ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މުލި އަދި ބިލެތްފަހިގައި އެއާޕޯޓު އަޅަން ނިންމެވީ ރައީސް ޔާމީން: މުއިއްޒު

ކުރީގެ ހައުސިން މިނިސްޓަރ ޑރ މުހައްމަދު މުއިއްޒު: ފައިލް ފޮޓޯ
ޝެއާރކޮށްލާ ކަހަލަދޯ؟

މ. މުލި އަދި ށ. ބިލެތްފަހީގައި އެއާޕޯޓު އަޅަން ނިންމެވީ ކުރީގެ ރައީސް އަބްދުﷲ ޔާމީން ކަމަށް ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މުއިއްޒު މިހެން ވިދާޅުވީ އަންނަ އަހަރު ބިލެތްފަހި އަދި މުލީގައި އެއާޕޯޓު އަޅާނެ ކަމަށް ޓްރާސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ ވިދާޅުވުމާ ގުޅިގެންނެވެ.

އެކަމާ ގުޅިގެން މުއިއްޒު މިރޭ ވިދާޅުވީ މުލި އާއި ބިލެތްފަހި އެއާޕޯޓު އެޅުމަކީ ރައީސް ޔާމީން ކުރިއަށް ގެންދަން ނިންމަވައި، އެމަނިކުފާނު އިއުލާން ކުރައްވާފައިވާ އެއާޕޯޓުތަކެއް ކަމަށެވެ. އެގޮތުން މުލީގައި އެއާޕޯޓު އެޅުމަށް މުލީ ބިން ހިއްކުމުގެ މަޝްރޫއު ފަށްޓަވައި ނިންމެވި ކަމަށް މުއިއްޒު ވިދާޅުވިއެވެ.

”ބިލެތްފަހި ބިން ހިއްކުމާއި އެއާޕޯޓު އަދި ޓޫރިޒަމް ހިމެނޭ ގޮތަށް މެގަ ޕްރޮޖެކްޓުގެ މާސްޓަރ ޕްލޭން ހެއްދެވި.“ މުއިއްޒު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރަށް ދެ އަހަރު ފުރުމާއި ދިމާކޮށް ސަރުކާރުގެ މީޑިއާއިން ގެނެސްދިން ޕްރަގްރާމެއްގައި ވާހަކަ ދައްކަވަމުން މިނިސްޓަރު އައިޝަތު ނަހުލާ ވިދާޅުވީ ކުރިއަށް އޮތް އަހަރު ށ. ބިލެތްފަހި އަދި މ. މުލީގައި އެއާޕޯޓް އެޅިގެންދާނެ ކަމަށެވެ. އަދި ބ. ތުޅާދޫގައި އެއާޕޯޓެއް އެޅުމުގެ ޕްލޭން ކުރެވިފައިވާ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ މ. މުލީގައި ހަދާ އެއާޕޯޓާއެކު ރާއްޖޭގެ ކޮންމެ ހިސާބަކުންވެސް ތިރީސް މިނެޓުން ހުރިހާ ރަށަކަށް ދަތުރުކުރެވޭނެ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 50%ވަރަށް ދެރަ 50%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

One Response

  1. އެއްމެފުރަތަމަ އެއާޕޯޓު އެޅީ ސުވާދީސަރުކާރުން ގަންއެއާޕޯޓުދު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: