ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މީރާގެ އާމްދަނީ 57 އިންސައްތަ ދަށަށް!

މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ). ފޮޓޯ: އެޑިޝަންއެމްވީ
ޝެއާރކޮށްލާ ކަހަލަދޯ؟

މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ)އަށް ލިބުނު އާމްދަނީ 57 އިންސައްތަ ދަށަށް ހިނގައްޖެއެވެ.

މީރާއިން އާންމުކުރި ތަފާސްހިސާބުތައް ދައްކާ ގޮތުން އޮކްޓޫބަރު މަހު މީރާއަށް ޖަމާކޮށްފައި ވަނީ 390.57 މިލިއަން ރުފިޔާއެވެ. މީގެ ތެރޭގައި އާމްދަނީގެ ގޮތުގައި ޖަމާކުރި 4.68 މިލިއަން ޑޮލަރު ހިމެނެ އެވެ.

މީރާއިން ބުނިގޮތުގައި، 2019 ވަނަ އަހަރުގެ އޮކްޓޯބަރު މަހު ލިބުނު މީރާއަށް އާމްދަނީއާއި އަޅާބަލާއިރު މިިއަހަރުގެ އޮކްޓޫބަރު މަހު ލިބުނު އާމްދަނީ ވަނީ ވަރަށް ބޮޑަށް ދަށްވެފައެވެ. މީގެ މައިގަނޑު ސަބަބަކީ ކޮވިޑް-19 އާ ގުޅިގެން ފަތުރުވެރިން ރާއްޖެ ޒިޔާރަތް ކުރަމުންދާ މިންވަރު ދަށްވަމުން ދިޔުމެވެ. އަދި މިކަމުގެ ސަބަބުން ފަތުރުވެރިކަމުގެ ދާއިރާގެ އިގްތިސާދީ ހަރަކާތްތައް މަދުވެ، ޓެކުހުގެ ގޮތުގައި ލިބިފައިވާ އާމްދަނީ ދަށްވެފައިވާކަން މީރާއިން ފާހަގަކުރެއެވެ. އެގޮތުން، ޖީއެސްޓީ އަދި ގްރީން ޓެކްސް ފަދަ ޓެކުހުން ލިބިފައިވާ އާމްދަނީ ދަށްވެފައިވާ ކަމަށް އެ އޮތޯރިޓީން ބުންޏެވެ.

މީރާގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މިދިޔަ މަހު ޖަމާކުރި އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޖީއެސްޓީ އެވެ. އެއީ 63.3 ޕަސެންޓް ނުވަތަ 247.42 މިލިއަން ރުފިޔާ އެވެ. ދެވަނައަށް އެންމެ ބޮޑު އާމްދަނީއެއް ލިބުނީ އިންކަމް ޓެކުހުންނެވެ. އެއީ 13.4 ޕަސެންޓް ނުވަތަ 52.39 މިލިއަން ރުފިޔާ އެވެ. މީގެ އިތުރުން، ބީޕީޓީގެ ގޮތުގައި 20.32 މިލިއަން ރުފިޔާ (5.2ޕަސެންޓް)، ރެސިޑެންޓް ޕާމިޓްގެ ގޮތުގައި 18.54 މިލިއަން ރުފިޔާ (4.7ޕަސެންޓް)، ވެހިކަލް ފީގެ ގޮތުގައި 9.34 މިލިއަން ރުފިޔާ (2.4ޕަސެންޓް)، އަދި އެހެނިހެން ޓެކުހާއި ފީގެ ގޮތުގައި ލިބިފައިވާ 42.56 މިލިއަން ރުފިޔާ (10.9ޕަސެންޓް) ހިމެނެ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: