ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޯލިޝަން ސަރުކާރު ދެމެހެއްޓުމުގައި ދެމި އޮންނާނަން: އެމްއާރުއެމް

ލޯކަލް ކައުންސިލް އިންތިހާބުގައި އެމްއާރުއެމްގެ ޓިކެޓުގައި ވާދަކުރުމުގެ ފުރުސަތު
ޝެއާރކޮށްލާ ކަހަލަދޯ؟

ސަރުކާރަށް ތާޢީދުކޮށް ކޯލިޝަން ސަރުކާރު ދެމެހެއްޓުމުގައި ދެމިއޮންނާނެކަމަށް މޯލްޑިވްސް ރިފޯމް މޫވްމަންޓް(އެމްއާރުއެމް) އިން ބުނެފިއެވެ.

އެމްއާރުއެމްގެ ފުރަތަމަ އަހަރީ ދުވަހުގެ މުނާސަބަތުގައި ނެރުނު ބަޔާނުގައި ވަނީ އެޕާޓީ އުފެދިގެން އައީ ޤައުމީ މުހިއްމު އިޞްލާޙީ ހަރަކާތްތަކެއްގެ ތެރެއިންކަމަށެވެ. އެ ޕާޓީގެ އެންމެ މުހިއްމު އަޞާސަކީ ދިވެހިރާއްޖެއަކީ މާތްވެގެންވާ އިސްލާމްދީނުގެ އަޤީދާގެ މައްޗަށް ބިނާވެފައިވާ އިސްލާމީ ޤައުމެއްގެ ގޮތުގައި ދެމެހެއްޓުމާއެކު، ދިވެހިރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރިކޮށް، އެކަންކަމަށް ބޭރުގެ އެއްވެސް ނުފޫޒެއް ނުފޯރުވޭގޮތަށް، ދިވެހީންގެ ފުރިހަމަ ބާރުވެރިކަމުގެ ދަށުގައި ރާއްޖެ ދެމެހެއްޓުންކަމަށް ބުނެފައިވެއެވެ.

މީގެ އިތުރުން އެމްއާރުއެމް މަސައްކަތްކުރާނީ ޤައުމަށް މަންފާކުރާ، ޤައުމުގެ ރައްޔިތުންނަށް ހެވާއި ލާބަ ލިބޭނެ ގޮތްތަކާއި ކަންކަމަށް އިސްކަންދީގެންކަމަށާއި، ޤައުމީ މި މަސައްކަތުގައި އެންމެ މުހިއްމު ކަމަކީ ޑިމޮކްރަސީ ގެ ހަމަތަކުގެ މަތިން އިޞްލާޙަށް ކުރެވޭ މަސައްކަތްކަމަށްވެސް އެމްއާރުއެމްގެ ބަޔާނުގައިވެއެވެ. ދައުލަތް ހިންގުމުގެ 3 ބާރު ވަކިކުރެވިފައިވާ ނިޒާމެއްގެ ދަށުން، ޤާނޫނީ ޙުކޫމަތު ދެމެހެއްޓުމާއި، އަދުލު އިންސާފު ކަށަވަރުކުރުމާއި، ވައްކަމާއި ކޮރަޕްޝަން ހުއްޓުވުމާއި، އިންސާނީ ހައްޤުތައް ރައްކާތެރި ކުރުމާއި، މޫސުމަށް އަންނަ ބަދަލުތަކަށް ތައްޔާރުވުމާއި، އަންހެނުންނާއި ކުޑަކުދިންނާއި، ޚާއްސައެހީއަށް ބޭނުންވާ ފަރާތްތަކާއި ދޮށީއުމުރުގެ މީހުންގެ ހައްގުތައް ހިމާޔަތް ކުރުމަށް މަސައްކަތް ކުރުމަކީ އެމް.އާރް.އެމް ގެ އަސާސްތަކެއްކަމަށްވެސް އެޕާޓިން ބުނެއެވެ.

އެމްއާރުއެމްއަކީ މިއަދުގެ ކޯލިޝަން ސަރުކާރުގެ މުހިއްމު ބައިވެރިއެއްކަމަށާއި، ސަރުކާރަށް ތާޢީދުކޮށް ކޯލިޝަން ސަރުކާރު ދެމެހެއްޓުމުގައި ޤައުމީ މަސްލަޙަތު އިސްކޮށް ރައްޔިތުންނަށް ޚިދުމަށްކޮށްދިނުމަށް އެމްއާރުއެމްއިން މި ސަރުކާރާއެކު ދެމި އޮންނާނެކަމުގެ ޔަޤީންކަން ދޭކަމަސްވެސް އެމްއާރުއެމްގެ ބަޔާނުގައިވެއެވެ. ޙަޤީގަތުގައި ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހު އިންތިޚާބު ކުރުމުގައި، އެމް.އާރް.އެމް އިން ވަރަށް މުހިންމު ދައުރެއް އަދާކޮށްފައި ވާނެއެވެ.

އެމްއާރުއެމް އުފެދިގެން އައީ ރައީސް މައުމޫން އާއި ރައީސް ޔާމީންއާއި ދެމެދު ޚިޔާލު ތަފާތުވުންތައް އުފެދުމުން އެޕާޓިން ވަކިވެވަޑައިގެން ރައީސް މައުމޫން އުފެއްދެވި ޕާޓިއެއްގެގޮތުގައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: