ކްރިމިނަލް ކޯޓާއި ސިވިލް ކޯޓަށް ގާޒީން ހޯދުމަށް އިއުލާނު ކޮށްފިއެވެ.
އެ ދެ ކޯޓުން ކޮންމެ ކޯޓަކަށް ގާޒީން ހޯދަން އިއުލާނު ކޮށްފައިވަނީ މިއަދު އެވެ.
އެ މަގާމުގެ ޝަރުތަކީ އުމުރުން 25 އަހަރު ފުރިފައިވުމާއި، އިސްލާމީ ޝަރީއާ ނުވަތަ ގާނޫނީ ދާއިރާ އިން ފުރަތަމަ ޑިގްރީއެއް އޮތުމާ އެކު ފަނޑިޔާރު ކަމުގައި ނުވަތަ ވަކީލު ކަމުގައި މަދުވެގެން ދެ އަހަރުގެ ތަޖުރިބާ ހުރުމެވެ.
އެ މަގާމުތަކަށް ކުރިމަތިލުމުގެ ފުރުސަތު މި މަހުގެ 9 ވަނަ ދުވަހުގެ ނިޔަލަށް އޮންނާނެ އެވެ.
ކްރިމިނަލް ކޯޓުގެ ގާޒީންނަށް މުސާރަ އާއި އިނާޔަތްތަކާ އެކު މަހަކު 48،300 ރުފިޔާ ލިބޭނެއެވެ.
ސިވިލް ކޯޓުގެ ގާޒީއަކަށް މަހަކު 46،650 ރުފިޔާ ލިބިވަޑައިގަންނަވާނެ އެވެ.

