ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޓެކްސް އެޕީލް ޓްރައިބިއުނަލަށް ހުށަހެޅި 9 ނަމަށް ހިޔާލުހޯދަނީ

ރައްޔިތުންގެ މަޖިލިސް ހުޅުވުމުގެ ޖަލްސާ:_ ފޮޓޯ: މަޖލިސް އިދާރާ
ޝެއާރކޮށްލާ ކަހަލަދޯ؟

ޓެކްސް އެޕީލް ޓްރައިބިއުނަލަށް މެންބަރުން އައްޔަނުކުރުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ފޮނުއްވި 9 ފަރާތްތަކާ ގުޅޭގޮތުން އާންމުންގެ ހިޔާލު ހުށައެޅުމަށް ހުޅުވާލައިފިއެވެ.

ޓެކްސް އެޕީލް ޓްރައިބިއުނަލަށް ކުރިމަތިލީ ނުވަ މީހުންގެ ނަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މަޖިލިހަށް ފޮނުއްވީ މިއަދުއެވެ.

ރައީސް ފޮނުއްވި ނަންތައް:

ހަސަން ޒުހައިރު މުހައްމަދު، ގ. މާވާރުލު
ނަސްރުﷲ ޖަމީލް، ނަލަމަލަ/ ލ. މާވަށް
މުހައްމަދު މުނައްވަރު އަލީ، ވެސްޓްބީޗް/ އއ. މަތިވެރި ފާތިމަތު މިންހަތު އިއްޒަތު/ ގ. ގޮފި
އައިމިނަތު ފަރީޝާ، ވައިލެޓް ފެހި/ ގދ. ހޯނޑެއްދޫ
އިސްމާއިލް ސާޖިދު، މއ. ވިލާރޮދި
ހުސައިން ޒައިދާން ޖަލީލް، މ. ފާމުދޭރިގެ
އަހްމަދު ސަލާހު، އިރުވާކޮޅުގެ/ ތ.އޮމަދޫ
އަހްމަދު އަޝްރަފް/ ދަފްތަރު ރސ 4883

ރައީސް ސޯލިހް މަޖިލީހަށް ފޮނުއްވި ސިޓީގައި ވިދާޅުވެފައި ވަނީ، މެމްބަރުކަމަށް ހުޅުވާލުމުން ކުރިމަތިލީ ނުވަ މީހުން ކަމަށެވެ.

އެ ފަރާތްތަކާ ގުޅޭގޮތުން އާންމުންގެ ޝަކުވާއެއް ވާނަމަ، 15 ނޮވެންބަރު ވާ އާދީއްތަ ދުވަހުގެ 12:00ގެ ކުރިން ޝަކުވާ ހުށަހަޅާ ފަރާތުގެ ފުރިހަމަ ނަމާއި، ދާއިމީ އެޑްރެސް އަދި ގުޅޭނެ ފޯނު ނަންބަރު އެނގޭ ގޮތަށް ކޮމިޓީގެ އީ-މެއިލް އެޑްރެސް mv.gov.majlis@committeeއަށް ނުވަތަ ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް ލިޔުމުން ފޮނުވުމަށް މިހާރު ވަނީ ހުޅުވާލައިފައެވެ.

ޓެކްސް އެޕީލް ޓްރައިބިއުނަލް އެކުލެވިގެން ވަނީ ފަސް މެމްބަރުންގެ މައްޗަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: