ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރާއްޖޭގެ އާބާދީ ފަސްލައްކައިން މައްޗަށް!

ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގެ އާބާދީ ފަސްލައްކައިން މައްޗަށް އަރާފައިވާކަމަށް އެންމެ ފަހުގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

ނޭޝަނަލް ބިޔުރޯ އޮފް ސްޓެޓިސްޓިކްސްއިން ހާމަކޮށްފައިވާ ގޮތުގައި ރާއްޖޭގެ ޖުމްލަ އާބާދީއަކީ 557،426 އެވެ. މީގެ ތެރެއިން 227،486 މީހުން އުޅެމުންދަނީ މާލެ ސަރަހައްދުގައެވެ. މިއީ ރާއްޖޭގެ ޖުމްލަ އާބާދީގެ 40.8 އިންސައްތައެވެ.

އަތޮޅުތަކަށް ބަލާއިރު، އެންމެ ގިނަ މީހުން އުޅެމުންދަނީ ކ އަތޮޅުގައެވެ. މާލެ ސިޓީ ފިޔަވައި ކ އަތޮޅުގެ އެހެން ހިސާބުތަކުގައި ޖުމްލަ41،382 މީހުން އުޅެމުންދެއެވެ.

ދެވަނައަށް އެންމެ ގިނަ މީހުން އުޅެމުންދާކަމަށް ތަފާސްހިސާބުތަކުން ދައްކަނީ އައްޑޫ ސިޓީއެވެ. އައްޑޫ ސިޓީގައި 26،635 މީހުން އުޅެމުންދެއެވެ.

އެންމެ މަދުން މީހުން އުޅޭ އަތޮޅެއްކަމަށް ތަފާސްހިސާބުތަކުން ދައްކަނީ ފ އަތޮޅެވެ. ފ އަތޮޅުގައި އުޅެމުންދަނީ 5،941 މީހުންނެވެ.

ސިޓީތައް ހިމަނައިގެން ޖުމްލަ 187 ރަށެއްގައި މީހުން އުޅެމުންދެއެވެ. އަދި 164 ރިޒޯޓެއް އަންނަނީ އޮޕަރޭޓްކުރަމުންނެވެ.

މުޅި ރާއްޖޭގައި ހިންގަމުން އަންނަނީ އެންމެ ފަސް ޔުނިވަރސިޓީ، ކެމްޕަހެވެ. ރީޖަނަލް ހޮސްޕިޓަލުތަކުގެ ގޮތުގައި 6 ހޮސްޕިޓަލެއް ހިންގަމުން އަންނައިރު، 16 އެއާޕޯޓެއް ރާއްޖޭގައި އަންނަނީ އޮޕަރޭޓް ކުރަމުންނެވެ. އެއީ 4 އިންޓަނޭޝަނަލް އެއާޕޯޓާއި، 12 ޑޮމެސްޓިކް އެއާޕޯޓެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 100%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: