ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބަހްރެއިންގެ ބޮޑުވަޒީރު އަވަހާރަވެއްޖެ

ޝެއާރކޮށްލާ ކަހަލަދޯ؟

ބަހްރޭން ގެ ބޮޑުވަޒީރު ޝައިޚް ޚަލީފާ ބިން ސަލްމާން އަލް ޚަލީފާ ޢުމުރުފުޅުން 84 އަހަރުގައި މިއަދު އަވަހާރަވެއްޖެއެވެ.

ޝައިހް ހަލީފާ ބިން ސަލްމާން އަވަހާރަވީ އެމެރިކާގެ މަޔޯ ކްލިނިކް ހޮސްޕިޓަލުގައި ފަރުވާދެމުންދަނިކޮށް މިއަދު ހެނދުނުގެ ވަގުތެއްގައެވެ.

މިކަމުގެ ހިތާމައިގާ ހަފްތާއަކަށް އެގައުމުގެ ގައުމީ ދިދަ ބައިދަނޑިއަށް ތިރިކުރުމަށް އެގައުމުގެ ރަސްގެފާނު ވަނީ އަންގަވާފައެވެ. އަދި މާދަމާ އިން ފެށިގެން ސަރުކާރުގެ އޮފީސްތައް ވެސް ތިން ދުވަހަށް ބަންދުކުރުމަށް ވެސް ވަނީ އަމުރު ކުރައްވާފައެވެ.

ބޮޑުވަޒީރު ކަމުގެ މަގާމު އެންމެ ދިގު މުއްދަތަކަށް ފުރުއްވަމުން ގެންދެވި ދުނިޔޭގެ ހަމައެކަނި ލީޑަރު، ބަހްރެއިންގެ ބޮޑުވަޒީރުކަމާ ޝައިޚް ޚަލީފާ ބިން ސަލްމާން ހަވާލުވެވަޑައިގެންނެވީ 1970 ވަނަ އަހަރުއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 100%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: