔޮކޮށްފިއެވެ.

މިބަދަލާއެކު ޓްރީ ޓޮޕް ހޮސްޕިޓަލުން މިހާރު ޕީސީއާރު ޓެސްޓުކޮށްދޭ ދިވެހި ރައްޔިތުންނަށް 1,399 ރުފިޔާއަށް، ވޯކް ޕަރމިޓް ބިދޭސީންނަށް 1,399 ރުފިޔާ އަދި ފަތުރުވެރިންނަށް 1،499 ރުފިޔާއަށެވެ.

މީގެއިތުރަށް، އައު ޕީސީއާރް މެޝިނެއް ޓްރީ ޓޮޕް ހޮސްޕިޓަލުން ގާއިމްކޮށްފައިވާކަމަށްވެސް އެހޮސްޕިޓަލުން މައުލޫމާތުދެއެވެ. ދިވެހިރާއްޖޭގައި ގިނައަދަދަކަށް ޕީސީއާރުޓެސްޓު ހެދުމަށް ބޭނުންޖެހިފައިވާ ވަގުތުގައި މިމެޝިނުގެ ސަބަބުން ހޮސްޕިޓަލުން ޓެސްޓުކުރެވޭ އަދަދު އިތުރުކުރެވިގެންދާނެކަމަށް ކަމަށް އެހޮސްޕިޓަލުން މައުލޫމާތުދެއެވެ،

ޓްރީ ޓޮޕް ހޮސްޕިޓަލުން ބުނީ އައު މެޝިނާއެކު ސާމްޕަލް ނެގުމަށްފަހު 24 ގަޑިއިރުތެރޭ އަދިލަސްވެގެން 48 ގަޑިއިރުތެރޭ ނަތީޖާ ރިޕޯޓު ލިބޭނެކަމަށެވެ. އަދި ޕީ.ސީ.އާރު ނަތީޖާ އިމަޖެންސީކޮށް ބޭނުންފުޅުވެވަޑައިގަންނަވާ ބޭފުޅުންނަށް ނަތީޖާ އަވަސްކުރުމުގެ ޕްރިމިއަމް ހިދުމަތް ލިބިގެންދާނެ ކަމަށެވެ.

ޓްރީ ޓޮޕްހޮސްޕިޓަލުން ޕީ.ސީ.އާރު ޓެސްޓު ހެއްދުމުގެ ޙިދުމަތް އައުޓް-ޕޭޝަންޓް (އޯ.ޕީ.ޑީ)، އިން -ޕޭޝަންޓް (އައި.ޕީ.ޑީ) އަދި ޓްރެވަލް ސެޓްފިކޭޝަން އަށް ހުޅުވާލެވިފައިވާކަމަށްވެސް އެހޮސްޕިޓަލުން މައުލޫމާތުދެއެވެ،

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 100%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: