ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކިންގް ސަލްމާން މިސްކިތް ހުޅުވާނެ ތާރީޚެއް ކަނޑައެޅުމަށް ދަނީ މަޝްވަރާކުރަމުން: ޕްލޭނިން

ޝެއާރކޮށްލާ ކަހަލަދޯ؟

ކިންގް ސަލްމާން މިސްކިތް ހުޅުވާނެ އައު ތާރީޚެއް ކަނޑައެޅުމުގެ މަސައްކަތް ކުރަމުންދާކަމަށް މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޗައިން ބުނެފިއެވެ.

ޕްލޭނިން މިނިސްޓްރީން މިއަދު ބުނީ ކިންގް ސަލްމާން މިސްކިތުގެ ކޮންޓްރެކްޓްގައި ބަޔާން ވެގެން ހުރި އެންމެހައި މަސައްކަތްތަށް ވަނީ ކޮށް ނިމިފައިވާ ކަމަށާއި ކޮވިޑް19 ގެ ހާލަތު ދިމާވިއިރު ސަރުކާރުން ދިޔައީ ކިންގް ސަލްމާން މިސްކިތް ހުޅުވުމުގެ އިންތިޒާމްތަށް ހަމަޖެއްސުމާއި ގުޅޭ ގޮތުން ސައުދީ ސަރުކާރާ ވާހަކަ ދައްކަވަމުން ކަމަށެވެ.

އަދި މާރޗް މަހުގައި ހުޅުވުމަށް ރާވާ މަސައްކަތް ކުރެވެމުން ދިޔަ ނަމަވެސް ކޮވިޑް19 ގެ ހާލަތާ ގުޅިގެން މިހާރު އެކަން ލަސްކުރެވިފައިވާ ކަމަށް އެ މިނިސްޓްރީން ބުނެއެވެ. އަދި މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުންވެސް ނޮވެމްބަރު މަހުގެ މެދުތެރޭގައި ހާމަކުރައްވާފައިވާ ފަދައިން ކިންގް ސަލްމާން މިސްކިތް ހުޅުވާނެ އައު ތާރީހެއް ކަނޑައެޅުމުގެ މަސައްކަތް އިސްލާމިކް މިނިސްޓްރީއާއި، މިނިސްޓްރީ އޮޮފް ފޮރިންގ އެފެއާޒްއާއި ގުޅިގެން ސައުދީ ސަރުކާރާ ވާހަކަ ދައްކައިގެން ކުރިއަށްދާ ކަމަށް ވެސް އެ މިނިސްޓްރީން ބުނެއެވެ.

ހަތަރުހާހެއްހާ މީހުންނަށް ނަމާދު ކުރެވޭ އެ މިސްކިތް އެޅުމަށް ހަރަދުކޮށްފައިވަނީ 25 މިލިއަން ޑޮލަރެވެ. މި ޕްރޮޖެކްޓަށް ސައުދީ އިން ދިނީ 14.5 މިލިއަން ޑޮލަރެވެ. އަދި ބާކީ ބައި ހަރަދުކުރީ ސަރުކާރުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: