ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޕްރޮކިއުމެންޓް ޕޮލިސީ ބޯޑުގެ ސައްހަކަމާ މެދު ސުވާލު އުފެދިއްޖެ

ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ ބައްދަލުވުމުގައި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

މާލިއްޔަތު ގަވާއިދު އިސްލާހުކޮށް، ޕްރޮކިއުމަންޓް ޕޮލިސީ ބޯޑު އުފައްދާނެ ގޮތް ހިމެނުމުގެ ކުރިން ގަވާއިދާ ހިލާފަށް އެ ބޯޑު އުފެއްދި މައްސަލައިގެގ ސައްހަހ ކަމާމެދު ސުވާލު އުފެދިއްޖެއެވެ.

ޕްރޮކިއުމަންޓް ޕޮލިސީ ބޯޑް އެކުލަވައިލީ މި އަހަރުގެ ޖެނުއަރީ މަހުގެ 29 ވަނަ ދުވަހު، ފިނޭންސް މިނިސްޓްރީން ރައީސް އޮފީހުގައި އެދިގެންނެވެ. ބޯޑު އެކުލަވައިލެވުނުކަން ރައީސް އޮފީހުން ފިނޭންސް މިނިސްޓްރީ އަށް އަންގާފައިވަނީ މި އަހަގެ ފެބްރުއަރީ މަހުގެ 23 ވަނަ ދުވަހުއެވެ.

ދައުލަތުގެ ޕްރޮކިއުމަންޓް ނިޒާމް ހަރުދަނާކޮށް، އެކަމާއި ގުޅޭ ސިޔާސަތުތައް އެކުލަވާލައި ތަންފީޒު ކުރުމަށްޓަކައި ޕްރޮކިއުމަންޓް ޕޮލިސީ ބޯޑެއް އުފެއްދުމަށް ފިނޭންސް އިން ރައީސް އޮފީހުގައި އެދިގެން، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެ ބޯޑަށް މެމްބަރުން އައްޔަން ކުރެއްވި އިރު، އެއީ މާލިއްޔަތު ގަވާއިދާ ހިލާފަށް ހިނގާފައިވާ ކަމެކެވެވ.

އެގޮތުންއެ ބޯޑު އުފެއްދި އިރު މާލިއްޔަތު ގަވާއިދުގެ 10.06 ގައި ބުނަނީ ޕްރޮކިއުމަންޓާއި ގުޅޭ ކަންކަން ރާވައި ހިންގައި އަދި އެ ގަވާއިދާ ބެހޭގޮތުން ނެރެންޖެހޭ އެންމެހައި ސާކިއުލާތަކާއި ދެންނެވުންތައް ނެރޭނީ މިނިސްޓަރު ނުވަތަ އެކަން ލިޔުމުން ހަވާލުކުރުމުން ފައިނޭންޝަލް ކޮންޓްރޯލަރު ކަމަށެވެ

އެ ކަމާއި ގުޅިގެން ބައެއް ފަރާތްތަކުން ކަންބޮޑުވުން ފާޅުކުރުމާއި އެކު، އެ ބޯޑު އުފެއްދިތާ ފަސް މަހަށް ވުރެ ގިނަ ދުވަސް ވީފަހުން، ޖުލައި ހަތަރު ވަނަ ދުވަހު ފިނޭންސް އިން ވަނީ މާލިއްޔަތު ގަވާއިދު ބަދަލުކޮށްފައެވެ.

އެގޮތުން މިހާރު މާލިއްޔަތު ގަވާއިދުގެ 10.06 ގައި ބުނަނީ ޕްރޮކިއުމަންޓް ނިޒާމް ހަރުދަނާ ކުރުމާއި، އެ ގަވާއިދުގެ ދަށުން ޕްރޮކިއުމަންޓާ ބެހޭގޮތުން ނެރެންޖެހޭ އުސޫލުތައް އެކުލަވާލާނީ ޕްރޮކިއުމަންޓް ޕޮލިސީ ބޯޑުން ކަމަށެވެ.

އެ ބޯޑުގެ ނިންމުންތައް ތަންފީޒު ކުރާނީ މިނިސްޓަރު އަންގާ ގޮތެއްގެ މަތިން، ދައުލަތުގެ މާލީ ވުޒާރާގައި ހަމަޖެހިފައިވާ އިދާރީ އޮނިގަނޑުގެ ތެރެއިން ކަމަށް ވެސް އެ މާއްދާ އަށް ގެނައި ބަދަލުގައި ބުނެފައިވާއިރު, ފަހުން ގެނައި ބަދަލާއި އެކު އެ މާއްދާ އަށް އަކުރެއް އިތުރު ކޮށްފައިވެއެވެ.

އެގޮތުން 10.06ގެ (ހ) ގައި ބުނާ ގޮތުން ދައުލަތުގެ ޕްރޮކިއުމަންޓް ޕޮލިސީ ބޯޑު އެކުލެވެނީ ޗެއާޕާސަނާއި އެކު ހަތް މެމްބަރުންގެ މައްޗަށެވެ. އަދި އެ ބޯޑަށް މެމްބަރުން އައްޔަން ކުރާނީ މިނިސްޓަރުގެ ލަފަޔާއި އެކު ރައީސުލްޖުމްހޫރިއްޔާ ކަމަށް ވެސް ބުނެފައިވެއެވެ.

ބައެއް ފަރާތްތަކުގެ ކަންބޮޑުވުންތަކާއި އެކު ގަވާއިދު ބަދަލު ކުރި ނަމަވެސް، މިއަދާއި ހަމައަށް އަދިވެސް އޮތީ އެ ބަދަލުގެ ކުރިން ގަވާއިދާ ހިލާފަށް އުފެއްދި ޕްރޮކިއުމަންޓް ޕޮލިސީ ބޯޑެވެ.

އެހެންކަމަށް ވާނަމަ އެ ބޯޑުގެ ނިންމުންތައް ސައްހަ ވާނެތޯއާއި, އަދި އެ ނިންމުންތައް ތަންފީޒު ކުރުމުގެ ބާރު އެއްވެސް ފަރާތަކަށް ލިބިދޭތޯ ވަނީ ސުވާލު އުފެދިފައެވެ.

ގަވާއިދާ ހިލާފަށް ކުރާ ކަންކަމަކީ ނުވަތަ އެކުލަވާލާ ބޯޑުތަކަކީ އުފެދުމުގައި ވެސް ބާތިލް ނިންމުންތަކެއް ކަމަށް ގާނޫނީ ވަކީލުން ވިދާޅުވެއެވެ.

އަދި ގަވާއިދާ ހިލާފަށް ކަމެއް ކުރުމަށް ފަހު، ގަވާއިދަށް ބަދަލު ގެނައި ނަމަވެސް، ކުރިން ހިނގާފައިވަނީ ގަވާއިދާ އެއްގޮތް ކަމެއްގެ ގޮތުގައި ނުބެލޭނެ ކަމަށް ގާނޫނީ މާހިރުން އިއްތިފާގުވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: