ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރާއްޖޭގައި ތިބި އިންޑިއާ ސިފައިންގެ އަދަދު ހާމަ ނުކުރި މައްސަލައިގެ އިތުރު އަޑުއެހުމެއް މާދަމާ!

މިޝަން ދޯސްތީގެ ތަމްރީނުތަކުގެ ތެރެއިން/ ފޮޓޯ: ވަގުތު
ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހިރާއްޖޭގައި ބޭސްވެ ތިބި އިންޑިއާ ސިފައިންގެ އަދަދާއި، އަދި އެ ސިފައިނަށް ދިވެހި ދައުލަތުން ކުރާ ހަރަދުތަކުގެ ތަފްސީލު ހޯދުމަށް ހުށަހެޅި މައްސަލައިގެެ އިތުރު އިސްތިއުނާފު އަޑުއެހުމެއް މާދަމާއަށް އިންފޮމޭޝަން ކޮމިޝަނާސް އޮފީހުން ތާވަލުކޮށްފިއެވެ.

ރާއްޖޭގައި ތިބި އިންޑިއާ ސިފައިންގެ އަދަދުތައް ހާމަކޮށްފައި ނުވާތީ އެ މައްސަލަ އައިކޮމްއަށް ހުށަހަޅާފައިވަނީ ”ދިޔަރެސް“ ގެ ނޫސްވެރިޔާ އަހުމަދު އަޒާންއެވެ. މި މައްސަލައިގެ އަޑުއެހުމެއް އެންމެ ފުރަތަމަ ބާއްވާފައިވަނީ މި މަހުގެ 06 ގައެވެ. މައްސަލަ އެ ކޮމިޝަނަށް ހުށަހަޅާފައިވަނީ ގައުމީ ދިފާއީ ބާރު އެމްއެންޑީއެފްއިން ރާއްޖޭގައި މިވަގުތު ތިބި އިންޑިއާ ސިފައިންގެ އަދަދުތައް ހާމަކޮށްދިނުމަށް އެދި ރަސްމީކޮށް ހުށަހެޅުމުން ވެސް އެ މައުލޫމާތުތައް ހާމަކޮށްފައި ނުވާތީއެވެ.

އެމްއެންޑީއެފްއިން އެ މައުލޫމާތުތައް ހާމަ ނުކުރުމުގެ ސަބަބުން، މައުލޫމާތު ހޯދުމާއި ލިބިގަތުމުގެ ގާނޫނާއި އެ ހައްގުގެ ދަށުން މައްސަލަ އައިކޮމްގައި އިސްތިއުނާފު ކުރީއެވެ. މައްސަލައިގެ އަޑުއެހުން އައިކޮމްއިން ތާވަލުކޮށްފައިވަނީ 11:00 އަށެވެ. އަދި ޒޫމް މެދުވެރިކޮށް ކުރިޔަށް ގެންދާ އަޑުއެހުން ކޮމިޝަނުގެ ފޭސްބުކް ޕޭޖުން ލައިވް ކުރާނެއެވެ.

މި މައްސަލަ އައިކޮމްއަށް ހުށަހެޅުމުން ބޭއްވި ފުރަތަމަ އަޑުއެހުމުގައި އަޑުއެހުމެއްގައި ޑިފެންސް މިނިސްޓްރީއިން ބުނެފައި ވަނީ ރާއްޖޭއާއި އިންޑިއާ ދެމެދުވެފައިވާ އެއްބަސްވުމުގެ ދަށުން ރާއްޖޭގައި ޤާއިމްވެ ތިބި އިންޑިއާ ސިފައިންގެ އަދަދު ހާމަކުރުމަކީ ގައުމީ ސަލާމަތަށް އޮތް ނުރައްކަލެއް ކަމަށެވެ.

އައިކޮމްއިން ބޭއްވި އަޑު އެހުމުގައި ޑިފެންސް މިނިސްޓްރީގެ އިންފޮމޭޝަން އޮފިސަރު މުހައްމަދު ޝިމާހު ވިދާޅުވީ އިންޑިއާ ސިފައިންގެ އަދަދު ހާމަކޮށްފި ނަމަ ދިވެހިރާއްޖެއާއި އިންޑިއާ އާއި ދެމެދު އޮތް ގުޅުމަށް ބުރޫ އަރާފާނެ ކަމަށެވެ. ސިމާހު ވިދާޅުވީ އިންޑިއާ ސިފައިން ތިބި އަދަދާއި އެމީހުންނަށް ދިވެހިރާއްޖޭގެ ދައުލަތުން ކުރާ ހަރަދު ހާމަނުކުރީ އެއީ ގައުމީ ސަލާމަތަށް އޮތް ނުރައްކަލެއް ކަމަށް ގަބޫލު ކުރެވޭތީ ކަމަށެވެ.

މިދިޔަ މަހުގެ ތެރޭގައި ހަނިމާދޫއަށް މިއަދު ޖެއްސި އިންޑިއާގެ އަސްކަރީ މަތިންދާބޯޓު/ ފޮޓޯ: ސޯޝަލް މީޑިއާ

ސިފައިންގެ ޤާނޫނުގެ 24 ވަނަ މާއްދާގައި ވާގޮތުން ދިވެހި ރާއްޖޭގެ އަމަން އަމާންކަމަށާއި، ސަލާމަތަށް އެއްވެސް ގެއްލުމެއް ލިބިދާނެ މައުލޫމާތެއް ނަމަ އެ މައުލޫމާތެއް އާންމު ނުކުރެވޭނެ ކަމަށް ސިމާހު ވިދާޅުވެފައިވެއެވެ.

މީގެ އިތުރުން ސިމާހް ވިދާޅުވީ އާންމުންނާއި ސިފައިންގެ މީހުންނާ ބޮޑު ތަފާތެއް އޮންނާނެ ކަމަށެވެ. އަދި ސިފައިންގެ މައުލޫމާތު ހާމަކުރުމުގައި އެތައް މަގަކުން ވިސްނަން ޖެހޭ ކަމަށާއި އިންޑިއާ ސިފައިންނާއި ގުޅޭ މައުލޫމާތު ހާމަކޮށްފައި ނުވަނީ ސިފައިންގެ ތެރޭގައި ހެދިފައި ހުރި އިންޓާނަލް ގަވައިދުތަކަށް ބިނާކޮށް ކަމަށްވާއިރު އެ ގަވައިދަކީ އާންމު ކުރެވޭނެ ގަވައިދެއް ނޫން ކަމަށް ސިމާހު ވިދާޅުވިއެވެ.

އިންޑިއާގެ ސިފައިންނާއި ގުޅޭ އެ މައުލޫމާތު ހޯދަން އެދުމާއި އެކު އެ މިނިސްޓްރީން އެ މައުލޫމާތު ހާމަކުރެވެން އޮތްތޯ ބެލުމަށް ސިފައިންގެ ލަފާދޭ މަޖިލީހަށް ހުށަހަޅި ކަމަށް އެމްއެންޑީއެފްއިން ބުނެއެވެ. އަދި އެމައުލޫމާތު ހާމަކުރެވިދާނެ ތޯ ބެލުމަށް ލަފާދޭ މަޖިލީހަށް ހުށަހެޅުމުން އެ މަޖިލީހުން ނިންމީ އެއީ އާންމުކުރެވެން ނެތް މައުލޫމާތުތަކެއްގެ ގޮތުގައި ކަމަށެވެ.

ފަހަކަށް އައިސް ސޯޝަލް މީޑިއާގައި ވަނީ IndiaOut# ”އިންޑިއާ އައުޓް“ ގެ ނަމުގައި ފަށާފައިވާ ކެމްޕެއިނެއްގެ އަޑުތައް ގަދަވެދަފައެވެ. އަދި އިންޑިއާ އައުޓް ގެ ކެމްޕެއިން އެންމެ ބޮޑަށް ގުޅިފައިވަނީ ރާއްޖޭގައި ތިބިކަމަށް ބުނާ އިންޑިއާގެ ސިފައިންނާއި އެވެ. އިދިކޮޅުގެ އަޑުތައް ގަދަވެ އެންމެ ފަހުން ރާއްޖޭގެ ގައުމީ ދިފާއީ ބާރުން ނޫސްވެރިންގެ ބައްދަލުވުމެއް ވެސް ބޭއްވިއެވެ. އަދި އެ ބައްދަލުވުމުގައި ބުނެފައި ވަނީ ރާއްޖޭގައި އެއްވެސް ގައުމެއްގެ މިލިޓަރީ ބޭސްއެއް ނެތް ކަމަށެވެ. އަދި ހަތިޔާރު އެޅި ސިފައިން ވެސް ހަރަކާތްތެރި ނުވާ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 100%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: