ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފިޗް ރޭޓިންގްސްއަށް ރާއްޖޭގެ ފިނޭންސް މިނިސްޓްރީއިން ދެކޮޅު!

ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު:_ ފޮޓޯ_ ސަން
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގެ ސޮވެރިން ގެރެންޓީއަށް ފިޗް ރޭޓިންގްސްއިން ދީފައިވާ “ސީސީސީ” ރޭޓިން ބަލައިނުގަންނަކަމަށް ބުނެ ފިނޭންސް މިނިސްޓްރީއިން ފިޗް ރޭޓިންގްސްއާ ދެކޮޅު ހަދައިފިއެވެ.

ނޮވެމްބަރުމަހުގެ ފަސްވަނަ ދުވަހު އާންމުކޮށްފައިވާގޮތުން ރާއްޖޭގެ ރޭޓިން ވަނީ “ބީ މައިނަސް”އަކުން “ސީސީސީ”އަކަަށް ދަށްކޮށްފައެވެ.

މިކަމާއި ގުޅިގެން ފިނޭންސް މިނިސްޓްރީއިން ނެރުނު ބަޔާނުގައި ވަނީ ވަރަށް ބޮޑަށް ނުރުހުން ފާޅުކޮށް ފިޗް ރޭޓިންގްސްއާ ދެކޮޅު ހަދާފައެވެ. އަދި ސަރުކާރުގެ ސިޔާސަތުތަކާއި ގުޅިގެން ހީކުރިވަރަށްވުރެ ރަނގަޅު ކުރިއެރުމެއް އިގްތިސާދަށް އަންނަމުންދާ ކަމަށާއި ރާއްޖޭގެ ދަރަނި ދުވަހަކުވެސް ޑީފޯލްޓްނުވާ ކަމަށް ފިނޭންސް މިނިސްޓްރީއިން ވަނީ ބުނެފައެވެ. އަދި ދައްކަންޖެހޭ ދަރަންޏެއް ނުދެއްކުމުގެ ސަބަބުން އެއްވެސް މައްސަލައެއް ދިމާވެފައިނުވާ ކަމަށާއި ކުރިއަށް އޮތްތަނުގައިވެސް ދަރަނިތައް ދައްކަމުންދާނެކަމުގެ ޔަގީންކަން އެބައޮތްކަމަށް މިނިސްޓްރީން އާންމުކުރި ބަޔާނުގައިވެއެވެ.

ފިޗްއިން އަންދާޒާކޮށްފައިވާ ގޮތުގައި 2009 ވަނަ އަހަރުގެ ފައިނޭންޝަލް ކްރައިސިސްއާއި 2004 ވަނަ އަހަރުގެ ސުނާމީ ކާރިސާއާ ގުޅިގެން ދިމާވި އިގްތިސާދީ ގެއްލުމަށްވުރެ ބޮޑު ގެއްލުމެއް ކޮވިޑާއި ގުޅިގެން ރާއްޖޭގެ އިގްތިސާދަށް ކުރާނެއެވެ. އަދި ފަތުރުވެރިކަމުގެ ދާއިރާއަށް އަންނާނެކަމަށް ލަފާކުރާ ކުރިއެރުންތަށްވެސް ލަސްކަމަށް ވަނީ ފާހަގަކޮށްފައެވެ.

ފިޗް ރޭޓިންގްސްއާމެދު ނުރުހުން ފާޅުކޮށް ރައްދުދެމުން ފިނޭންސް މިނިސްޓްރީއިން ބުނީ  ކޮވިޑް-19އާއި ގުޅިގެން އައި ހީނަރުކަމުން އަރައިގަތުމަށް މަސައްކަތްތަކެއް ކުރެވިފައިވާ ކަމަށެވެ. އެގޮތުން ކޮވިޑްގެ ޕީކް ވޭވްއިން ސަލާމަތް ވެފައިވާ ކަމަށާއި ސަަރުކާރުގެ ހަރުދަނާ ސިޔާސަތުތަކުގެ ސަބަބުން އިގްތިސާދީ ހީނަރުކަމުން އަރައިގަތުމަށް މަސައްކަތްތަކެއް ކުރެވެމުންދާ ކަމަށެވެ. މީގެ އިތުރަށް ޖުލައި 15ގައި ފަތުރުވެރިކަމުގެ ދާއިޜާގެ މަސައްކަތްތައް އަލުން ފަށާފައިވާކަމަށް ފިނޭންސް މިނިސްޓްރީގެ ބަޔާނުގައި ވެއެވެ.

ފިނޭންސް މިނިސްޓްރީގެ ބަޔާނުގައި ބުނެފައިވަނީ، ރާއްޖޭގެ ރިޒޯޓްތައް ވަކި ވަކި ރަށްތަކެއްގެ ގޮތުގައި ތަރައްގިކޮށްފައިވާތީ ކޮވިޑްގެތެރޭގައިވެސް ފަތުރުވެރިންނަށް ރައްކާތެރި މާހައުލެއް ލިބިގެންދާނެ ކަމަށެވެ. އަދ ޖުލައި މަހު 2000 ފަތުރުވެރިން އައިކަމުގައިވިޔަސް އޮކްޓޫބަރު މަހުގެ ނިޔަލަށް 21،000 ފަތުރުވެރިން އައިސްފައިވާކަމަށެވެ. ފްލައިޓްތައް އޮޕަރޭޓްކުރާ މިންވަރު އިތުރުކުރަމުންދާ ކަމަށާއި އަޅާފައިވާ ފިޔަވަޅުތަކަށްވެސް ލުއިތައް ދެމުންދާކަމަށް ބަޔާނުގައި ވަނީ ފާހަގަކޮށްފައެވެ.

ފިޗްގެ ރިޕޯޓުގައި ފާހަގަކޮށްފައިވާ ބައެއް ކަންކަމަށް ބަލާއިރު، ސަރުކާރުގެ ދަރަންޏާއި ގުޅޭގޮތުން އެ އިދާރާއިން ބުނެފައިވަނީ ސަރުކާރުގެ ދަރަނި ޖީޑީޕީގެ ނިސްބަތުން 110.7 ޕަސެންޓަށް އަރާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. އަދި ފިސްކަލް ޑެފިސިޓް ޖީޑީޕީގެ ނިސްބަތުން 21.7 އަށް އަރާނެ ކަމަށް ލަފާކުރެވޭ ކަމަށް ފިޗްއިން ވަނީ ބުނެފައެވެ. ފިޗްއިން ވަނީ މިއަހަރުގެ ހަތަރުވަނަ ކުއާޓަރުން 2022 ވަނަ އަހަރުގެ ދެވަނަ ކުއާޓަރާއި ހަމައަށް ދައުލަތުން ދައްކަންޖެހޭ 494 މިލިއަން ޑޮލަރުގެ ދަރަނި އެބައޮތްކަން ފާހަގަކޮށްފައެވެ. އަދި އޭގެ ތެރެއިން 142 މިލިއަން ޑޮލަރު 2021 ވަނަ އަހަރާއި ހަމައަށް ދައްކަން ޖެހޭ ކަމަށް ފިޗުން ފާހަގަކޮށްފައިވެއެވެ. ސަރުކާރުން ގެރެންޓީ ދީފައިވާ ލޯނުތައް ބޮޑުކަން ފާހަގަކޮށް ފިޗްއިން ބުނެފައިވަނީ 2022 ވަނަ އަހަރާއި ހަމައަށް 568 މިލިއަން ޑޮލަރު ދައްކަން ޖެހޭ ކަމަށެވެ. އަދި އޭގެ ތެރެއިން 277 ޑޮލަރު ދައްކަން ޖެހެނީ އަންނަ އަހަރުގެ ނިޔަލަށްކަން ވަނީ ފާހަގަކޮށްފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: