ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

200އަށްވުރެ ގިނަ ވަކީލުން، ވަކީލުކަމުގެ ހުވާކޮށްފި

ޝެއާރކޮށްލާ ކަހަލަދޯ؟

200 އަށްވުރެ ގިނަ ވަކީލުން ވަކީލު ކަމުގެ ހުވާ މިއަދު ކޮށްފިއެވެ.

އެގޮތުން މިއަދު ވަނީޫ 277 ވަކީލުން ވަކީލުކަމުގެ ހުވާ ކުރައްވާފައެވެ.

ހުވާކުރުމުގެ ރަސްމިއްޔާތު ކުރިޔައް ދިޔައީ އޮންލައިންކޮށް ޒޫމް މެދުވެރިކޮށެވެ.

ބައްދަލުވުމެއްގައި ގާނޫނީ ވަކީލުންނަށް ހުވާ ލައިދެއްވީ ހައިކޯޓުގެ ފަނޑިޔާރު މުހައްމަދު ނިޔާޒެވެ.

ގާނޫނީ ވަކީލުން ހުވާ ކޮށްފައި މިވަނީ ގާނޫނީ ވަކީލުކަމުގެ ހުވައިކުރެވިފައިނުވާ އެންމެހައި ފަރާތްތަކަށް ޚާއްޞަކޮށްގެން އެއް މަސް ދުވަހުގެ ތަމްރީނު ޕްރޮގްރާމެއް ބާ ކައުންސިލުން އެކުލަވާލައި، ކުރިއަށް ގެންދަންވާނެ ކަމަށް ބަޔާންކޮށް ގާނޫނީ ފަންނުގެ ގާނޫނު އިސްލާހުކޮށް އެ ޕްރޮގްރާމު ފުރިހަމަ ކޮށްފައިވާ ވަކީލުންނެވެ.

ކައުންސިލުގެ ތަމްރީނު ޕްރޮގްރާމުގައި ހިމެނެނީ މައިގަނޑު ފަސް ބައެކެވެ. އެއީ މޯލްޑިވިއަން ލީގަލް ސިސްޓަމް، ކްރިމިނަލް ޕްރޮސީޖާ، ސިވިލް ޕްރޮސީޖާ، ޕްރޮފެޝަނަލް އެތިކްސް އަދި ޑްރާފްޓިން އެވެ.

 

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: