ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އުލިގަމުގައި ސިޓީ ހޮޓެލާއި ޔޮޓު ބަނދަރު ތަރައްގީކުރުމަށް އެއްވެސް ފަރާތަކުން ބީލަމަށް ހުށައަޅާފައެއްނުވޭ

ހއ. އުލިގަން
ޝެއާރކޮށްލާ ކަހަލަދޯ؟

ހއ އުލިގަމުގައި ޔޮޓު ބަނދަރާއި ސިޓީ ހޮޓެލެއް ތަރައްގީކުރުމަށް، ބީލަމަށްލުމުގެ ފުރުސަތު އަލުން ހުޅުވާލުމަށް ނިންމައިފިއެވެ.

ޓުއަރިޒްމް މިނިސްޓްރީއިން އާންމުކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ ސިޓީ ހޮޓެލަކާއި ޔޮޓު ބަނދަރެއް ތަރައްގީކުރުމަށް މިއަހަރުގެ އޮކްޓޫބަރު މަހުގެ ތެރޭގައި ކުރި އިއުލާނާއި ގުޅިގެން ބީލަމާއި ބެހޭގޮތުން ގިނަ ފަރާތްތަކަކުން މައުލޫމާތު ސާފުކޮށްފައިވާކަމަށެވެ. އަދި 2 ފަރާތަކުން ބީލަން ފޮތް ގަނެފައިވާކަމަށްވެސް އެމިނިސްޓްރީއިން ބުނެއެވެ.

އެހެންނަމަވެސް، ނޮވެމްބަރު މަހުގެ 5ވަނަ ދުވަހު ބީލަން ހުށައެޅުމުގެ މުއްދަތު ހަމަވިއިރުވެސް، އެއްވެސް ފަރާތަކުން ބީލަން ހުށައަޅާފައިނުވާކަމަށް ޓުއަރިޒްމް މިނިސްޓްރީއިން އާންމުކޮށްފައިވާ އިއުލާނުގައި ވަނީ ބުނެފައެވެ.

މިއަހަރުގެ އޮކްޓޫބަރު މަހުގެ 11 ވަނަ ދުވަހު ބީލަމަށް ލުމަށް ފުރުސަތު ހުޅުވާލިއިރު، މިނިސްޓްރީއިން ހުޅުވާލީ ރާއްޖޭގެ އަދި ރާއްޖެއިން ބޭރުގެ އިންވެސްޓަރުންނަށްވެސް ބީލަމަށް ކުރިމަތިލެވޭ ގޮތަށެވެ. އަދި ޔޮޓު ބަނދަރަކާއެކު ސިޓީ ހޮޓެލް ތަރައްގީކުރުމަށް 11 ހެކްޓަރުގެ ބިން ދޫކުރުމަށް މިނިސްޓްރީއިން ވަނީ ނިންމާފައެވެ.

އުލިގަމަކީ ގިނަ އަދަދެއްގެ ތޮޓު ބަނދަރުކުރާ ރަށެކެވެ. އެހެންނަމަވެސް، ޔޮޓުތަކުން ނަގަމުންދިޔަ ފީތައް ބޮޑުކުރުމާއި ގުޅިގެން އެސަރަހައްދުގައި ބަނދަރުކުރަމުންދިޔަ ޔޮޓުތަކުގެ އަދަދު ވަނީ ވޭތުވެދިޔަ އަހަރުތަކުގައި ދަށަށް ދާން ފަށާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: