ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކުޑަކުދިންނާ ބެހިފަ ސަލާމަތް ވެގެން ނޫޅެވޭނެ، ފަހަތުން ދާނަން: ޕީޖީ ޝަމީމް

ޕީޖީ ޙުސެއިން ޝަމީމް. ފޮޓޯ:ސޯޝަލްމީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

ކުޑަކުދިންނާ ބެހި އެ ކުދިންނަށް ޖިންސީގޯނާ ކުރުމަށް ފަހު މިހާރު ސަލާމަތް ވެގެން ނޫޅެވޭނެ ކަމަށާއި އެފަދަ ކުށްތައް ކުރާ މީހުން ޖަލަށް ލާނެ ކަމަށް ޕްރޮސިކިއުޓަރ ޖެނަރަލް ހުސެން ޝަމީމް ވިދާޅުވެއްޖެއެވެ.

ދިވެހިރާއްޖޭގެ އަޑުގެ ޕްރޮގުރާމެއްގައި ވާހަކަފުޅު ދައްކަވަމުން ޕީޖީ ޝަމީމް ވިދާޅުވީ ރާއްޖޭގައި ބޮޑެތި ޖިނާއީ ކުށްތައް ކުރާ މީހުންނަށް އެފަދަ ކުށްތައް ކުރަން ނުކުރޭނެ ވަރުގެ ވަރުގަދަ މެސެޖެއް ދޭން ޖެހޭ ކަމަށާއި ހާއްސަކޮށް ކޮރޮޕްޝަންގެ ބޮޑެތި އަމަލުތަކާއި، ޖިންސީ ގޯނާ ކުރުމާއި، ޖިންސީ ފުރައްސާރަ ކުރުމުގެ އިތުރުން ކުޑަކުދިންނާ ބެހޭ މީހުންނަށް އެފަދަ ކުށްތައް ކުރަން ނުކުރޭ ވަރުގެ މެސެޖެއް މިހާރު ދޭން ޖެހޭ ކަމަށް ޝަމީމް ވިދާޅުވިއެވެ.

ޝަމީމް ވިދާޅުވީ ކުރިއަށް އޮތް ތަނުގައި ޖިންސީ ގޯނާ އާއި ޖިންސީ ފުރައްސާރަ ކުރާ މީހުންގެ އިތުރުން ކުޑަކުދިންނާ ބެހޭ މީހުންނަށް ސަލާމަތް ވެގެން ނޫޅެވޭނެ ކަމަށާއި އެފަދަ ކުށްތައް ކުރާ މީހުން ހޯދާ ހިފާ ހައްޔަރުކޮށް ބަންދުކޮށް ޖަލަށް ލާނެކަން މިދިޔަ ދުވަސްތަކުގެ ޔެތޭގައި ކޯޓުތަކުން ނިންމި ނިންމުންތަކުންނާއި ޕީޖީން ކޯޓުތަކަށް ފޮނުވި މައްސަލަތަކުން އެނގޭނެ ކަމަށެވެ.

އެގޮތުން ޝަމީމް ވިދާޅުވި ގޮތުގައި މީގެ ތިން އަހަރެއްހާ ދުވަހުގެ ތަފާސްހިސާބްތަކަށް ބަލާއިރު 2018 ވަނަ އަހަރު ޖިންސީ ގޯނާއާއި ޖިންސީ ފުރައްސާރައިގެެ 90 އަށް ވުރެ ގިނަ މައްސަލަ ވަނީ ކޯޓުތަކަށް ހުށަހެޅިފައެވެ. އަދި މިދިޔަ އަހަރު 89 މައްސަލަ ކޯޓަށް ފޮނުވުނުއިރު މިއަހަރުގެ މިހާތަނަށް 161 މައްސަލަ ކޯޓަށް ފޮނުވިފައިވާކަން ޕީޖީ ޝަމީމް ފާހަގަ ކުރެއްވިއެވެ.

.ޝަމީމް ވިދާޅުވި ގޮތުގައި ބޮޑެތި ކުށްތަކަށް ބައެއް މީހުން އަރައިގަންނަނީ އެފަދަ މައްސަަލަތައް ތަހުގީގު ކުރުމާއި ޕްރޮސެކިއުޓް ކުރުން އަދި ކޯޓްތަކުން ނިންމުމުގައި ވެސް ލަސްތަކެއްވާތީ އެވެ. ނަމަަވެސް މިހާރު އެފަދަަ ބައެއް މައްސަލަތައް އެގޮތަށް ހުއްޓިފައި ނުހުންނާނެ އެވެ.

ޕީޖީ ވިދާޅުވީ ޖިނާއީ ބޮޑެތި ކުށްތައް ކުރުން ހުއްޓުވޭނީ މައްސަލަތައް އަވަހަށް ތަހުގީގު ކުރެވި ގާނޫނުތައް ތަންފީޒް ކުރެވިގެންނެވެ. އެކަމަށްޓަކައި މިހާރު ކުރާ މަސައްކަތްތައް އިތުރަށް ހަލުވި ކުރަން ޖެހޭކަން ޕީޖީ ފާހަގަ ކުރެއްވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: