ކޮވިޑް-19 ޖެހިގެން ރާއްޖެއިން އިތުރު މީހަކު މިއަދު މަރުވެ, މަރުވި މީހުންގެ ޖުމްލަ އަދަދު 41 އަށް އަރައިފިއެވެ.
އެޗްޕީއޭއިން ބުނީ މިއަދު ނިޔާވެފައިވަނީ އުމުރުން 45 އަހަރުގެ ދިވެހި އަންހެނެކެވެ.
އެއީ ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ފަރުވާ ދެމުންދިޔަ މީހެއްކެވެ.
ރާއްޖެއިން މިހާތަނަށް 12،000 އަށް ވުރެ ގިނަ މީހުން ކޮވިޑަށް ޕޮޒިޓިވް ވެފައިވެއެވެ.

