ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރެޕިޑް އެންޓިޖެން ޓެސްޓު ހެދުމާބެހޭ އުސޫލު އެކުލަވާލައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ އުސޫލުތަކާއި އެއްގޮތަށް ރެޕިޑް އެންޓިޖެން ޓެސްޓު ހެދުމާބެހޭ އުސޫލު ހެލްތު ޕްރޮޓެކްޝަން އެޖެންސީއިން އެކުލަވާލައިފިއެވެ.

މި ޓެސްޓު ކުރަންވާނީ ކޯވިޑް -19ފެތުރެމުންދާ ރަށެއްގައި ނުވަތަ ތަނެއްގައި ކޯވިޑް -19ގެ އަލާމާތްތައް ފެންނަ ބަލިމީހުން ،ބަލީގެ އަލާމާތް ފެންނަ ދުވަހުން ފެށިގެން ފުރަތަމަ 7 ދުވަހުގެ ތެރޭގައި ކަމަށް އުސޫލުގައި ވަނީ ބުނެފައެވެ. މިފަދަ ޙާލަތުގައި ޓެސްޓުކޮށް ނަތީޖާ  ޕޮޒިޓިވްވެއްޖެނަމަ، މިއީ ރަނގަޅު ނަތީޖާ ކަމުގައި ބަލައި ކޮވިޑް-19އަށް ފަރުވާ ކުރުމާއި ޕޮޒިޓިވްވުމާއި ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އަޅަންވާނެކަމަށް އުސޫލުގަައި ވަނީ ބުނެފައެވެ. ނަމަވެސް ޓެސްޓުކުރެވުނީ ބަލީގެ އަލާމާތްތައް ފެށުނުތާ 5 ދުވަސް ފަހުން ނަމަ، އަދި ނަތީޖާ ނެގެޓިވްކަމުގައި ވާނަމަ، ޕީސީއާރު ޓެސްޓުހަދައި ނަތީޖާ ކަށަވަރުކުރަންވާނެކަމަށް އުސޫލުގައި ވަނީ ބުނެފައެވެ.

އެޗްޕީއޭގެ އުސޫލުގައިވާ ގޮތުން ޓެސްޓުކުރަން ބޭނުންކުރާ ކިޓަކީ ޑަބްލިއުއެޗްއޯގެ އިމަރޖެންސީ ޔޫސް ލިސްޓިންގައި ހިމަނާފައިވާ ކިޓަކަށްވުން ނުވަތަ ޔޫއެސްގެ އެފްޑީއޭއިން އެޕްރޫވްކޮށްފައިވާ ޓެސްޓަކަށް ވާންޖެހޭނެއެވެ. އަދި ޓެސްޓުގެ ސެންސެޓިވިޓީ 90 އިންސައްތައަށްވުރެ މަތިވާންޖެހޭނެކަމަށާއި ސްޕެސިފިޓީ 97 އިންސައްތައަށްވުރެ މަތިވާންޖެހޭނެކަމަށް ބުނެފައިވެއެވެ.

ކޮވިޑް-19 ފެތުރެމުންދާ ރަށެއްގައި ނުވަތަ ތަނެއްގައި، މި ޓެސްޓު ބޭނުންކުރަންވާނީ އެތަނެއްގައި ހުންނަ ސިއްހީ ޙިދުމަތްދޭ ތަނަށް އަންނަ ކޮވިޑް-19ގެ އަލާމާތްތައް ފެންނަ ބަލިމީހުން ޓެސްޓުކުރުމަށްކަމަށް އުސޫލުގައިވެއެވެ. މީގެ ތެރޭގައި ފްލޫ ކްލިނިކަށާއި ހޮސްޕިޓަލަށް ނުވަތ ަސިއްހީ މަރުކަޒަށް ދައްކާ ބަލިމީހުން ހިމެނެއެވެ. ސިއްހީ ޚިދުމަތްދޭ މިފަދަ ތަނަކީ Ag-RDT ޓެސްޓު ހަދަން މިނިސްޓްރީ އޮފް ހެލްތުން ހުއްދަ ލިބިފއިވާ ތަނެއްކަމުގައިވާނަމަ މި ޓެސްޓުބޭނުންކޮށްގެން ޓެސްޓު ހެދުމަށް އިތުރު ހުއްދައެއް ބޭނުމެއްނުވާނެއެވެ.

މީގެ އިތުރަށް ކްރޫޒް ޝިޕް، ޖަލު، މީހުން ބަލަހައްޓާ މަރުކަޒު، ފެކްޓަރީފަދަ ގިނަމީހުން އެއްކޮށް އުޅޭ މާހައުލުތަކުގައި ބަލި އުޅޭކަމަށް ބެލެވިގެން ބަލި އަވަހަށް ދެނެގަންނަން ޖެހިފައިވާނަމަ އަދި މުޖުތަމައުގައި ބަލި ފެތުރެމުންދާ ހާލަތުގައި ސިއްހީ ޚިދުމަތްތެރިން، އެހެން އާންމު ޚިދުމަތްތަކުގައި އުޅޭ ފަރާތްތައް ފަދަ  މީހުންގެ ތެރޭގައި ބަލިފެތުރިފައިވާ މިންވަރު އަވަހަށް ދެނެގަނެ ރައްކާތެރިކަމުގެ އިތުރު ފިޔަވަޅުތައް އެޅުމަށް ބޭނުންވާ ޙާލަތުގައި މި ޓެސްޓު ބޭނުންކުރެވޭނެކަމަށް އުސޫލުގައި ވެއެވެ. އަދި މިފަދަ ހާލަތްތަކުގައި މި ޓެސްޓު ބޭނުންކޮށްގެން ޓެސްޓުކުރުމުގެ ކަންތައްތައް ހަމަޖައްސާނީ ހެލްތު ޕްރޮޓެކްޝަން އޭޖެންސީއިން ކަމަށްވެސް ވަނީ ބުނެފައެވެ.

އެންޓިޖެން ޓެސްޓު ނުކުރެވެނެ ހާލަތްތައްވެސް އުސޫލުގައި ކަނޑައަޅާފައިވެއެވެ. އެގޮތުން .

  • ބަލީގެ އަލާމާތް ނުފެންނަ މީހަކަށް ނުވަތަ ބަލިޖެހިފައިވާ މީހެއްގެ ކޮންޓެކްޓަކަށް ނުވާކަން ކަށަވަރުވާ މީހަކަށް
  • ބަލި އުޅޭކަން ނޭނގޭ ނުވަތަ ބަލި މަދުމަދުން ފެންނަ ޙާލަތުގައި ބަލިދެނެގަނެ ފަރުވާ ދިނުމުގެ ބޭނުމުގައި
  • ޓެސްޓުކުރާތަނުގައި އެންމެ އެކަށީގެންވާ ބަޔޯ ސޭފްޓީ އަދި އިންފެކްޝަން ޕްރިވެންޝަން ކޮންޓްރޯލު ފިޔަވަޅުތައް ނެތްނަމަ
  • މީހުން އެތެރެވާ ބަދަރުތަކުގައި ބޯރޑަރ ސްކްރީނިންގެ ބޭނުމުގައި އަދި
  • ލޭ ހަދިޔާކުރުމުގެ ކުރިން ބައްޔަށް ސްކްރީންކުރުމުގެ ބޭނުމުގައި

މިޓެސްޓުކޮށްގެން ނުވާނެކަމަށް ވަނީ ކަނޑައަޅާފައެވެ.

ރެޕިޑް އެންޓިޖެން ޓެސްޓުގެ ނަތީޖާ ބޭނުން ހިފޭގޮތް މައިގަޑުގޮތެއްގައި ބިނާވެފައި އޮންނަނީ ހަށިގަޑުގައި ބަލީގެ ވައިރަސްހުރި ހާލަތުގެ މައްޗަށެވެ. SARS-CoV-2ރެޕިޑް އެންޓިޖެން ޓެސްޓު(Ag-RDT)ގެ ނަތީޖާގެ އިތުބާރު ބޮޑުވާނީ ނުވަތަ ރަގަޅު ނަތީޖާ ދައްކާނީ ވައިރަސްގެ ސަބަބުން ހަށިގަޑުގައި އިންފެކްޝަން ބޮޑަށް ހުއްޓާ ޓެސްޓް ހެދުމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: