ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފާޑުކިއުންތައް ގިނަވެ އެންމެ ފަހުން އަމީން އިސްތިއުފާދީފި

ކުރީގެ ލްތް މިނިސްޓަރު އަބްދުﷲ އަމީން/ ވެންޓިލޭޓަރުތަކުގެ މައްސަލައިގައި އަމީނަށް ތުހުމަތުތަކެއް ވެސް ކުރެވުނު
ޝެއާރކޮށްލާ ކަހަލަދޯ؟

ހެލްތު މިނިސްޓަރު އަބްދުﷲ އަމީން، މަގާމުން މިރޭ އިސްތިއުފާ ދެއްވައިފި އެވެ.

މަގާމުން އިސްތިއުފާ ދެއްވާ އަމީން ވަނީ ރައީސުލްޖުމްހޫރިއްޔާއަށް ސިޓީ ފޮނުއްވާފައެވެ. އިސްތިއުފާ ދީ އަމީން ވިދާޅުވީ މި ވަގުތު އެންމެ ރަނގަޅު ގޮތަކީ މަގާމުން އިސްތިއުފާ ދެއްވުން ކަމަށްވާތީ އެކަން އެ ގޮތަށް ކުރައްވީ ކަަމަށެވެ.

މަގާމުން އިސްތިއުފާ ދެއްވާ އަމީން ވިދާޅުވީ މަގާމުން ދުރުކުރުމަށްވާންކުރާ ކުރުމަކީކޮންމެހެން އޭނާއަށް އަމާޒުވާ އެތިފަހަރެއް ކަމަކަށް ނުދެކޭ ކަމަށެވެ. އެހެންކަމުން މިވަގުތު އޮތް ހާލަތުން އެންމެ ރަނގަޅު ގޮތަކީ މަގާމުން އިސްތިއުފާ ދިނުންކަމަށް ގަބޫލު ކުރެވުނީ ކަމަށް އަމީން ވިދާޅުވިއެވެ.

މީގެ އިތުރުން އަމީން ވަނީ ކޮވިޑާއި ދެކޮޅަށް ރާއްޖެއިން ކުރީ ތައުރީފް ހައްގު މަސައްކަތެއްކަމަށް ވިދާޅުވެެފައެވެ. އަދި ބޮޑު ބަލިމަޑުކަމެއްގައި ގައުމުގެ ރައްޔިތުންގެފުރާނަ ސަލާމަތް ކުރަން ކުރެވުނު މަސަކަތަށް ފަހުރުވެރިވާކަމަށް އޭނާ ވިދާޅުވިއެވެ.

ދައުލަތުގެ މާލިއްޔަތު ގާނޫނާއި ހިލާފަށް ކޮވިޑުގެ ތެރޭގައި އަމީން އަމަލު ކުރައްވާފައިވާ ކަމުގެ ތުހުމަތުތައް ކުރެވެއެވެ. އޮޑިޓާރ ޖެނެރަލްގެ އޮފީހުން އެކުލަވާލިކޮމްޕަޔަންސް އޮޑިޓު ރިޕޯޓުގައި އަމީނާއި، މިނިސްޓްރީގެ ބިޑު ކޮމިޓީއިން އަމިއްލަ މަންފާއަށް މަސައްކަތް ކުރި ކަމުގެ ތުހުމަތުތަކެއް ކުރެވެއެވެ. މައްސަލައިގައިއެންޓި ކޮރަޕްޝަން ކޮމިޝަނުން އެކުލަވާލި ރިޕޯޓުގައި ވެސް ތުހުމަތުތައް ކުރީ އަމީންގެ މައްޗަށެވެ. އަދި މައްސަލައިގެ ރިޕޯޓު ނިންމާ ޕްރޮސެކިއުޓާރޖެނަރަލްގެ އޮފީހަށް ފޮނުވިއެވެ.

އެހެން ނަމަވެސް ދައުވާ ކުރެވޭ ވަރުގެ ހެއްކެތް ނެތްކަމަށް ބުނެ މައްސަލަ ޕީޖީން އަނބުރާ ވަނީ ފޮނުވާލާފައެވެ.

މި މައްސަލައާއި އެކު އެމްޑީޕީ ޕީޖީ ގްރޫޕުގެ 24 މެމްބަރުން އަމީންގެ އިތުބާރު ނެތް ކަމަށް މައްސަލަ މަޖީލީހަށް ވެސް ވެއްދިއެވެ.

އަމީން އިސްތިއުފާ ދެއްވީ ދެ މަސް ވަންދެން މުސާރަ ހިނގާ ގޮތަށް މަގާމުގެ މަސްއޫލިއްޔަތާއި އެކަހެރިވެ ހުރުމަށް ފަހުއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: