ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޑރ. ބިލާލް ޕިލިޕްސްގެ ހާލުކޮޅު ދެރަވެ، ހޮސްޕިޓަލްގައި އެޑްމިޓް ކޮށްފި

ޝެއާރކޮށްލާ ކަހަލަދޯ؟

މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ. ބިލާލް ޕިލިޕްސްގެ ހާލުކޮޅު ދެރަވެ، ހޮސްޕިޓަލްގައި އެޑްމިޓް ކޮށްފިއެވެ.

ޕިލިޕްސްގެ ރަސްމީ ފޭސްބުކް އެކައުންޓުން ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ އޭނާގެ ހާލުކޮޅު ދެރަވެ، އިއްޔެގެ ވަގުތެއްގައި ހޮސްޕިޓަލުގައި އެޓްމިޓްކޮށްފައިވާ ކަމަށެވެ.

އެގޮތުން މިހާރު ބިލާލް އަށް އޮކްސިޖެން ދެމުންދާ ކަމަށާއި ގުލްކޯސްވެސް ގުޅާފައިވާ ކަމަށެވެ. އަދި މިހާރު އޭނާގެ ހާލުކޮޅު ރަނގަޅުވަމުން އަންނަ ކަމަށް އެ ޕޯސްޓުގައި ވެއެވެ.

މީގެ އިތުރުން މިއަދުގެ ވަގުތެއްގައި ބިލާލް ކޮވިޑަށް ޓެސްޓު ކުރެވޭނެ ކަމަށް ވެސް އެ ޕޯސްޓުގައި ވެއެވެ.

ޖެމެއިކާއަށް އުފަން ކެނެޑާގެ ރައްޔިތެއް ކަމަށްވާ ޑރ. ބިލާލް ފިލިޕްސް، 74، ވަނީ މީގެ ކުރިން ރާއްޖޭގައި ދީނީ ދަރުސްދެއްވާފައެވެ.

ވަރަށް ގަދަ
9%ވަރަށް ގަދަ 9%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 9%ހައިރާންވެއްޖެ 64%ވަރަށް ދެރަ 9%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: