ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޒުވާނުން އިސްނަގައިގެން “ވެޓެރިނަރީ ސާވިސް” ގާއިމް ކުރުމުުގެ ފުރުސަތު އެބައޮތް، އެހީ ވާނަން: ޒަހާ

ވިލިމާލޭގައި ގާއިމްކޮށްފައިވާ ވެޓް ކްލިނިކްގެ ޚިދުމަތް/ ފޮޓޯ: ވިލިމާލެ ކައުންސިލް
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގައި ޕްރައިވެޓް ސެކްޓާއަށް ނުވަތަ ޒުވާނުންތައް އިސްނަގައިގެން ޖަނަވާރުންނަށް ހިދުމަތް ދޭ “ވެޓެރިނަރީ ސާވިސް” ގާއިމް ކުރުމުުގެ ފުރުސަތު އެބައޮތްކަމަށް ފިޝަރީޒް މިނިސްޓަރު ޒަހާ ވަހީދު ވިދާޅުވެއްޖެއެވެ.

ޕެޓްގެ ގޮތުގައި އެކި ވައްތަރުގެ ޖަނަވާރު އޮޅުކޮށްގެން ގެންގުޅުމަކީ ދިވެހި ޒުވާނުންގެ ތެރޭގައިވެސް ވަރަށް ޢާއްމުކަމަކަށް ވެފައިވާއިރު، މި ޖަނަވާރުތަކަށް ފަރުވާދިނުމަށް ފިޝަރީޒް މިނިސްޓްރީން ވަނީ ވިލިމާލޭގައި ވެޓެރިނަރީ ސަރވިސަސްގެ ނަމުގައި ޖަނަވާރުންނަށް ފަރުވާދޭ ކްލިނިކެއް ވަނީ ހުޅުވާފައެވެ. އެހެން ނަމަވެސް ކްލިނިކްގައި މަސައްކަތްކުރާނެ ޤާބިލު ނަރުހުންނާއި ޑޮކްޓަރުން ނެތުމަކީ މިހާރު މިކްލިނިކަށް ކުރިމަތިވެފައިވާ އެންމެ ބޮޑު ގޮންޖެހުމެވެ. އަދި ސޯޝަލް މީޑިއާއިން ވެސް އެ ކަންބޮޑުވުންތައް ފެނެއެވެ.

“ސަންގު ޓީވީ” އިން ސަރުކާރަށް ދެ އަހަރު ފުރުމާއި ގުޅިގެން ކުރިޔަށް ގެންދިޔަ ހާއްސަ ކަވަރޭޖުގައި މިކަމާއި ގުޅޭގޮތުން ސުވާލު ކުރުމުން ޒަހާ ވިދާޅުވީ ރާއްޖެއިން ބައިވެރިވެފައިވާ މުއާހަދާތަކުގެ ސަބަބުން، ރާއްޖޭގައި ވެޓަރަނަރީ ހިދުމަތްތައް ދޭން ޖެހޭ ކަމަށެވެ. އެހެން ނަމަވެސް ރާއްޖޭގައި އެ ހިދުމަތް ދޭން އަދި ތަމްރީނު ދެވިފައި ނެތް ކަމަށް ޒަހާ ވިދާޅުވިއެވެ. ޒަހާ ވިދާޅުވީ ރާއްޖޭގައި ދާއިރާއިން ތައުލީމް ހާސިލުކޮށްފައިވާ ފަރާތެއް ނެތް ނަމަވެސް، ދެ ޒުވާނަކު މި ވަގުތު ގައުމުން ބޭރުގައި ތައުލީމް ފުރިހަމަ ކުރަމުންދާ ކަމަށެވެ.

ބުޅާތަކާއި، އަދި އޮޅުކޮށްގެން ގެންގުޅޭ އެ ނޫންވެސް ޖަނަވާރުތަކަށް ބޭނުންވާ އެހީތެރިކަން ދޭން ގޭގެއަށް ޒިޔާރަތް ކުރުމުގައި ވިލިމާލެ ސެންޓަރުގައި ހިދުމަތް ފޯރުކޮށްދޭން ނިންމި ނަމަވެސް، އެއީ ސީދާ ފިޝަރީޒް މިނިސްޓްރީގެ މެންޑޭޓެއް ނޫން ކަމަށް ޒަހާ ވިދާޅުވިއެވެ.

ޒަހާ ވިދާޅުވީ މިނިސްޓްރީގައި ވެޓެއް ހުރުމާއި އެކު، ޒުވާނުނަށް ބޭނުންވާ އެހީތެރިކަމާއި އެންމެގެ ކަންބޮޑުވުންތައް ހައްލު ކުރުމަށް ބޭނުންވީ ކަމަށެވެ. އެހެންކަމުން، މި ހިދުމަތް އެންމެ ރަނގަޅު ގޮތުގައި ފޯރުކޮށްދޭން ޒުވާނުން އިސްނަގައިފިނަމަ އެކަމަށް މިނިސްޓްރީގެ އެއްބާރުލުން ލިބޭނެ ކަމަށް ޒަހާ ވިދާޅުވިއެވެ.

“އަޅުގަނޑުމެން ދެންނެވިން ކުރިން ވެސް ވެޓެއް ހުރުމާއި އެކު، އެ ކުދިންނަށް އެ ހިދުމަތް ދެނީކަމަށް. އަނެއްގޮތަށް ދަންނަވަނީ ނަމަ ޒުވާނުންކޮޅެއް ނިކުމެ ވެޓް ކްލިނިކްއެއް ހިންގިދާނެ. ނޫނީ ސިޓީ ކައުންސިލުން ވެސް ހިންގެވިދާނެ… އަޅުގަނޑުމެންނަށް ކުރަން ލާޒިމް ކަމެއް ނޫނޭ، އެކަމަކު އަޅުގަނޑުމެންގެ ވެޓެއް ހުންނާތީ އައި އެކީގަ، ހިދުމަތް ބޭނުންވާ ފަރާތްތަކަށް އެކަން ފޯރުކޮށްދެނީ.” ޒަހާ

ވިލިގިލީގެ ސެންޓަރުގައި ހުރީ މިނިސްޓްރީގެ ވެޓްއެއް ކަމުން، ކޮވިޑުގެ ހާލަތާއި އެކު ސެންޓަރުގެ ހިދުމަތްތައް ވެސް މެދުކަނޑާލެވުނުކަން ޒަހާ ފާހަގަ ކުރެއްވިއެވެ. އެހެން ނަމަވެސް ކުއްލި ހާލަތްތަކުގައި ގުޅުއްވާ ފަރާތްތަކަށް އެ ހިދުމަތް ދިން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި މިހާރުވެސް މިނިސްޓްރީގެ ވެޓް ކްލިނިކް އިން ހިދުމަތް ދޭނެ ކަމަށް ޒަހާ ވިދާޅުވިއެވެ.

“ވެޓްރިނަރީ ހިދުމަތަކީ އަސްލު އަޅުގަނޑުމެންގެ މީހެއް ހުރުމާއި އެކު ސަރުކާރުން ދޭ ހިދުމަތެއް. ވަރަށް މަރުހަބާ ކިޔާނަން އަމިއްލަ ފަރާތަކުން ވެޓް ކްލިނިކްއެއް ހުޅުވައިގެން މިކަން ކުރައްވަން.” ޒަހާ

މީގެ އިތުރުން ޒަހާ ވިދާޅުވީ ރާއްޖޭގައި ވެޓެއް ހުންނަނީ، އެއާޕޯޓުތަކުގައި ޖަނަވާރުންނާއި ގުޅޭ ކަރަންޓީން ފެސިލިޓީތައް ހުރުމާއި އެކު ރާއްޖެއިން ބައިވެރިވެފައިވާ މުއާހަދާއެއްގެ ސަބަބުން ކަމަށެވެ.

މީގެ ކުރިން ވެސް ފިޝަރީޒް މިނިސްޓްރީތަކުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުން ތަކުގައި ވެޓެރިނަރީ ހިދުމަތާއި ގުޅޭގޮތުން ވާހަކަ ދައްކާފައިވެއެވެ. ޑިމާންޑާއި އެއްވަރަށް ހިދުމަތް ނުދެވުމަކީ، މިނިސްޓްރީގެ ވެސް ކަންބޮޑުވުމެކެވެ. އަދި މި ސާވިސްއަށް އޮތް އެއް ހައްލަކީ ޕްރައިވެޓް ސެކްޓާއިން މި މަސައްކަތް ފެށުން ކަމަށް މިނިސްޓްރީއިން ފާހަގަ ކުރެއެވެ.

މިދިޔަ އަހަރުގެ ޖެނުއަރީ މަހު ހުޅުވި ވެޓް ކްލިނިކްއިން ބުޅަލުގެ އިތުރުން، ރާއްޖޭގައި ގެންގުޅޭ ގުރާ އަދި އެކި ވައްތަރުގެ ދޫނިތަކަށް ހިދުމަތް ދެއެވެ. އެހެން ނަމަވެސް، އެތަނުން އެޕޮއިންޓްމެންޓު ހޯދުމަށް ދަތިވުން ފަދަ، ކަންކަން ވަރަށް ގިނައިން ދިމާވައެވެ.

ވިލިމާލޭގައި ހުންނަ ވެޓް ކުލިނިކުން ދިރޭތަކެއްޗަށް އާއްމު ބަލިތަކަށް ފަރުވާދީ ކުދިކުދި ސާޖަރީތައް ހަދައި ވެކްސިން ދެއެވެ. އަދި ހުރިހާ ވައްތަރެއްގެ ޖަނަވާރުގެ އިތުރަށް، ޕެޓްގެ ގޮތުގައި ގެންގުޅޭ މަހަށްވެސް އެ ކްލިނިކުން ފަރުވާދެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: