ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދިވެހިންގެ ލޯތްބާއެކު އަޝްފާގު ސެމީއަށް!

ޝެއާރކޮށްލާ ކަހަލަދޯ؟

އޭއެފްސީ ކަޕުގެ ގޯލުތަކުގެ ތެރެއިން އެންމެ މޮޅު ގޯލު ހޮވުމަށް ބާއްވާ ޗެލެންޖުގެ ކުއާޓާ ފައިނަލުގައި ރާއްޖޭގެ އަލީ އަޝްފާގު (ދަގަނޑޭ) ވިއެޓްނާމުގެ އެންގުޔެން ވެން ކުއެޓްގެ ކުރިމަތިލުން އަޝްފާގު ކާމިޔާބުކޮށްފި އެވެ.

މިއަދު 13:00 އަށް މި ޕޯލްގެ ވަގުތު ހަމަވިއިރު ދަގަނޑޭ ކުރި ހޯދާފައި ވަނީ 51.45 ޕަސެންޓު ވޯޓާއެކުއެވެ. އެންގުއެން ވެން ކުއެޓް އަށް ލިބުނީ ވޯޓުގެ 48.55 ޕަސެންޓެވެ.

އަޝްފާގް ކުއާޓާފައިނަލަށް ދަތުރުކުރީ ރައުންޑް އޮފް 16 ގައި ބަންގްލަދޭޝްގެ އަބަހާނީ ލިމިޓެޑް ޑާކާގެ ސޮހޭލް ރާނާގެ މައްޗަށް ކުރިހޯދައިގެންނެވެ.

ވޯޓުލުން ހުޅުވާލިތާ ދެ ގަޑިއިރު ތެރޭ އެންގުއެން ވެން ކުއެޓް ވަނީ ބޮޑު ލީޑެއް ނަގައިފަ އެވެ. އެހެން ނަމަވެސް އަޝްފާގު އަލުން އަނބުރާ އެއް ދުވަސްތެރޭ ލީޑު ނެގި އިރު، ޕޯލްގެ ފަހު ވަގުތުކޮޅަށް ދިޔައިރު ދެ ކުޅުންތެރިންގެ ދެމެދުގައި އޮތީ އެންމެ ޕަސެންޓެއްގެ ތަފާތެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 50%ވަރަށް ގަޔާވޭ 50%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: