ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބަންގްލަދޭޝް ހައި ކޮމިޝަނަރު ޗީފް އޮފް ޑިފެންސް ޝަމާލްއާ ބައްދަލުކޮށްފި

ޝެއާރކޮށްލާ ކަހަލަދޯ؟

ބަންގުލަދޭޝްގެ ހައި ކޮމިޝަނަރު، ހިޒް އެކްސެލެންސީ ރިއާ އެޑްމިރަލް ނަޒްމުލް ޙަސަން، ޗީފް އޮފް ޑިފެންސް ފޯސް، މޭޖާ ޖެނެރަލް ޢަބްދުﷲ ޝަމާލްއާ މިއަދު ބައްދަލުކުރައްވައިފިއެވެ.

ބައްދަލުކުރެއްވުމުގައި، ދިވެހިރާއްޖެއާއި ބަންގްލަދޭޝް އަސްކަރިއްޔާއާ ދެމެދު ޒަމާނުންސުރެ އޮތް ބަދަހި ގުޅުމާ ގުޅޭ ގޮތުންނާއި، ދެ ޤައުމުގެ އަސްކަރިއްޔާ ގުޅިގެން ދިވެހި ސިފައިންގެ އިންސާނީ ވަސީލަތް ތަރައްޤީ ކުރުމާއި، ދިވެހި ސިފައިންނަށް ތަޢުލީމާއި ތަމްރީނުގެ ފުރުޞަތު ހޯދައިދިނުމާއި ބެހޭގޮތުން ދެ ބޭފުޅުން މަޝްވަރާ ކުރެއްވިއެވެ.

އެ ބައްދަލުވުމުގައި، ވައިސް ޗީފް އޮފް ޑިފެންސް ފޯސް، ބްރިގޭޑިއާ ޖެނެރަލް ޢަބްދުއްރަޙީމް ޢަބްދުއްލަތީފް ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 100%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: