ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސީޝެލްސްގެ ނައިބު ރައީސްގެ މަގާމަށް އަފީފް ދީދީގެ ދަރިކަލުން އިންތިހާބު ވެއްޖެ

އަހުމަދު އަފީފް(ކ) އަދި ވެވެލް ރަމްކަލަވަންގެ--
ޝެއާރކޮށްލާ ކަހަލަދޯ؟

ސީޝެލްސްގެ ނައިބު ރައީސްގެ މަގާމަށް އައްޑޫއަށް ނިސްބަތްވާ އަބްދުﷲ އަފީފުގެ ދަރިކަލުން އަހުމަދު އަފީފު އިންތިހާބުވެއްޖެއެވެ.

ގާތްގަނޑަކަށް އެއް ލައްކަ މީހުންގެ އާބާދީއެއް އޮންނަ ސީޝްލްސްގެ ރިޔާސީ އިންތިހާބު ކުރިއަށް ދިޔައީ އޮކްޓޯބަރު 22 ވަނަ ދުވަހުން ފެށިގެން 24 ވަނަ ދުވަހުގެ ނިޔަލަށެވެ. އެގޮތުން އެ ގައުމުގައި 74،600 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބެއެވެ.

އެގޮތުން އަހުމަދު އަފީފު ސީޝެލްސްގެ ނައިބު ރައީސްގެ މަގާމަށް އިންތިހާބުވީ ރައީސް ކަމަށް ވާދަކުރެއްވި ސީޝެލްސް ޑިމޮކްރެޓިކް އެލަޔަންސް (އެލް.ޑީ.އެސް) ގެ ކެންޑިޑޭޓް، ވެވެލް ރަމްކަލަވަންގެ ރަނިންމޭޓެއްގެ ހައިސިއްޔަތުންނެވެ. އެގޮތުން ރަމްކަލަވަންގް އެ އިންތިހާބު ކާމިޔާބު ކުރެއްވީ 55 ޕަސެންޓުންނެވެ.

އިންތިހާބުން ބަލިވި ޑެނީ ފައުރޭ އަށް ލިބުނީ 43 ޕަސެންޓު ވޯޓެވެ.

އިންތިހާބު ކާމިޔާބު ކުރެއްވުމަށްފަހު އަހުމަދު އަފީފް ވިދާޅުވީ އޭނާ އަދާކުރާނެ ރޯލަކީ އިންތިހާބު ކާމިޔާބު ކުރައްވައި ކުރިއަށް އޮތް ފަސް އަހަރަށް އެގައުމުގެ ރައީސް ކަމުގެ މަގާމަށް އިންތިހާބުވި ރަމްކަލަވަން ގެންނަން ބޭނުންވާ އިސްލާހީ ބަދަލުތައް ގެނައުމުގައި އެހީތެރިވެދިނުން ކަމަށެވެ.

ވަރަށް ގަދަ
67%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 33%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: