ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގްރޭޓަ މާލެ ކަނެކްޓިވިޓީ ޕްރޮޖެކްޓަށް އިންޑިއާއިން 400 މިލިއަން ޑޮލަރުގެ ލޯނެއް!

ޝެއާރކޮށްލާ ކަހަލަދޯ؟

ގްރޭޓަ މާލެ ކަނެކްޓިވިޓީ ޕްރޮޖެކްޓްގެ ދަށުން ކުރިއަށް ގެންދާ މާލެ އާއި ވިލިމާލެ އާއި ތިލަފުއްޓާއި ގުޅިފަޅު ގުޅުވައިލާ ބްރިޖު މަސައްކަތަށް އިންޑިއާ އިން ފޯރުކޮށްދޭ 400 މިލިއަން ޑޮލަރުގެ އެއްބަސްވުމުގައި ދިވެހި ސަރުކާރާއި އިންޑިއާގެ އެގްޒިމް ބޭންކާއި ދެމެދު މިއަދު ސޮއިކޮށްފިއެވެ.

މި އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު އެވެ. އެގްޒިމް ބޭންކުގެ ފަރާތުން ސޮއިކުރެއްވީ ޖެނެރަލް މެނޭޖަރ ނިރްމިތު ވޭދް އަދި ޗީފް މެނޭޖަރ ހަރީޝް ކުމާރު އެވެ.

މި މަޝްރޫއު އަށް އިންޑިއާ އިން ލޯނުގެ ގޮތުގައި 400 މިލިއަން ޑޮލަރު ދިނުމަށް ނިންމާފައިވާއިރު، ހިލޭ އެހީގެ ގޮތުގައި 100 މިލިއަން ޑޮލަރު ދިނުމަށް ވަނީ ނިންމާފައެވެ.

އެ ލޯނަކީ 1.7 ޕަސެންޓްގެ އިންޓަރެސްޓާއެކު ފަސް އަހަރުގެ ގްރޮސް ޕީރިއަޑެއް ހިމެނޭ ގޮތަށް 20 އަހަރުން އަހަރުން އަނބުރާ ދައްކަންޖެހޭ ލޯނެކެވެ.

6.695 ކިލޯ މީޓަރުގެ ބްރިޖްތަކާ ކޯޒްވޭގެ މައްޗަށް އެކުލެވޭ މި މަޝްރޫޢު ވެގެން ދާނީ ރާއްޖޭގައި ހިންގާ އުމްރާނީ ތަރައްޤީގެ އެންމެ ބޮޑު މަޝްރޫއު ކަމަށް ފޮރިން މިނިސްޓްރީއިން ބުންޏެވެ.

މި އެއްބަސްވުމުގައި ސޮއި ކުރެއްވުމަށް ފަހު ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވަނީ މި އެހީ ދިން ކަމަށްޓަކައި އިންޑިއާގެ ރައްޔިތުންންނާއި އެ ގައުމުގެ ސަރުކާރަށް ޝުކުރު އަދާ ކުރައްވާފަ އެވެ. އަދި އިންޑިއާ އިން މިހާތަނަށް ދީފައިވާ އެހީތަކުގެ މައްޗަށް އަލުއަޅުއްލައި ވަރަށް ބޮޑަށް ތައުރީފު ވެސް ކުރެއްވި އެވެ. މިއަދު ދިން ލޯނާއި ބްރިޖު މަޝްރޫއުގެ އިތުރު އެއްވެސް ވާހަކައެއް ފިނޭންސް މިނިސްޓަރު ނުދައްކަވަ އެވެ.

މި މަޝްރޫއުގެ ދަށުން މާލެ އަދި ވިލިނގިލި ގެ ލޭންޑް އިންޓާޗޭންޖް ތަކުގައި ސިގްނަލައިޒްޑް ޖަންކްޝަން ގާއިމް ކުރެވޭނެ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 33%ހައިރާންވެއްޖެ 33%ވަރަށް ދެރަ 33%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: