ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދިރާގުން ކުޑަކުދިންގެ ހިޔާގެ ކުދިންނަށް ހާއްސަ ހަދިޔާ ތަކެއް

ދިރާގުން ހަދިޔާކުރި ކޮމްޕިއުޓަރ ސިސްޓަމްތަކުގެ ތެރެއިން: ފޮޓޯ ދިރާގު
ޝެއާރކޮށްލާ ކަހަލަދޯ؟

ދިރާގުން ވިލިމާލޭގައި ހުންނަ ކުޑަކުދިންގެ ހިޔާގެ ކޮމްޕިއުޓަރ ލެބަށް ބޭނުންވާ މުހިންމު ވަސީލަތް ތަކެއް ހަދިޔާ ކޮށްފިއެވެ.

މީގެތެރޭގައި ކުޑަ ކުދިންގެ ހިޔާއަށް ބޭނުންވާ  23 ކޮމްޕއުޓަރ ޑެސްކާއި، އިތުރު 5 ކޮމްޕީއުޓަރ ސިސްޓަމް އާއި  އިތުރު ދިރާގު ފައިބަރ 100އެމް އިންޓަނެޓް ކަނެކްޝަންއަކާއި ދިރާގުޓިވީ ކަނެކްޝަން ހަދިޔާކޮށްފައިވެއެވެ. އަދި ކުޑަކުދިންގެ ހިޔާގެ މެނޭޖްމަންޓްގެ އެދުމުގެމަތިން، 2 ލެބަށް ބޭނުންވެފައިވާ  ބައެއް މަރާމާތު ކުރުމުގެ މަސައްކަތްތައް ކުރިއަށްގެންދިއުމަށް ވެސް ވަނީ އެހީތެރިކަން ފޯރުކޮށްދީފައެވެ.

މީގެ ކުރިންވެސް ދިރާގުން ވަނީ 7 ދިރާގު ޓީވީ ކަނެކްޝަން ކުޑަކުދިންގެ ހިޔާގެ އެކި އެކި ފްލޯ ތަކަށް ހަދިޔާކޮށް އަދި އެ ކުދިންގެ އޮންލައިން ކްލާސްތައް ހިންގުމަށް ދިރާގުން އަންނަނީ ފައިބަރ އިންޓަނެޓްގެ ޚިދުމަތް ހިލޭ ފޯރުކޮށްދެމުންނެވެ.

މިކަމާ ގުޅިގެން ކުޑަކުދިންގެ ހިޔާގެ ސީއީއޯ މޫމިނާ އާދަމް ވިދާޅުވި ގޮތުގައި ދިރާގުން ވޭތުވެދިޔަ 12 އަހަރު ކުޑަކުދިންގެ ހިޔާ އަށް ވެދެމުންދާ ދީލަތި އެހީތެރިކަން ނުހަނު އިހުލާސްތެރިކަމާއެކު ފާހަގަކުރާ ކަމަށާއި. އެ ކުދިންގެ ކިޔެވުމަށާއި، މުނިފޫހިފުލުވުމަށް ދިރާގުން ފޯރުކޮށްދީފައިވާ ދިރާގު ޓީވީ އަދި އިންޓަނެޓަކީ ވަރަށް މުހިންމު ދެ ވަސީލަތް ކަމުގައި އެވެ. އަދި މި ކުދިންގެ ދިރިއުޅުމުގައި ހެޔޮ ބަދަލެއް ގެނެސްދިނުމަށް ދިރާގުން ދެއްވަމުން ގެންދަވާ އެހީތެރިކަމަށް ވަރަށް ބޮޑަށް ޝުކުރު ދެންނެވިއެވެ.

ދިރާގުގެ އިޖުތިމާއީ ޒިންމާގެ ދަށުން ކުޑަކުދިންގެ ތައުލީމާއި އަދި ކުރިއެރުމަކީ އެކުންފުނިން ނުހަނު އިސްކަމެއްދޭ ކަމެކެވެ. އަދި މިމޭރުމުން މީގެ ކުރިންވެސް ކުންފުނިންވަނީ ކުޑަކުދިންގެ ހިޔާތަކަށް  އެކި ގޮތްގޮތުން އެހިތެރިކަން ފޯރުކޮށްދެމުންނެވެ.

އެގޮތުން ދިރާގުން އެންމެ ފުރަތަމަ ކޮމްޕިއުޓަ ލެބް ކުޑަކުދިންގެ ހިޔާގައި ގާއިމުކުރުމަށް އެހީތެރިވެފައިވަނީ 2013 ވަނަ އަހަރުއެވެ. ހަމަ އެއަހަރު ދިރާގުން ވަނީ ކުޑަކުދިންގެ ހިޔާގައި ލައިބްރަރީ އެއްވެސް ގާއުމުކޮށްދީފައިއެވެ.  މީގެ އިތުރުން ދިރާގުން ވަނީ ހުޅުމާލޭގައި ހުންނަ ކުޑަކުދިން ބަލަހައްޓާ މަރުކަޒު ”ފިޔަވަތި“ގައި އިންޓަނެޓްގެ ޚިދުމަތ ހިލޭ ފޯރުކޮށްދީ، އޮންލައިން ކްލާސްތައް ހިންގުމުގެ ނިޒާމު 4 ކްލާސްރޫމް ގައި ގާއިމުކޮށްދީފައިއެވެ.

20 ނޮވެމްބަރ ވާ މިއަދަކީ ބައިނަލް އަގުވާމީ ކުޑަކުދިންގެ ދުވަސް ފާހަގަ ކުރާ ދުވަހެވެ. މި ދުވަސް ފާހަނގަކުރުމުގެ އެންމެ މުހިންމު އެއް ޝިޔާރަކީ ކޮންމެ ކުއްޖަކަށްވެސް ތަޢުލީމާއި އުނގެނުމުގެ ފުރުސަތު ތަނަވަސްވެ ބާއްޖަވެރި މުސްތަގްބަލެއް ފަހިވުމެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: