ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އައިންތުގެ ޓެކްސީއަށް އަނެއްކާވެސް ބަޔަކު ގެއްލުންތަކެއް ދީފި

ޝެއާރކޮށްލާ ކަހަލަދޯ؟

މާލޭގައި ޓެކްސީކުރާ ހަމައެކަނި އަންހެން ޑްރައިވަރު، އައިމިނަތު ވަހީދާ (އައިންތު) ގެ ކާރަށް އަނެއްކާވެސް ބަޔަކު ގެއްލުންތަކެއް ދީފިއެވެ.

ޓެކްސީއަށް ގެއްލުންތަކެއް ދީފައިވާތީ އެކަމަށް ކަންބޮޑުވުންފާޅުކޮށް އައިންތު ފޭސްބުކްގައިކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ ކާރަށް ގެއްލުންތައް ދީފައިވަނީ ޑްރަގް ކޯޓު ކުރިމަތީ ޕާކުކޮށްފައި އޮއްވާ ކަމަށެވެ. އަދި މިއީ ޓެކްސީ ކުރަން ފެށިފަހުން ބަޔަކު ކާރަށް ގެއްލުންދިން ފަސް ވަނަ ފަހަރުކަމަށް ވެސް އައިންތު ވަނީ ބުނެފައެވެ.

ކާރަށް ދޭ ގެއްލުންތައް ރަނގަޅުކުރުމަށް ބޮޑު ހަރަދުތަކެއް ދާއިރު، އައިންތު ވަނީ މިފަދަ އަމަލުތަކުގެ ސަބަބުން ކާންބޯން ކުރާ މަސައްކަތަށް ހުއްޓުމެއް އައިސްފައިވާ ކަމަށެވެ. އަދި މިކަން ހައްލުކޮށް ދިނުމަށް ފުލުހުންނާއި، އާއްމުންގެ އެހީތެރިކަން ވަރަށް ބޮޑަށް ބޭނުންވާ ކަމަށް އައިންތު ވަނީ ބުނެފައެވެ.

“ރޭގަ އަޅުގަނޑު މިހާރު ޓެކްސީ ކުރާ ކާރްވަނީ ޑްރަގް ކޯޓް ކުރިމަތީ ޕާކް ކޮށްފަ އޮއްވާ ބިއްލޫރި ތަޅާލާފަ..މީ އަޅުގަނޑު ޓެކްސީ ކުރަން ފެށިފަހުން މިގޮތަށް ބިއްލޫރި ތަޅާލި 5 ވަނަ ފަހަރު..މިހެން މިކަން ވުމުގެ ސަބަބުން އަޅުގަނޑަށް މިވަނީ ބޮޑެތި ގެއްލުން ވެ ކާންބޯން ކުރާ މަސަތްކަތް ހުއްޓިފަ..މިކަމުގަ ދާއިމީ ހައްލެއް ހޯދުމަށް ފުލުހުންގެ އެހީތެރިކަމާ އާއްމުރައްޔިތުންގެ އެއްބާރުލުން އަޅުގަނޑަށް ވަރަށް ބޭނުން” އައިންތު

މީގެ ކުރިން ވެސް އެކިފަހަރު މަތީން އައިންތު ކާރަށް ބަޔަކު ގެއްލުންތަކެއް ދީގެން އެ މައްސަލައް ސޯޝަލް މީޑިއާގައި ފެންމަތިވެފައި ވެއެވެ. އަދި އާއްމުން ވެސް ވަނީ އާމްދަނީ ހޯދުމަށް ކުރާ މިފަދަ މަސައްކަތްތަކަށް ހުރަސް އެޅުމަށް ބަޔަކު ކުރާ މަސައްކަތް ހުއްޓުވަން ޖެހޭކަން ފާހަގަކޮށްފައެވެ.

ތަކުރާރުކޮށް މި މައްސަލަ މިހެން ތަކުރާރުވަމުން އައި ނަމަވެސް މިހާތަނަށް މި މައްސަލައިގައި ފުލުހުންގެ ފަރާތުން ތަހުގީގުތަކެއް ހިންގާ، ކާރަށް ގެއްލުންދިން މީހެއް ހޯދިފައި ނުވެއެވެ.

އައިންތު އަކީ މާލޭގެ ޓެކްސީ ސެންޓަރަކާ ގުޅިގެން ޓެކްސީ ދުއްވާ ހަމަ އެކަނި އަންހެން ޑްރައިވަރެވެ. އޭނާ ޓެކްސީ ކުރަން ފެށީ 2017 ވަނަ އަހަރެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 50%ވަރަށް ދެރަ 50%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: