ރާއްޖެއަށް ޗުއްޓީ ހޭދަކުރަން އަންނަ ފަތުރުވެރިން އެމީހުން ޗުއްޓީ ހޭދަކުރަން އަންނަ ތަން ނޫން އެހެން ތަންތަނަށް ދެވޭގޮތަށް ”ސްޕްލިޓް ސްޓޭ“ ހުއްދަ ޓޫރިޒަމް މިނިސްޓްރީން ދީފިއެވެ.
ޓޫރިޒަމް މިނިސްޓްރީން ބުނީ ރާއްޖޭގައި ފަތުރުވެރިންނަށް ޙިދުމަތްދޭ ހުރިހާ ފެސިލިޓީތަކަކަށް މިހާރު ސްޕްލިޓް ސްޓޭ ހުއްދަ ދީފައިވާކަމަށެވެ. މި ބަދަލާއިއެކު ރިސޯޓަކަށް ޗުއްޓީ ހޭދަކުރަން އަންނަ ފަތުރުވެރިއަކަށްވެސް ހޮޓެލް، ގެސްޓްހައުސް އަދި ސަފާރީއަށްވެސް ދެވޭނެއެވެ.
ޓޫރިޒަމް މިނިސްޓްރީން ބުނީ ހުއްދަދިން ނަމަވެސް ސްޕްލިޓް ސްޓޭއާއި ގުޅިގެން އެ މިނިސްޓްރީން ކަނޑައަޅާފައިވާ ގައިޑްލައިންއަށް އަމަލުކޮށް ކުރިއާލާ ހުއްދަ ނަގަންޖެހޭނެކަމަށެވެ.
Split Stay allowed at ALL types of tourist accommodation facilities in #Maldives:
Tourists can now split their stay between resort, hotels, guest houses and live aboard boats, with prior approval as per split-stay procedure/ guideline by Ministry of Tourism.#VisitMaldivesNow
— Ministry of Tourism (@MoTmv) October 23, 2020
މީގެކުރިން ޓުއަރިޒަމް މިނިސްޓްރީން ސްޕްލިޓް ސްޓޭ ހެދުމުގެ ހުއްދަ ދޫކޮށްފައިވަނީ އެއް ރިސޯޓުން އަނެއް ރިސޯޓަށް ދިއުމަށް އެކަންޏެވެ.
ބޯޑަރު ހުޅުވާލިފަހުން މިމަހުގެ 21 ގެ ނިޔަލަށް 31،801 ފަތުރުވެރިން ވަނީ ރާއްޖެ އައިސްފައެވެ.

