ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކުޑަކުދިންގެ ހިޔާގައި ތިބި ކުދިންތަކަކަށް އެތަނުގެ މުވައްޒަފުން ޖިސްމާނީ އަނިޔާކޮށް، ނަފްސާނީ އަނިޔާތަކެއް ދިން މައްސަލައެއް!

ޖިންސީ ގޯނާއާއި ދެކޮޅަށް ވީއޯސީއިން އިންތިޒާމުކޮށްގެން ކުރިޔަށް ގެންދާ ހަރަކާތްތަކުގެ ތެރެއިން/ ސަން
ޝެއާރކޮށްލާ ކަހަލަދޯ؟

2017 ވަނަ އަހަރުގެ ތެރޭގައި ދައުލަތުގެ ބެލުމުގެ ދަށުގައި ކުޑަކުދިންގެ ހިޔާގައި ތިބި ކުދިންތަކަކަށް އެތަނުގެ މުވައްޒަފުންތަކެއް ޖިސްމާނީ އަނިޔާކޮށް، ނަފްސާނީ އަނިޔާތަކެއް ދިން މައްސަލައެއް ފެންމަތިވެ އެކަން ތަހުގީގު ކުރަން ފަށައިފިއެވެ.

ކުޑަކުދިންނަށް ކުރާ އަނިޔާތަކުގެ މައްސަލަ ބަލާ ކޮމިޝަނުން ނޫސްވެރިންނާއި ހިއްސާކުރި ބަޔާނެއްގައި ބުނެފައިވަނީ އެ ކޮމިޝަނުން ކުޑަކުދިންނަށް ކުރާ އަނިޔާތަކާއި ގުޅޭގޮތުން އިންކުއަރީ މަސައްކަތްތަކެއް ކުރިޔަށް ގެންދާ ކަމަށެވެ. އެގޮތުން 2017 ވަނަ އަހަރު ކުޑަކުދިންގެ ހިޔާގައި ތިބި ކުދިންނާމެދު އެތަނުގެ މުވައްޒަފުންގެ ފަރާތުން އެކިއެކި ޖިސްމާނީ އަދި ނަފްސާނީ އަނިޔާތައް ދީފައިވާ މައްސަލައެއް ފާހަގަ ކުރެވިފައިވާ ކަމަށެވެ. ކުޑަކުދިންގެ ހިޔާގައި ތިބި ކުދިންނާމެދު އެތަނުގައި އޭރު މަސައްކަތް ކުރަމުން ދިޔަ ބައެއް މުވައްޒަފުން އަނިޔާވެރި ޢަމަލުތަކެއް ހިންގާފައިވާ މައްސަލަ 2018 ވަނަ އަހަރުގެ ޖުލައި މަހުގެ ތެރޭގައި ފުލުހުންނަށް ރިޕޯޓުކޮށްފައިވީ ނަމަވެސް މިހާތަނަށްވެސް މި މައްސަލައިގައި ޝާމިލްވާ އެއްވެސް މީހެއްގެ މައްޗަށް އެޅުނު ފިޔަވަޅެއް ނެތް ކަމަށް ކޮމިޝަންގެ ބަޔާނުގައި ވެއެވެ.

މި މައްސަލައިގައި އެ ކޮމިޝަނުން ބުނެފައިވަނީ މައްސަލަ ވީހާވެސް އަވަހަށް ތަހުގީގުކޮށް، ތުހުމަތު ބާ މީހުންގެ މައްޗަށް ދަޢުވާ އުފުލުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ކުރުމަށް، ދިވެހި ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 223 ވަނަ މާއްދާގެ (ޅ) އާއި ޤާނޫނު ނަންބަރު 9/2008 (ޕްރޮސިކިއުޓަރ ޖެނެރަލްގެ ޤާނޫނު) ގެ 15 ވަނަ މާއްދާގެ (ޅ) ގެ ދަށުން ޕްރޮސިކިއުޓާ ޖެނެރަލްއަށް ލިބިދޭ ޤާނޫނީ ބާރުގެ ދަށުން، ކޮމިޝަނުގެ ފަންނީ ލަފައާއި އިރުޝާދާއި މަޝްވަރާގެ ދަށުން ފުލުހުން މި މައްސަލައިގެ ތަހުގީގު ވީ އެންމެ އަވަހަކަށް ފުރިހަމަކޮށް ދަޢުވާ ކުރުމަށް ފޮނުވުމުގެ އަމުރެއް، އޮކްޓޫބަރު 11 ގައި ޕީޖީ ނެރުއްވާފައިވާ ކަމަށެވެ.

ކުޑަކުދިންނަށް ކުރާ އަނިޔާތަކުގެ މައްސަލަ ބަލާ ކޮމިޝަނުން ވަނީ، މައްސަލައިގެ ތަހުގީގު ވީހާވެސް މުސްތަގިއްލުކޮށް ކުރިޔަށް ގެންދިއުމަށް، ކޮމިޝަން ހިމެނޭހެން ފުލުހުންނާއި އަދި ޕީޖީއާއި އެކު ޓީމެއް އެކުލަވާލާފައެވެ. އަދި މައްސަލައިގެ ތަހުގީގު ފުރިހަމަކުރުމަށް 24 މީހަކައި ސުވާލުކުރެވި، 24 ބަޔާން ނަގާފައިވާ ކަމަށް ކޮމިޝަނުން ފާހަގަ ކުރިއެވެ. މީގެ އިތުރުން މައްސަލައިގެ މައުލޫމާތު ސާފު ކުރުމަށް 05 ކުއްޖަކާއި ސުވާލުކޮށްފައިވާނެ ކަމަށް ކޮމިޝަނުން ބުންޏެވެ. މިގޮތަށް ކުރިޔަށް ގެންދެވުނު ސުވާލު މަރުހަލާގެ ތެރެއިން ހިޔާގައި އެ ކުދިންނަށް ގޯނާ ކުރި އިތުރު މީހެއް ފާހަގަކުރެވިފައިވާ ކަމަށް ބަޔާނުގައި ވެއެވެ.

މައްސަލައިގެ ތަހުގީގު ފުރިހަމަކޮށް، ތުހުމަތުކުރެވޭ ޖުމްލަ 11 މީހެއްގެ މައްޗަށް ދައުވާ އުފުލައިދިނުމަށް އެދި، މި މަހުގެ 23 ވަނަ ދުވަހު ޕީޖީއަށް ހުށަހެޅުމުން އެ އޮފީހުން މައްސަލަ ބަލައިގަނެ، ދަޢުވާ އުފުލުމުގެ މަސައްކަތް ވަނީ ފައްޓާފައިވާ ކަމަށް އެ ކޮމިޝަނުން ބުނެއެވެ.

ކުޑަކުދިންނަށް ކުރާ އަނިޔާތަކުގެ މައްސަލަ ބެލުމަށް އުފައްދާފައިވާ ކޮމިޝަނުން މި މައްސަލައްގައި އިތުރަށް ބުނެފައިވަނީ، މި މައްސަލަ ރިޕޯޓުކުރުމާއި ފިޔަވަޅު އެޅުމުގެ މަރުޙަލާގައި ކަން ހިނގާގޮސްފައިވާ ގޮތް ދެނެގަތުމަށް، ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުޑަކުދިންގެ ރައްކާތެރިކަން ކަށަވަރުކުރުމާއި، 2017 ގައި ކުޑަކުދިންގެ ހިޔާގައި ހިނގާފައިވާ މި މައްސަލަ ތަހުގީގުކުރުމާއި، ފިޔަވަޅު އެޅުމުގައި ޒިންމާވާ މުއައްސަސާތަކުގެ އެއްވެސް އިހުމާލެއް ވޭތޯ ދެނެގަތުމުގެ މަސައްކަތް ވަކި ތަހުގީގެއްގެ ގޮތުގައި ކުރިޔަށް ގެންދާ ކަމަށެވެ.

މެދު ރާއްޖެތެރޭގެ ރަށެއްގައި ދެ އަހަރު ވެސް ނުވާ ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމުގެ މައްސަލަ އާއި އެކު، ކަމާއި ބެހޭ އިދާރާތަކާއި ތަފާތު އެކި މަސައްކަތްތައް ހަވާލު ކުރެވުނެވެ. އަދި ކުޑަކުދިންނަށް ކުރާ ޖިންސީ އަނިޔާގެ މައްސަލަތައް ވީހާވެސް ސީރިއަސްކޮށް ތަހުގީގު ކުރުމަށް އިދާރާތަކަށް ބާރު އެޅިއެވެ.

ކުޑަކުދިންގެ ހިޔާގައި މިފަދަ މައްސަލައެއް ފެންމަތިވީއިރު، މި އަހަރުގެ ކުރީކޮޅު އެތަނުގައި ކުދިންނާއި މެދު އަމަލު ކުރާ ގޮތް ކުއްޖަކު ކިޔައިދޭ އޯޑިއޯއެއް ލީކުވެެސް ވިއެވެ. އެ އޯޑިއޯގައި އެ ކުއްޖާ ވަނީ ތަނުގެ މުވައްޒަފުން އެ ކުދިންނާއި މެދު އަމަލު ކުރަނީ ބޭނުން ގޮތަކަށް ކަމާއި، ކާން ދިނުމުގައި ވެސް އިހުމާލްތަކެއް ވާ ކަމަށް ބުނެފައެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 22%ވަރަށް ދެރަ 78%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: