މާދަމާ ފާހަގަކުރާ ރާއްޖޭގެ ޖުމްހޫރީ ދުވަހާއި އެ ދުވަހާ ޖެހިގެން އަންނަ ބުރާސްފަތި ދުވަސް ވެސް ސަރުކާރު ބަންދުވާނެ ކަމަށް ރައީސް އޮފީހުން ބުނެފި އެވެ.
ސަރުކާރުގެ ރަސްމީ ބަންދު ދުވަސްތަކުގެ ގޮތުގައި ކަލަންޑަރުގައި މި އަހަރުގެ ޖުމްހޫރީ ދުވަސް، ނޮވެމްބަރު 11 އަކީ ސަރުކާރުގެ ރަސްމީ ބަންދު ދުވަހެއްގެ ގޮތުގައި ވަނީ ކަނޑައަޅާފައެވެ. އަދި ޑިސެމްބަރު މަހު އިއުލާން ކުރި ދުވަސްތަކުގެ ތެރޭގައި ނޮވެމްބަރު 12 ވަނަ ދުވަސް ވެސް ހިމަނާފައިވެ އެވެ.
އެހެންކަމުން ދެން ސަރުކާރު ހުޅުވޭނީ އަންނަ އާދީއްތަ ދުވަހުއެވެ.
ކޮވިޑް-19 ފެތުރެމުން އަންނާތީ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި މިއަހަރު ހާއްސަ ޖަލްސާއެއް ނުބާއްވާނެއެވެ.

