ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

34.9 ބިލިއަން ރުފިޔާގެ ބަޖެޓު މަޖިލީހުން ފާސްކޮށްފި

ޝެއާރކޮށްލާ ކަހަލަދޯ؟

އަންނަ އަހަރަށް ލަފާކޮށް ދައުލަތުން ރައްޔިތުންގެ މަޖިލީހަށް ހުށައެޅި 34.8 ބިލިއަން ރުފިޔާގެ ބަޖެޓަށް 200 މިލިއަން ރުފިޔާ އިތުރުކޮށް ބަޖެޓް ފާސްކޮށްފިއެވެ.

މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ބަޖެޓް ފާސްވެފައިވަނީ ވޯޓްގައި ބައިވެރިވެވަޑައިގެންނެވި 68 މެންބަރުންގެ ވޯޓުންނެވެ. ފާސްކުރުމަށް ނުފެންނަކަމަށް ވޯޓް ދެއްވީ އެންމެ މެމްބަރެކެވެ. ބަޖެޓް ފާސްކުރުމަށް ވޯޓް ދެއްވާފައިނުވަނީ ކާށިދޫ ދާއިރާގެ މެންބަރު ޢަބްދުﷲ ޖާބިރު އެވެ.

ބަޖެޓް ދިރާސާކުރި ކޮމިޓީން ގެނައި ބަދަލުތަކާއެކު ބަޖެޓްގެ ޖުމްލަ އަދަދު ވަނީ 34.92 ބިލިއަން ރުފިޔާއަށް އިތުރުކޮށްފައެވެ. މިއާއެކު މިހާރު ބަޖެޓް ޑެފިސިޓް ވާނެކަމަށް ލަފާކުރެވެނީ 12.3 ބިލިއަން ރުފިޔާއިންނެވެ. ބަޖެޓް ހުށަހެޅުނުއިރު ޑެފިސިޓްވާނެކަމަށް ލަފާކޮށްފައިވަނީ 15.5 ބިލިއަން ރުފިޔާއިންނެވެ.

އަދި ބަޖެޓަށް ގެނެވުނު ބަދަލުތަކުގެ ތެރޭގައި އާމްދަނީގެ ގޮތުގައި ލިބޭނެކަމަށް ކުރިން ލަފާކޮށްފައިވާ އަދަދު 17.8 ބިލިޔަން ރުފިޔާ އިން 21.28 ބިލިޔަން ރުފިޔާ އަށް ވަނީ އިތުރުވެފައެވެ.

މީގެއިތުރުން ޕީއެސްއައިޕީގެ މަޝްރޫޢުތައް ހިންގުމަށް ބަޖެޓުގައި މިހާރު ޖަހާފައިވާ އަދަދަށްވުރެ އިތުރު 135.2 މިލިޔަން ރުފިޔާ އިތުރު ކޮށްފައިވާއިރު، އޮފީސްތަކުގެ ޑޮމެސްޓިކް ޚަރަދުތަކުން 209 މިލިޔަން ރުފިޔާގެ ކުޑަވުމެއް ވަނީ އައިސްފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: