ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަންހެން ޓެކްސީ ޑްރައިވަރަށް ކުރާ ގޯނާތައް ބަލާފައިނުވާ މައްސަލަ މަޖިލީހަށް!

ޝެއާރކޮށްލާ ކަހަލަދޯ؟

މާލެސިޓީގައި ޓެކްސީ ކުރާ ހަމައެކަނި އަންހެން މީހާ، އާމިނަތު ވަހީދާއަށް ތަކުރާރުކޮށް ދެމުންދާ ހަމަލާތައް އެއްވެސް ތަހުގީގީ އިދާރާއަކުން ބަލާފައިނުވާތީ އެމައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށައަޅައިފިއެވެ.

މިމައްސަލަ މަޖިލީހަށް ހުށައަޅާފައިވަނީ އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕްގެ ލީޑަރ މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމްއެވެ. މައްސަލައަށް ބަހުސް ކުރުމަށް މަޖިލީހުން ފާސްކުރީ 35 މެމްބަރުންގެ ވޯޓުންނެވެ.

މައްސަލަ ހުށައަޅުއްވައި ދެއްކެވި ވާހަކައިގައި އާޒިމް ވަނީ ޕްރޮޓެކްޓް އެންޑް ސަރވްގެ ނަމުގައި ތިއްބެވި ފުލުހުންނަށް އެކަށީގެންވާ ރައްކާތެރިކަން ދެވޭތޯއާއިއެކަށީގެންވާ ޚިދުމަތްތައް ދެވޭތޯ ސުވާލު އުފައްދަވާފައެވެ.  އަދި މިފަސް އަހަރު އެމްޑީޕީއާ ހަވާލުކުރީ ރައްޔިތުން ވަރަށް ބޮޑެތި އުންމީދުތަކަކާއެކު ކަމަށެވެ. އެހެންނަމަވެސް، ހިތާމައަކީ މިހާރު އޮތީ ކޯލިޝަން ސަރުކާރެއް ކަމަށާއި މިވާހަކަ މިގޮތަށް ދެއްކުމުން މީހުން ބަސް ބުނިކަމުގަައިވިޔަސް ކޯލިޝަންގެސަބަބުން ޚިދުމަތްތަކަށް ހުރަސް އެޅޭކަން އާޒިމް ފާހަގަކުރެއްވިއެވެ.

ބިލަށް ބަހުސްކުރެއްވި މެމްބަރުން ފާހަގަކުރެއްވި ކަންކަމުގައި، ދެއަހަރެއްހާ ދުވަސްތެރޭ 5 ފަހަރު މިހަމަލާ ދީފަައިވާއިރު، ހެކި ނެތުމުގެ ސަބަބުންނޭ ބުނެދޫކޮށްލަނީ ކޮން އުސޫލަކުންތޯ ފާހަގަކުރެއްވިއެވެ. އަދި މިއީ ހަމައެކަނި ފުލުހުން ބަލަންޖެހޭ މައްސަލައެއް ނޫން ކަމަށާއި މިއީ ހިޔުމަން ރައިޓްސް ކޮމިޝަންއަދި ނޭޝަނަލް  އިންޓަގްރިޓި ކޮމިޝަނުންވެސް ބަލަންޖެހޭ މައްސަލައެއްކަމަށް ފާހަގަކުރެއްވިއެވެ. އެގޮތުން ފަސް ފަހަރު މައްސަލަ ހުށައަޅާފައިވާއިރު ފިޔަވަޅުއެޅިފައިނުވާ މައްސަލަ އިންޓަގްރިޓީ ކޮމިޝަނުން ބަލާފައިނުވާކަން ފާހަގަކުރެއްވިއެވެ.

ބަހުސްކުރެއްވި މެމްބަރުން ވަނީ ހޯމް މިނިސްޓަރ އަދި ޕޮލިސް ކޮމިޝަނަރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. މީގެ ތެރޭގައި ސަރުކާރަށް ނިސްބަތްވާމެމްބަރުންވެސް ހިމެނެއެވެ.  އަދި ހަމައެކަނި އަންހެނުންނަށް ވާނެއޭ ބުނެ ނިންމާލައިގެން ނުވާނެ ކަމަށާއި ރައްކާތެރި މާހައުލެއް ނެތްނަމަ ނުވާނެކަމަށްވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: