ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މިއީ މައުމޫނުގެ ސަރުކާރަށްފަހު އައި އެންމެ ސުންޕާ ސަރުކާރު: މުސްތަފާ

ޝެއާރކޮށްލާ ކަހަލަދޯ؟

ކުރީގެ ރައީސްގެ މައުމޫނު އަބްދުލް ޤައްޔޫމުގެ ސަރުކާރުގެ ފަހުން މި ރާއްޖެއަށް ދުށް އެންމެ ނުބައި ނުލަފާ ސުންޕާ ސަރުކާރަކީ ރައީސް އިބްރާހިމް މުޙައްމަދު ސޯލިހުގެ ސަރުކާރު ކަމަށް ތިމަރަފުށީ ދާއިރާގެ ކުރީގެ މެންބަރު މުޙައްމަދު މުސްތަފާ ވިދާޅުވެއްޖެއެވެ.

މި ފަހަހަކަށް އައިސް މިސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުން އަންނަ މުސްތަފާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މިސަރުކާރުގެ ވެރިންނަކީ ދުލުގެ އެއްވެސް އިތުބާރެއް ނެތް ބައެއް ކަމަށެވެ.

މުސްތަފާ ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ އަކީ ދުލުން ބޭރުކުރައްވާ ބަހުގައިވެސް އެއްވެސް އިތުބާރެއް ހުންނެވި ވެރިއެއް ނޫން ކަމަށެވެ. އަދި ރައީސް ވެވަޑައިގަންނަވާފައިވާ ވައުދުތައްކަށްވެސް މިއަދު ވަމުންދަނީ އެހެން ކަމަށް މުސްތަފާ ވިދާޅުވިއެވެ.

މިސަރުކާރުގެ ބަޖެޓަކީ 65 މެންބަރުން ދަމާ ”ބަކަރި ހަންގަނޑެއް“ ކަމަށާއި ބަޖެޓު ހުށަހެޅެނީ ބެރެއްގައި ބަކަރި ހަން އެޅޭ ވަރަށް ކަމަށް މުސްތަފާ ވިދާޅުވިއެވެ. ނަމަވެސް ގައުމުގައި އަޅަންވެގެން އެ ހަންހަނޑު 65 ކަނަށް ހަދައިގެން މުޅި ގައުމުގައި އެޅުނީ ލޯވަޅު ކަމަށްވެސް މުސްތަފާ ވިދާޅުވިއެވެ.

”ރައީސްގެ މައުމޫނުގެ ސަރުކާރުގެ ފަހުން މިރާއްޖެ އައި އެންމެ ނުބައި ނުލަފާ ސުންޕާ ސަރުކާރަކީ މިއީ، މާތް ރަސްކަލާނގެ އިރާދަފުޅު ކުރެއްވިއްޔާ މިސަރުކާރުވެސް ނިމިދާނެ، މިއީ ދުލުގެ އެއްވެސް އިތުބާރެއް ނެތް ވެރިއެއް“ މުސްތަފާ

ސަރުކާރުގެ ގިނަ ކަންކަމަށް ފާޑު ވިދާޅުވަމުން ގެންދަވާ މުސްތަފާ މީގެ ކުރިންވަނީ ކޮވިޑްގެ ހާލަތުގައި ސަރުކާރުން ކުރަމުންދާ ޚަރަދުތަކަށްވެސް ފާޑު ވިދާޅުވެފައެވެ.

އެގޮތުން ކޮވިޑް19 އަކީ ފައިސާޖަހާ މެޝިނެއް ނޫންކަމަށް ވިދާޅުވެފައިވެއެވެ. އަދި އިންޑިއާ އިން ރާއްޖެއަށް އެހީވަނީ، އެގައުމުން ރާއްޖެއަށް ކާންދިނީމޭ ބުނަން ކަމަށްވެސް ވިދާޅުވެފައިވެއެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ މި ސަރުކާރަކީ އެންމެ ކޮރަޕްޝަންގެ އަމަލު ގިނަ ސަރުކާރު ކަމަށްވެސް މުސްތަފާ ވިދާޅުވެއިވެއެވެ.

މުސްތަފާ ވިދާޅުވީ، މިހާރު ރާއްޖޭގައި މިއޮތް ސަރުކާރަކީ މީގެ ކުރިން ދުވަހަކުވެސް ކޮރަޕްޓްނުވާ މިންވަރަށް ކޮރަޕްޓް ވެފައިވާ ސަރުކާރެއް ކަމަށާއި، ވެރިއެއް ނެތް ގައުމެއްގައި މިސްރާބެއް ނޯންނާނެ ކަމަށެވެ.

ވަރަށް ގަދަ
62%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 24%ބޮޑު ޖޯކެއް 5%ހައިރާންވެއްޖެ 0%ވަރަށް ދެރަ 10%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

One Response

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: