ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މެއި ޖޫން އޯލެވެލް އިމްތިހާނަށް ކުރިމަތިލުމަށް ހުޅުވާލައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

އަންނަ އަހަރުގެ މެއި/ޖޫން ގެ ކެމްބްރިޖް އޯލެވެލް އިމްތިހާނުގެ އެޕްލިކޭޝަން ދޫކުރުން ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒެމިނޭޝަން ފަށައިފިއެވެ.

ޕަބްލިކް އެގްޒެމިނޭޝަނުން ބުނީ، 2021 ވަނަ އަހަރުގެ މެއި/ޖޫން ގައި ބޭއްވުމަށް ހަމަޖެހިފައިވާ ކެމްބްރިޖް އޯލެވެލް އިމްތިހާނުގެ އެޕްލިކޭޝަން ދޫކުރުމާއި ފައިސާބަލައިގަތުން މިއަދުން ފެށިގެން ނޮވެންބަރު 23 ވަނަ ދުވަހުގެ ނިޔަލަށް މިޑިޕާޓްމަންޓުން ކުރިއަށް ގެންދާނެ ކަމަށެވެ.

ފޯމު ދޫކުރުމާއި، ފޯމު ޗެކުކުރުމާއި، ފައިސާ ބަލައިގަތުމަށް ހަމަޖެހިފައިވަނީ ސަރުކާރު ބަންދުނޫން ކޮންމެ ދުވަހެއްގެ 0830 ން 1330 އަށް، މި ޑިޕާޓްމަންޓުގެ ކައުންޓަރުން ކަމަށް އެއިއުލާނުގައި ވެއެވެ.

އެޕްލިކޭޝަން ފޯމާއި ފީޝީޓު އެޑިޕާޓްމަންޓުންނާއި މއެ ޑިޕާޓްމަންޓުގެ ވެބްސައިޓުwww.dpe.edu.mv އިން ވެސް ލިބެން ހުންނާނެ ކަމަށް އެ އިއުލާނުގައި ވެއެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: