އައްޑޫ ސިޓީގެ ހުޅުދޫގައި ޑްރަގް ޑީޓޮކްސިފިކޭޝަން ސެންޓަރެއް ގާއިމް ކުރަން މިއަދު ހަވާލުކޮށްފިއެވެ.
މި އެއްބަސްވުމުގައި ޕްލޭނިން މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ ޑިރެކްޓަރަ ޖެނެރަލް ފާތިމަތު ޝާނާ ފާރޫގެވެ. އަދި ރެއިންބޯ ކޮންސްޓްރަކްޝަންގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ ޑިރެކްޓަރ މާޒިން އިބްރާހިމް ރަފީގެވެ.
ރެއިންބޯ ކޮންސްޓަރަކްޝަންއާ ހަވާލު ކޮށްގެން ހިންގާ މި މަޝްރޫއުގެ އަގަކީ 15,099,509.10 ރުފިޔާއެވެ. އޭގެ ތެރޭގައި ހިމެނެނީ އިންޑިއާގެ ގްރާންޓް އެހީގެ 7،989،536.69 ރުފިޔާ އާއި ސަރުކާރުގެ ބަޖެޓުން ހަރަދުކުރާ 7,118,972.41 ރުފިޔާ އެވެ.
ސޮއި ކުރެވުނު ތާރީހުން ފެށީގެން 180 ދުވަހުގެ ތެރޭގައި ނިންމުމަށް ހަމަޖެހިފައިވާ މި މަޝްރޫއާ ގުޅޭ އެމް.އޯ.ޔޫ ގައި ސޮއި ކުރެވިފައިވަނީ އިންޑިއާގެ ފޮރިން ސެކްރެޓަރީ ހަރްޝް ޝްރިންގްލާ ރާއްޖެއަށް ދާދި ފަހުން ކުރެއްވި ރަސްމީ ދަތުރުފުޅުގެ ތެރޭގައި ނޮވެމްބަރ 9 ވަނަ ދުވަހުއެވެ.
ހުޅުދޫގައި ގާއިމްކުރެވޭ ޑްރަގް ޑީޓޮކްސިފިކޭޝަން ސެންޓަރުން ޑީޓޮކްސިފިކޭޝަން، ކޮމިއުނިޓީ ރީހެބިލިޓޭޝަން އަދި ރެޒިޑެންޝަލް ރީހެބިލިޓޭޝަންގެ ހިދުމަތްތައް ފޯރުކޮށްދެވޭނެއެވެ.

