ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޝަރީފް، ނަޝީދަށް: ސަލާމަތީ ބާރުތައް ބަދުނާމު ނުކޮށް އެ މުއަސަސާތަކުގެ އިތުބާރު ހޯއްދަވާ!

ޝެއާރކޮށްލާ ކަހަލަދޯ؟

ދެން ވެސް ދިވެހި ސިފައިންނާއި ފުލުހުން ސަރުކާރާއި ދެކޮޅަށް ބަޣާވާތް ނުކުރާނެއޭ ދަންނަވަން ކެރިވަޑައެއްނުގަންނަވާކަމަށް ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވުމާއި ގުޅިގެން މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ޢުމަރު, ރައީސް ނަޝީދަށް ރައްދު ދެއްވައިފިއެވެ.

ނަޝީދު ރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ފެބްރުއަރީ 7، 2012 ގައި ހިނގިފަދަ ސަލާމަތީ ބާރުތަކުން ބަޔަކު ގައުމަށްވީ ގައްދާރުވުން ތަކުރާރުވިޔަ ނުދިނުމަށް ކުރަންޖެހޭ ކަންކަން ކޯނީގެ ރިޕޯޓްގައި ފާހަގަކޮށްފައިވާނެ ކަމަށެވެ. އަދި އެކަންކަން ތަންފީޒު ނުކުރާހާ ހިނދަކު އަނެއްކާވެސް ބަޣާވާތެއް ނުކުރާނެ ކަމަށް ދަންނަވަން ނުކުރޭނެ ކަމަށް ނަޝީދު ވިދާޅުވިއެވެ.

މިކަމާ ގުޅިގެން އާދަމް ޝަރީފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައީސް ނަޝީދުގެ މައްސަލައަކީ އިޙްތިރާމާއި އިތުބާރުގެ މައްސަލައެއް ކަމަށެވެ. އެ ގޮތުން ފެބްރުއަރީ 7 ގައި އިސްކޮށް އުޅުނު މީހުންނާއެކު ކޯލިޝަން ހެއްދެވީ ކީއްވެތޯ އާދަމް ޝަރީފް ވަނީ އައްސަވާފައެވެ.

”ދެންވެސް ސަލާމަތީ ޚިދުމަތްތައް ބަދުނާމުކުރެއްވުމަށްވުރެ އެ ދެ މުޢައްސަސާއަށް އިޙްތިރާމްކުރައްވައި އިތުބާރު ޤާއިމުކުރެއްވުން ބުއްދިވެރި،“ އާދަމް ޝަރީފް ވިދާޅުވިއެވެ.

2012 ވަނަ އަހަރުގެ ފެބްރުއަރީ 7 ވަނަ ދުވަހު ނަޝީދުގެ ސަރުކާރާއި ދެކޮޅަށް ގިނަ އަދަދެއްގެ ފުލުހުންނާއި ސިފައިން ވަނީ ނިކުމެ އިހުތިޖާޖުކޮށްފައެވެ. އަދި އެ ދުވަހު ހިނގާދިޔަ ކަންތައްތަކާ ގުޅިގެން ނަޝީދު ވަނީ ވެރިކަމުން އިސްތިއުފާ ދެއްވާފައެވެ.

ޓީވީ ޕްރޮގްރާމެއްގައި އިއްޔެ ވާހަކަދައްކަވަމުން ސީޕީ ހަމީދު ވިދާޅުވީ އެއީ މާޒީ ކަމަށާއި އެ މާޒީން ފުލުހުންނަށް ވަރަށް ގިނަ އިބުރަތްތަކެއް ލިބިފައިވާ ކަމަށް ގަބޫލުކުރައްވާ ކަމަށާއި އެ ޒާތުގެ ކަމެއް ފުލުހުން ދެން ކުރާނެ ކަމަށް ގަބޫލުނުކުރައްވާ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 100%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: