ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޮމެޓީގެ ބަދަލުތަކާއެކު ދަރަނި 12 ބިލިއަނަށް ކުޑަވެ، މުޅި ބަޖެޓަށް އިތުރު 200 މިލިއަން ރުފިޔާ!

ބަޖެޓު ކޮމެޓީގެ ބައްދަލުވުމުގެ ތެރެއިން
ޝެއާރކޮށްލާ ކަހަލަދޯ؟

ކޮމެޓީއިން ގެނައި ބަދަލުތަކާއެކު ބަޖެޓަށް 200 މިލިއަން ރުފިޔާ އިތުރުކޮށް، ބަޖެޓުގެ ޑެފިސިޓް 12.3 ބިލިއަން ރުފިޔާއަށް ކުޑަކުރުމަށް ފާސްކޮށްފިއެވެ.

ބަޖެޓު ކޮމެޓީގެ މަސައްކަތްތައް ހޯމަ ދުވަހުގެރޭ ނިންމާލާފައިވާއިރު، ބަޖެޓު ކޮމިޓީއިންވެސް ވަނީ ގިނަ އިސްލާހުތަކެއް ހުށައަޅާފައެވެ. ބަޖެޓަށް ހުށައެޅި އިސްލާހުތަކާއި ގުޅިގެން ބަޖެޓުވަނީ 34.9 ބިލިއަން ރުފިޔާއަށް އިތުތުވެފައެވެ.

ފިނޭންސް މިނިސްޓްރީއިން މަޖލީހަށް ހުށައަޅާފައިވަނީ 34.7 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. އަދި މަޖިލީހަށްް ހުށައެޅި ބަޖެޓަކީ 15 ބިލިއަން ރުފިޔާއިން ޑެފިސިޓް ބަޖެޓެކެވެ. އެހެންނަމަވެސް، ބަޖެޓު ޑެފިސިޓް މިހާރުމިވަނީ 12.3 ބިލިއަން ރުފިޔާއަށް ކުޑަކުރުމަށް ބަޖެޓު ކޮމެޓީއިން ފާސްކޮށްފައެވެ.

ބަޖެޓު ކޮމެޓީއިން ހުށައެޅި ބައެއް އިސްލާހުތަކަށް ބަލާއިރު ބައެއް މިނނިވަން މުއައްސަސާތަކަށް ދޭ ފައިސާ އިތުރުކުރުމާއި، ދައުލަތަށް އާމްދަނީ ލިބޭނެ ބައެއް ގޮތްތައް އިތުރުކުރުން ހިމެނެއެވެ. އެގޮތުން މަޖިލީހަށް ބަޖެޓު ހުށައެޅިއިރު އާމްދަނީގެ ގޮތުގައި ލިބޭނެކަމަށް ބަޖެޓުކޮށްފައިވާ 17.8 ބިލިއަން ރުފިޔާގެ ބަދަލުގައި ޖުމްލަ އާމްދަނީ 21 ބިލިއަން ރުފިޔާ ލިބޭނެކަމަށް އަންދާޒާކުރުމަށް ކޮމެޓީއިން ވަނީ ފާސްކޮށްފައެވެ.

އަންނަ އަހަރު ދައުލަތަށް ލިބޭނެ އާމްދަނީ އިތުރުކޮށް ބަޖެޓުކުރުމަށް ހުށައެޅުއްވީ ދާންދޫ ދާއިރާގެ މެމްބަރު ޔައުގޫބް އަބްދުﷲއެވެ. އާމްދަނީ ލިބޭނެ ގޮތްތަކުގެ ތެރެއަށް ދިގު މުއްދަތަކަަށް ފަތުރުވެރިކަމުގެ ބިންތައް ވިއްކައިގެން ލިބޭ އާމްދަނީއެއްގެ ގޮތުގައި 300 މިލިއަން ރުފިޔާގެ ބަދަލުގައި އެއް ބިލިއަން ރުފިޔާ ލިބޭނެކަމަށް ލަފާކޮށްފައިވުމާއި ޓީޖީއެސްޓީގެ ގޮތުގައި 598 މިލިއަން، ގްރީން ޓެކުހުގެ ގޮތުގައި 253 މިލިއަން، އެއާޕޯޓު ސާވިސް ޗާޖުގެ ގޮތުގައި 218 މިލިއަން، އޭޑީސީގެ ގޮތުގައި 2198 މިލިއަން، ބިން ވިއްކުމާއި ބިން ބަދަލުކުރުމުގެ ފީގެ ގޮތުގައި 700 މިލިއަން އަދި ހަރުމުދަލުގެ ގޮތުގައި 1.3 ބިލިއަން ރުފިޔާ ލިބޭނެކަމަށް ވަނީ އަންދާޒާކޮށްފައެވެ.

މިނިވަން މުއައްސަސާތަކަށް ބަޖެޓު އިތުރުކޮށްދީފައިވާއިރު، އަންނަ އަހަރުގެ މާޗް މަހު ބޭއްވުމަށް ތައްޔާރުވަމުންދާ ލޯކަލް ކައުންސިލް އިންތިޚާބު ބޭއްވުމަށްވެސް އިތުރު 2 މިލިއަން ރުފިޔާ ބަޖެޓުކުރުމަށް ކޮމެޓީއިން ވަނީ ފާސްކޮށްފައެވެ.

މަޖިލީހުގެ ތަޅުމުގައި ބަޖެޓަށް ބަހުސްކުރެއްވި ވަގުތު، މިހާލަތުގައި ބައެއް ޕީއެސްއައިޕީ މަޝްރޫއުތައް ހިންގުމަކީ ބޭކާރު ކަމެއް ގޮތުގައި ބައެއް މެމްބަރުން ފާހަގަކުރިނަމަވެސް، ކޮމެޓީއިން ބަޖެޓު ފާސްވެގެން އައިއިރު، އިތުރަށް ބައެއް މަޝްރޫއުތައް ހިންގުމަށް ވަނީ ފާސްކޮށްފައެވެ. އެގޮތުން ބައެއް ރަށްތަކުގައި އިތުރު ކްލާސްރޫމްތަކާއި، ފުޓްސަލް ދަނޑުތައް ތަރައްގީކުރުން ހިމެނެއެވެ.

މީގެ އިތުރުން، ކޮމެޓީއިން ހުށައެޅި ބައެއް ރެކޮމެންޑޭޝަންތަކުގެ ތެރޭގައި ދައުލަތުގެ އަދި މިނިވަން މުއައްސަސާތަކުގެ ޚަރަދުތައް ކުޑަކުރެވޭނެ ގޮތްތައް ބަލައި ދިރާސާކުރުން ހިމެނެއެވެ.

ކޮމެޓީއިން ހުށައެޅި އިސްލާހުތަކާއެކު މަޖިޅީހުގެ ތަޅުމަށް ބަޖެޓު ފޮނުވާފައިވާއިރު، ކޮމެޓީ ރިޕޯޓަށް އިސްލާހު ހުށައެޅުމަށް ތިން ދުވަހުގެ ފުރުސަތެއް ދިނުމަށްފަހު ކޮމެޓީ ރިޕޯޓަށް ބަހުސްކުރުމަށް ފަށާނެއެވެ. ކޮމެޓީ ރިޕޯޓަށް ބަހުސްކުރެއްވުމަށް 7 މިނެޓުގެ ވަގުތުކޮޅެއް ކޮންމެ މެމްބަރަކަށް ލިބިގެންދާއިރު، އަންނަ މަހުގެ ކުރީކޮޅު މަޖިލީހުން ބަޖެޓު ފާސްކޮށް ބަޖެޓުގެ މަސައްކަތްތައް ނިންމާލެވޭނެކަމަށް ބެލެވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: