ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ޔާމީންގެ ގެ ވިއްކާލުމަށްފަހުވިޔަސް، ދައުލަތަށް ފައިސާ ހޯދަންޖެހޭ: ޝިޔާން

ތޮއްޑޫ ދާއިރާގެ މެމްބަރު ހަސަން ޝިޔާން
ޝެއާރކޮށްލާ ކަހަލަދޯ؟

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ގެ ވިއްކާލުމަށްފަހުވިޔަސް، ދައުލަތަށް ހޯދަންޖެހޭ ފައިސާ ހޯދަންޖެހޭ ކަމަށް ތޮއްޑޫ ދާއިރާގެ މެމްބަރު ހަސަން ޝިޔާން ވިދާޅުވެއްޖެއެވެ.

ސަރުކާރުގެ ފަރާތުން ހުށައަޅުއްވާފައިވާ ޓެކްސް ނެގުމާއި ވެހޭ އިދާރީ ގާނޫނަށް އިސްލާހު ހުށައެޅުމުގެ ބިލަށް ބަހުސްކުރައްވަމުން ޝިޔާން ވިދާޅުވީ މިބިލަކީ ސީދާ ރައީސް ޔާމީނާއި ދެކޮޅަށް ފަރުމާކޮށްފައިވާ އިސްލާހެއް ކަމަށާއި އަދި މިއީ ރައީސް ޔާމީން އަތުން ނުހައްގުން ފައިސާ ހޯދަން ހުށައަޅާފައިވާ އިސްލާހެއްކަމަށް ބުނެ އިދިކޮޅު ކޯލިޝަނުން ދައްކަމުންދަނީ ހަގީގަތާއި ޚިލާފް ވާހަކަތަކެއް ކަމަށެވެ.

ޝިޔާން ވިދާޅުވީ، ރައީސް ޔާމީން ވަނީ ވެރިކަމުގައި ހުންނަވައިގެން، ވައްކަންކުރައްވާފައިވާކަމަށް އިއުތިރާފްވެފައިވާ ކަމަށެވެ. އަދި އެކަމުގެ ބަދަލެއްގެ ގޮތުގައި ހޯދަން މިއުޅެނީ ކުޑަ މިންވަރެއް ކަމަށާއި ރައީސް ޔާމީންގެ ގެ ވިއްކައިގެން ވެސް އެފައިސާ ހޯދަންޖެހޭކަމަށް ވިދާޅުވިއެވެ. ރައީސް ޔާމީން މިއަދު ޖަލުގައި އޮންނަވަން ޖެހެނީ ރައީސް ޔާމީންގެ އެ މަސައްކަތަށް އިދިކޮޅު ކޯލިޝަންގެ މެމްބަރުން އެއްބާރުލުން ދެއްވުމުންކަމަށް ވިދާޅުވިއެވެ.

ދައުލަތަށް ލިބެންޖެހޭ ފައިސާގެ ތެރެއިން ލޯލާރިއެއްގެ މިންވަރުވިޔަސް ނިކަމެތި މީހެއްނަމަ ގަދަކަމުންވެސް ހޯދާ ކަމަށާއި ވެރިކަން ކޮށްފައި ހުރިނަމަވެސް އެފައިސާ ހަމަ އެގޮތަށް  ދައުލަތަށް ނެެގެންވާނެކަމަށް ޝިޔާން ވިދާޅުވިއެވެ.

ވަރަށް ގިނަ މީހުން އެބަތިބި ދައުލަތަށް ދައްކަންޖެހޭ ފައިސާ ނުދައްކާ ހުރުމުން، ހުއްދަ ނުލިބިފަ. ގެސްޓް ހައުސްއެއް އޮޕަރޭޓް ކުރުމަށް ހުއްދަ ނުލިބި ދައުލަތަށް ދައްކަންޖެހޭ ދެ ސެންޓް ނުދައްކާ އިނީމަ. އެއް ޑޮލަރު ނުދައްކާ އިންނަމަވެސް، އެފައިސާވެސް މީރާއިން މައާފް ނުކޮށްދޭ. ކުޑައެއް ބޮޑެއް، އިއްޒަތްތެރިއެއް، އިއްޒަތްތެރި ނޫނެއް، ވެރިއެއް ޚާދިމެއް ބަލާކަށް ނުޖެހޭނެ. އެންމެންވެސް މިކަންކަމުގައި ހަމަހަމަވާނެ.

ޝިޔާން ވިދާޅުވީ ބިލު ގާނޫނަކަށް ވުމުން މީރާއަށް ބޮޑެތި ބާރުތަކެއް ލިބިގެންދާނެކަމަށެވެ. އެގޮތުން ދައުލަތަށް ދައްކަންޖެހޭ ފައިސާގެ ތެރެއިން ނުދައްކާ ހުރި ފައިސާ ދައުލަތަށް އަނބުރާ ހޯދޭނެ ގޮތްތައް މަގުފަހިވެގެންދާނެ ކަމަށް ވިދާޅުވިއެވެ.

ވަރަށް ގަދަ
89%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 11%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: