ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމެރިކާގެ ތާރީހުގައި ރިޔާސީ ކެންޑިޑޭޓަކަށް ލިބުނު އެންމެ ގިނަ ވޯޓު ބައިޑެންއަށް

ޝެއާރކޮށްލާ ކަހަލަދޯ؟

އެމެރިކާގެ ތާރީހުގައި އެންމެ ގިނަ އަދަދަކަށް ވޯޓު ކާމިޔާބު ކުރެއްވި ރިޔާސީ ކެންޑިޑޭޓަކަށް ޖޯ ބައިޑެންވެ ވަޑައިގެންފި އެވެ.

މީގެ ކުރިން ރިޔާސީ އިންތިހާބެއްގައި އެންމެ ގިނަ އަދަދެއްގެ ވޯޓު ކާމިޔާބު ކުރެއްވީ 2008 ވަނަ އަހަރު ބަރަކް އޮބާމާ އެވެ.ނަމަވެސް ބައިޑެން ވަނީ އަންގާރަ ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގައި އެ ރެކޯޑު ހޯއްދަވާފަ އެވެ.

އެގޮތުން މިހާތަނަށް އޭނާއަށް 70 މިލިއަނަށް ވުރެ ގިނަ ވޯޓު ވަނީ ލިބިފަ އެވެ.

ނުރައްކާތެރި ބަލިމަޑުކަމެއްގެ ތެރޭގައި މިފަހަރު އެމެރިކާއިން ބޭއްވި ރިޔާސީ އިންތިހާބުގައި ރެކޯޑު އަދަދަކަށް މީހުން ވޯޓު ލާފައިވާ ކަމަށް ވެސް އެގައުމުގެ މީޑިއާތަކުން ބުނެ އެވެ.

ވަރަށް ގަދަ
33%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 67%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: