ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މިދިޔަ ސަރުކާރުގައި މޯލްޑިވް ގޭހުން ހިނގި ކޮރަޕްޝަންގެ އަމަލު އޭސީސީއަށް!

އެސްއޯއީ ކޮމިޓީގެ ބައްދަލުވުމުގެ ތެރެއިން - މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

މިދިޔަ ސަރުކާރުގައި ހިނގާފައިވާ މޯލްޑިވް ގޭހުގެ ކޮރަޕްޝަން މައްސަލަތައް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިސިސް ކޮމިޓީ (އެސްއޯއީ) އިން ފޮނުވައިފިއެވެ.

މޯލްޑިވް ގޭސްއިން ރާއްޖެއިން ބޭރުން ގޭސްގަތުމަށްޓަކައި، ކޮރަޕްޝަށް މަގުފަހިވާގޮތަށް އަމަލުކޮށްފައިވާތީ އެކަން ދިރާސާ ކުރުމަށް އެސްއޯއީ ކޮމިޓީއިން ނިންމާފައި ވަނީ 2017 ވަނަ އަހަރުގެ އޮގަސްޓު 21 ގައެވެ. އަދި އެ މައްސަލައިގައި ފާހަގަކުރެވޭ ކަންތަކަށް މަޝްވަރާ ކުރުމަށްފަހު އެސްއޯއީ ކޮމިޓީއިން ވަނީ ރިޕޯޓެއް އެކުލަވާލާފައެވެ. މައްސަލަ ދިރާސާ ކުރުމުގައި ކޮމިޓީއިން ރިއާޔަތްކޮށްފައި ވަނީ، ކޮމިޓީއަށް ލިބިފައިވާ ބައެއް ސިޓީތަކާއި، އެއް ކުރެވުނު މައުލޫމާތުތަކުގެ މައްޗަށެވެ. އަދި އެ ސިޓީތަކުގެ ތަފްސީލުތައް ކޮމިޓީއިން މަޖިލީހުގެ ތަޅުމަށް ފޮނުވި ރިޕޯޓުގައި ހިމަނާފައި ވެއެވެ.

2016 ވަނަ އަހަރާއި 2017 ދެމެދު ހިނގައިދިޔަ ކޮރަޕްޝަނަގުގެ އަމަލުތައް ފާހަގަކޮށް ކޮމިޓީގެ ރިޕޯޓުގައި ބުނެފައިވަނީ، ދުނިޔޭގެ މާކެޓުގައި ގޭހުގެ އަގު ދަށްވެގެން ދިޔައިރު ވެސް މޯލްޑިވް ގޭހުން ގޭސް ވިއްކާފައިވަނީ 65 އިންސައްތަ އާއި 99 އިންސައްތަ ބޮޑުކޮށް ކަމަށެވެ. އަދި އެ ތިން އަހަރުގެ ތެރޭގައި ޕްރިމިއަމް އެވްރެޖުކޮށް 250-285 ޔޫއެސް ޑޮލަރާއި ދޭތެރޭވާކަމަށް ކޮމިޓީއިން ވަނީ ބުނެފައެވެ. އަދި މޯލްޑިވް ގޭހުން އެޗްޑީ އިންޓަނޭޝަނަލްއިން ގޭސް ގަތުން ހުއްޓާލުމަށް އެންގުމަށްފަހު އަދި އެވްރެޖުކޮށް އޭގެ ފަހުން ގެނެސްފައިވާ ޝިޕްމަންޓުތަކުގެ އަގު 157 ޔޫއެސް ޑޮލަރަށް ކުޑަކޮށްފައިވާކަން އެސްއޯއީ ކޮމިޓީގެ ރިޕޯޓުގައި ވަނީ ފާހަގަކޮށްފައެވެ.

މި އަމަލުތަކުގެ ތެރޭގައި ކޮރަޕްޝަނަށް މަގުފަހިވާފަދަ އަމަލުތައް ފާހަގަކުރެވިފައިވާތީ، މައްސަލައިގައި ގުޅޭ ހުރިހާ މުއާމަލާތްތައް އެންޓި ކޮރަޕްޝަން ކޮމިޝަނުން ތަހުގީގުކޮށް، ގިނަވެގެން ދެ މަސް ދުވަހުގެ ތެރޭގައި އެ މައްސަލަ ނިމުނު ގޮތުގެ ރިޕޯޓު އެސްއޯއީ ކޮމިޓީއަށް ފޮނުވުމަށް ނިންމާފައިވާ ކަމަށް ރިޕޯޓުގައި ވަނީ ބުނެފައެވެ.

ކުރީގެ ރައީސް އަބްދުއްﷲ ޔާމީން އަބްދުލް ގައްޔޫމްގެ ސަރުކާރުގެ ތެރޭގައި ހިނގާފައިވާ ކޮރަޕްޝަންގެ އަމަލުތަކާއި ގުޅޭގޮތުން އެސްއޯއީ ކޮމިޓީގެ މުގައްރިރު އަދި އައްޑޫ ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބް ވިދާޅުވީ، 2017 ވަނަ އަހަރުން ފެށިގެން އެތެރެކޮށްފައިވާ ގޭހުގެ ޝިޕްމަންޓްތަކަށް ބަލާއިރު، ބޭރުގެ ރޭޓުތަކާއި އަޅާބަލާ ގޭސް ލިބޭ ރޭޓަށްވުރެ، 2017 ގައި 110 އާއި 130 ޑޮލަރު އަގު ބޮޑުކޮށް ގަނެފައިވާ ކަމަށެވެ. އަދި 2017 ވަނަ އަހަރުގެ މެދުތެރެއިން ފެށިގެން 250 އާއި، 350 އާ ދެމެދުގެ އަގުތަކުގައި އޭރުގެ އިސްވެރިން ގޭސް ގަނެފައިވާ ކަމަށް އިލްޔާސް ފާހަގަ ކުރައްވާފައި ވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: