ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

“މާލެ ސިޓީ ކައުންސިލަކީ މާލޭގެ ނިކަމެތި ރަައްޔިތުންގެ ޙައްގުތައް ހޯދައިދިނުމަށް މަސައްކަތްކުރާ ތަނަކަށް ހަދަންޖެހޭ”

ކުރީގެ ހައުސިން މިނިސްޓަރ ޑރ މުހައްމަދު މުއިއްޒު
ޝެއާރކޮށްލާ ކަހަލަދޯ؟

މާލެ ސިޓީ ކައުންސިލަކީ މާލޭގެ ނިކަމެތި ރަައްޔިތުންގެ ޙައްޤުތައް ހޯދައިދިނުމަށް މަސައްކަތްކުރާ ތަނަކަށް ހަދަންޖެހޭ ކަމަށް އިދިކޮޅު ކޯލިޝަންގެ ފަރާތުން މާލޭގެ މޭޔަރު ކަމަށް ވާދަކުރައްވާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ކޮވިޑް-19އާ ގުޅިގެން މަގުމަތިވެފައިވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ކެނެޑާއިން ދިން އެެއް މިލިއަން ރުފިޔާގެ އެހީއަށް ވީވުނީއެއް ނޭނގޭ ކަމަށް ވިދާޅުވެ މުއިއްޒު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ވަންނާނެ ގެދޮރެއްނެތި ދިރިއުޅެމުންދާ ރައްޔިތުންނަށް އެހީތެރިވުމަށް ކެނެޑާ ސަރުކާރުން ދެއްވި އެހީއިން ކުރިކަމެއް، އެ ރައްޔިތުންގެ ޙައްޤުގައި ސާފުކޮށްދޭންޖެހޭ ކަމަށެވެ.

“މާލެ ސިޓީ ކައުންސިލަކީ މާލޭގެ މިފަދަ ނިކަމެތި ރަައްޔިތުންގެ ޙައްޤުތައް ހޯދައިދިނުމަށް މަސައްކަތްކުރާ ތަނަކަށް ހަދަންޖެހޭ!” މުއިއްޒު ވިދާޅުވިއެވެ.

ހާލުގައި ޖެހިފައި ނުވަތަ ކޮވިޑް-19 އާ ގުޅިގެން މަގުމަތިވެފައިވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ޖެންޑާ މިނިސްޓްރީއާ ހަވާލުކޮށްގެން ވަގުތީ ހިޔާ ގާއިމުކުރުމާއި އެހީތެރިކަން ފޯރުކޮށްދިނުމަށް ސަރުކާރުން ދަނީ މަސައްކަތްކުރަމުންނެވެ. އެ މަސައްކަތުގެ ދަށުން ހާލުގައި ޖެހިފައިވާ 400 ވަރަކަށް ފަރާތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް މަސައްކަތްކުރާނެ ކަމަށް ފޮރިން މިނިސްޓްރީއިން ވަނީ ބުނެފައެވެ. ނަމަވެސް އެ ފަރާތްތަކަށް އެހީވިކަމެއް އަދި މިހާތަނަށް ހާމަކޮށްފައެއް ނުވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: